އައު ބަހެއް ދަސްކުރުމަކީ ވަރަށްވެސްް ގިނަ ބަޔަކު ކުރަން ބޭނުންވާ ކަމެކެވެ. ނަމަވެސް މިކަމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ބައެއް ބަސްބަސް ތިމާގެ އަމިއްލަ މާދަރީބަހާ ގުޅުން ހުރުމުގެ ސަބަބުން ދަސްކުރަން ފަސޭހަވިނަމަވެސް، އަނެއްބައި ބަސްބަހަކީ ދަސްކުރަން އުދަގޫ ބަސްބަހެވެ. ނަމަވެސް ވަކި އުމުރެއްގައި ކޮންމެ ބަހެއްވެސް ދަސްކުރުމަކީ ވަރަށް ފަސޭހަކެމެވެ.

ޖާނަލް ކޮންނިޝަންގައި ޝާއިރުކޮށްފައިވާ މެޗޫސެޓް އިންސްސިޓިއުޓް ފޯރ ޓެކްނޮލޮޖީއިން ހަދާފައިވާ ދިރާސާއެއްގައި ދައްކާ ގޮތުން އުމުރުން 10 އަހަރު ފުރުމުގެ ކުރީގައި ކޮންމެ ބަހެއް ނަގައިގަތުމުގެ ޤާބިލިއްޔަތުކަންވެސް ސިކުޑިއަށް ލިބިގެންވެއެވެ. އަދި 10 އަހަރު ފުރުމުގެ ކުރިން ދަސްކުރާ ބަހަކީ ކުއްޖާގެ މާދަރީ ބަހާއެއްވަރަށް ކުއްޖާއަށް ފަރިތަ ބަހަކަށް ވެގެންދެއެވެ.

މީގެ އިތުރުން މިދިރާސާގައި ދައްކާފައިވާ ގޮތުން ކުއްޖާގެ އުމުރުން 17 ނުވަތަ 18 ވުމުގެ ކުރީގައި އުޅެފިނަމަ އައު ބަހެއް ދަސްކުރުމަކީ އެހާ އުދަގޫ ކަމެއް ނޫނެވެ. ނަމަވެސް ބައެއް ބަސްބަސް ނަގައިގަތުމުގައްޔާއި ބައެއް ބަހުގެ ހަމަތަކާއި ޤަވާއިދުތަކަށް ކުއްޖާ ފަރިތަ ނުވާނެ ކަމަށްވެސް މިދިރާސާގައިވެއެވެ.

މިދިރާސާ ހަދާފައިވަނީ ޖުމްލަ 670،000 ބައިވެރިން ބައިވެރިކޮށްގެނެވެ. އުމުރުން 5 އަހަރުން ކުއްޖާއިން ފެށިގެން 70 އަހަރުން މަތީގެ މީހުންވެސް މިދިރާސާގައި ބައިވެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފެނޭދޯ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..