ޖެވިއާ ހެނާންޑޭޒް 'ޗިޗަރިޓޯ' ބުނަގޮތުން ވޯލްޑް ކަޕައް ފަހު އަނެއްކާވެސް ވެސް ވެސްޓްހަމް ދޫކޮށް އެހެން ޓީމަކަށް ދިޔުމަށް އޭނާ މަސައްކަތް ކުރާނެއެވެ.

މިއަހަރުގެ ޖަނަވަރީ ޓްރާންސްފާ ވިންޑޯގައި ޗިޗަރިޓޯ، ވެސްޓްހަމް ދޫކޮށްލުމަށް ހުށަހެޅުމުން އެކްލަބުން ވަނީ އޭނާގެ ހުށަހެޅުން ބާތިލު ކޮށްފައެވެ. ގިނަ މެޗުތަކެއް ކުޅެން ނުލިބުމުގެ ސަބަބުން އޭނާ ކަންބޮޑުވުން ފާޅުކުރެއެވެ. " އަހަރެން ވެސްޓްހަމްގައި ހުންނާނެކަމުގެ އަދި މަޑުކުރާނެ ކަމުގެ އެއްވެސް ގެރެންޓީއެއް ނެތެވެ. އަހަރެންގެ އެއްބަސްވުމުގައި އަދި 2 އަހަރު ބާކީ އެބައޮތް، ކުރިއަށް އޮތްތަނުގައި ހުރިހާކަމެއް އަންނާނެ" ޗިޗަރިޓޯ ބުންޏެވެ.

29 އަހަރުގެ ޗިޗަރިޓޯ ގެނެސްފައިވަނީ ކުރީގެ ވެސްޓްހަމްގެ ކޯޗު ސްލޭވަން ބިލިކް، 16 މިލިއަން ޕައުންޑަށެވެ. މި ސީޒަނުގައި ޗިޗަރިޓޯ ފުރަތަމަ އެގާރައިގައި ފެއްޓި 16 މެޗުގައި އޭނާ ވަނީ 7 ގޯލު ކާމިޔާބު ކޮށްފައެވެ. މިހާރުގެ ކޯޗު ޑޭވިޑް މޯއިސް އެހާ ހިތްހަމަނުޖެހޭ ނަމަވެސް ޖަނަވަރީގައި ޗިޗަރިޓޯ ދޫކޮށްލާކަށެއް ބޭނުމެއްނުވިއެވެ.

ޗިޗަރިޓޯ ބުނާގޮތުން މިފަހަރުގައިވެސް ޖަނަވަރީގައި ވީގޮތައް ވެދާނެއެވެ. " ވާއެއްޗެއް ނޭންގޭ، އަހަރެން ބޭނުންވީ މި އަހަރުގެ ކުރީ ކޮޅުގައިވެސް ވެސްޓްހަމް ދޫކޮށް ގިނަ ވަގުތު ކުޅުމާއި ގާތައް އައުމަށް، ނަމަވެސް އެހެން ދިމާލަކަށް ދެވޭގޮތެއްނުވި" ކުރީގެ މެނޗެސްޓަރ ޔުނައިޓެޑުގެ ފޯވާޑް ބުންޏެވެ. އޭނާގެ އަމިއްލަ މައްސަލަތަކެއް އުޅޭނަމަވެސް މެކްސިކޯ އައި އެކީ މިފަހަރު ރަޝިޔާގައި ކުރިޔަށް ދެވޭނެކަމަށް އޭނާ އުމްމީދުކުރެއެވެ.

މެކްސިކޯ ޖެހިފައިވަނީ ކުރީގެ ފީފާ ވޯލްޑް ކަޕު ތަށި އުފުލާލި ޖަރުމަނު، ސްވެޑެން އަދީ އުތުރު ކޮރެއާ އާއި އެއް ގުރޫޕެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު