މައްޝޫރު ޓީވީ ޗެނެލްއެއް ކަމުގައިވާ 'ޑޭ ޓައިމް ޓީވީ' ގެ ޕްރެޒެންޓާރ އެއް ކަމުގައިވާ ހޮލީ ވިލޯބީ މިވަނީ، ސްޓައިލިޝް މީހަކަށްވުމަށް ގޭގައި ވެސް ކުރެވިދާނެ ފަސޭހަ ކަމެއް އާންމުންނާއި ހިއްސާކޮށްފިއެވެ.

މޮޑެލްއެއްގެ ގޮތުގައިވެސް މަސައްކަތް ކުރާ، އުމުރުން 37 އަހަރުގެ ހޮލީ ވިލޯބީ އަކީ އާންމުގެ މެދުގައި މަޤުބޫލު އަދި ވަކީން ހާއްސަކޮށް، 3.4 މިލިއަން އިންސްޓަގްރާމު ފޮލޯވާރސް ލިބިފައިވާ މީހެކެވެ. ފެޝެނަށް ލޯބިކުރާ ހޮލީގެ ހެދުންތައް ބާޒާރުން ލަހެއް ފަހެއް ނެތި ހުސްވެގެން ދިއުމަކީ މީހުންގެ ފަރާތުން އޭނައަށް އޮންނަ ތަރުޙީބު ދައްކުވައިދޭ އަލިގަދަ ހެއްކެކެވެ.

Vibrant: Holly looks radiant in a campaign shoot for Diet Coke, launching their new flavours
ހޮލީ ވިލޯބީ

ހޮލީ ބުނާ ގޮތުގައި، އޭނާ އާންމުކޮށް ހެދުން ޚިޔާރުކޮށް އުޅެނީ، ރީތި ގަޔަށް ފަސޭހަ ހެދުމެއް ލުމަށްފަހު ސެލްފީއެއް ނަގާލައިގެންނެވެ. އަދި ހެދުން ޚިޔާރު ކުރުމުގައި ހެދުން ތަކުގެ ސައިޒްތަކަށް ނުބަލާ ކަމަށާއި، އެ ހެދުމެއް ލުމުން ރީތި ކަމުގައި ވަނީ ނަމަ އެ ނިމުނީ ކަމުގައެވެ.

"ސައިޒަށް ބަލައިގެން ހެދުމެއް އިޚްތިޔާރު ކުރުމުގެ ބަދަލުގައި، ހިތްކިޔާ ކަހަލަ ކޮންމެވެސް ހެދުމެއް ލުމަށްފަހު ސެލްފީ އެއް ނުވަތަ އެހެން މީހެއް ލައްވާ ފޮޓޯ އެއް ނަގާލާ. ދެން ފަހުން އެ ފޮޓޯއަށް ބަލާލީމަ އެނގޭނެ އެ ހެދުމެއް ލީމަ ރީތިތޯ ނުވަތަ ނޫންތޯވެސް." ތިން ކުދިންގެ މަންމައެއް ކަމުގައިވާ ހޮލީ ބުންޏެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު