އަށް މީހަކުވެގެން ރޭޕްކުރި 16 އަހަރުގެ އަންހެން ކުއްޖަކު އަމިއްލައަށް މަރުވެއްޖެއެވެ.

އިންޑިއާގެ ގުރުރާމް އަވަށުގައި މިދިޔަ އަންގާރަ ދުވަހުގެ ރޭ އެ ކުއްޖާ ރޭޕްކުރީ، އެކަނި ގޭގައި ހުއްޓައި ރަހީނުކޮށްގެން ގެންދިއުމަށްފަހުއެވެ.

އެ ކުއްޖާގެ އާއިލާއިން މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ، އެ ކުއްޖާ ރޭޕްކުރީ އެރޭ އެ މީހުން ގޭގައި ނެތް ވަގުތެއްގައި ކަމަށެވެ. އެ މީހުން ބުނިގޮތުގައި، އެ އައިލާ އެރޭ ދިޔައީ ގާތް ތިމާގެ މީހަކު މަރުވެގެން އެ މިހާ މޫނު ދެކިލުމަށެވެ. އެ މީހުން އެނބުރި ގެއަށް އައީ އެރޭ 2:30 ހާއިރުއެވެ. ނަމަވެސް އޭނާ ގޭގައި އޭރު ނެތެވެ،

އަދި ވަގުތުން އޭނާ ހޯދުމުގެ މަސައްކަތް ކުރިއެވެ. ހޯދަމުންދާތާ އެތައް އިރެއްފަހުން އެކުއްޖާ ފެނުނީ މަގުމައްޗަށް އެއްލާލާފައި އޮއްވައެވެ. އޭރު އެކުއްޖާ ވަނީ ރޭޕްގެ ޝިކާރައަކަށް ހަދާފައެވެ.

އެ ހާދިސާއާ ގުޅޭ މައުލޫމާތު އެ ކުއްޖާ އޭނާގެ އާއިލާ މީހުންނަށް އެންގީ އަނެއް ދުވަހުގެ ހެނދުނުއެވެ. އެ ކުއްޖާ ބުނިގޮތުގައި، އޭނާ ވަނީ އަށް މީހަކުވެގެން ރޭޕްކޮށްފައެވެ. އަދި އަށް މީހުންގެ ތެރެއިން ހަތަރު މީހަކު އޭނާއަށް އެނގެއެވެ. ނަމަވެސް އެ މީހުންނަކީ އެ އަވަށުގައި ވަރަށް ބާރުވެރި އާއިލާއަކަށް ނިސްތަބްވާ ބައެކެވެ. އެ މީހުން ވަނީ އެކަން ސިއްރު ކުރަންވެސް އެެދިފައެވެ.

މިގޮތަށް އެ އާއިލާއަށް އެ ވާހަކަތައް ކިޔާދިނުމަށްފަހު އެ ކުއްޖާ އަމިއްލަ މަރުވީ ފާހާނާ ތެރޭގަައެވެ. އެ ކުއްޖާގެ ޕޯސްޓްމޯޓަމް ރިޕޯޓް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ. އޭނާ ރޭޕްކުރީ ކޮން ބައެއްކަން ފުލުހުންނަށް އެންގި ނަމަވެސް، އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ؟؟؟؟

    މީ އިންޑިއާގައި އަބަދުވެސް ވާވަރު

  2. ކިޔަވާށެވެ!

    އިސްލާމް ދީނުގައި ބެލުން ތިރިކުރުމަށް އޮންނަ އޮތުމާއި، މަސްތުވާ އެންމެހާ ތަކެތި ޙަރާމް ވެފައި އޮންނަ އޮތުމާއި، އަންހެނުންނަށް ރައްކާތެރި ކަން އޮންނަން ޖެހޭ ގޮތަށް އޮންނަ އޮތުމަކީ ރޭޕުން މުޖްތަމަޢު ރައްކާތެރި ވުމަށްޓަކައި ވަރަށް މުހިއްމު ކަންކަން، ނަމަވެސް ބައެއް ފަރާތް ތަކުން މި ކަންކަމަށް ޖޯކު ޖަހާ ހަދާ.