އޮފީހަށް ދިއުމަކީ ސުޓްރެސް ފިލާ ކަމެކޭ އެކަކުވެސް ބުނާ އަޑެއް ނާހަމެވެ. އަބަދުވެސް އިވޭ އަޑަކީ އޮފީހުގެ މާހައުލަކީ ބުރަ މާހައުލެއް ކަމަށާއި އަދި އެކަމުގެ ސަބަބަބުން މީހާ ވަރުބަލިކޮށްލާ އިތުރު ކަންތައްތައް ކުރުމަށް ދުރުހެލި ކުރުވާކަމަށެވެ.

އޮފީހުގައި 8 ގަނޑިއރު މަސައްކަތް ކުރަންޖެހޭއިރު ހަށިގަނޑަށް މިއީ ބުރަކަމެއްކަން ޔަގީނެވެ. ސަބަބަކީ ހަށިގަނޑަކީ ވަކިގޮތަކަށް މަސައްކަތް ކުރުމަށް އުފެދިފައިވާ އެއްޗެކެވެ. ހަށިގަނޑަށް ނުކަތާ ވަރަށް މަސައްކަތްކޮށްފިނަމަ ހަށިގަނޑަށް ވަރުބަލިކަން އިޙްސާސް ވުމަކީ ގާތް ކަމެކެވެ. މިކަމުން ދުރުހެލި ވުމަށްޓަކައި ބައެއް ކަންތައް ކުރެވިދާނެއެވެ.

ކެފެއިން މަދުކޮށް ފެން ގިނައިން ބޮއޭ

ކެފެއިން ހިމެނޭ ބުއިން ތަކަކީ ކުޑަ ހިދުކޮޅަކަށް މީހާގެ މަސައްކަތް ހަލުވިކޮށްލާ އެއްޗަކަށް ވީނަމަވެސް ކެފައިންނަކީ އޭގެ ސަބަބުން ސިއްހީ އިތުރު މައްސަލަތައް ކުރިމަތިވާކަމަކެވެ. މީގެ ތެރޭގައި ދެވި ހިފުން ހިމެނެއެވެ. އާއްމުކޮށް ކެފެއިން ހިމެނޭ ބާވަތްތައް ބޭނުންކުރާ މީހަކު ، އެ ބޭނުން ކުރުން ހުއްޓާލައިފިނަމަ ވަރުބަލިކަން އިޙްސާސް ކުރެވޭނެއެވެ. ގިނައިން ބޯންވީ ފެނެވެ، ސަބަބަކީ ހަށިގަނޑުގެ ހުރިހާ ހަރަކާތްތަކަށްވެސް ފެން ބޭނުންވެއެވެ. އަދި ފެނަކީ ހަށިގަނޑު ލޮޑުނުވެ މަސައްކަތް ކުރުމަށް ބޭނުންތެރި އެއްޗެކެވެ.

ކުޑަ ހިދުކޮޅަކަށް ލޯ މަރާލުން

މަސައްކަތުގެ މާހައުލުގައި ބުރަކޮށް އުޅޭއިރު ލެޕްޓޮޕް ސުކްރީންއަށް 8 ގަޑިއިރު ވަންދެން ބަލަން ހުރެއެވެ. އަދި އޮފީސް ނިމުމުން ފޯނަށެވެ. ލޮލަކީވެސް އަރާމު ބޭނުންވާ އެއްޗެކެވެ. ލޮލަށް ބޭނުންވާ ވަރަށް އަރާމު ނުލިބިއްޖެނަމަ ހަށިގަނޑު ލޮޑުކޮށްލައެވެ. މިހެންކަމުން ގަޑިއިރަކު 5 ސިކުންތު ލޯ މަރައިލުމަކީ މުހިންމު ކަމެކެވެ.

ޔޯގާ

އޮފީހުގައި ލިބޭ ހުސްވަގުތުތަކުގައި ޔޯގައި ޖެއްސުމަކީ ހަށިގަނޑު ވަރުބަލިވުން ކުޑަކޮށްދޭ ކަމެކެވެ. މީގެ އިތުރުން ޔޯގާއަކީ ހަށިގަނޑަށް އިތުރު ގޮތްގޮތުންވެސް ފައިދާ ކުރާ ކަމެކެވެ. މީގެ ތެރޭގައި ސިކުޑީގެ ވަރުބަލިކަން ދުއްވާލުންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސެކްސީ

    ގެރޭ