ދަރިއަކު ބަލާ ބޮޑުކުރުމަކީ އުނދަގޫ ކަމެކެވެ. ދަރިން ބޭނުންވާ ކަންކަން ކޮށްދީ، ކުރާ އާދޭސްތައް އަޑުއެހުމަކީ އުނދަގޫ ކަމެކެވެ. މިކަންކަމުގެ ނާކާމިޔާބު ވެއްޖެނަމަ، އެކަމުން ހީނުކުރާފަދަ ގެއްލުންވެސް ލިބިދާނެއެވެ.

މިއީ އެކަމުގެ ހެއްކެކެވެ. އެފަދަ ވާހަކައެކެވެ.

ބައްޕައާ ޒުވާބު ކުރުމަށްފަހު ގޮސް، ފަސްވަނަ ފަންގިފިލާގެ ކުޑަދޮރުމަތީގައި ކުޑަކުއްޖަކު ނިދަން އޮތް މައްސަލައެއްވަނީ ދާދިފަހުން ފެންމަތިވެފައެވެ. އެނގިފައިވާ ގޮތުގައި ކުޑަދޮރުގެ މަތީގައި އޮތީ 12 އަހަރުގެ ކުއްޖެކެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި ޗައިނާގެ އަވަށެއްގައި ހިނގާފައިވާ ކަމެއްގައި، ކުއްޖާގެ ބައްޕަ، އެކުއްޖާއާ ޒުވާބު ކޮށްފައިވަނީ ކަންނެތްކަމުން ކަމުގައިވެއެވެ. އެގޮތުން، މުޅި ދުވަހު އެނދުގައި އޮންނާތީ ބައްޕަ ނުރުހުންވެ، ހިތްހަމަނުޖެހުން ފާޅުކުރުމުން ކުއްޖާ ގޮސް އޮތީ ކުޑަދޮރުގެ މަތީގައެވެ.

މީގެއިތުރުންވެސް، ނޫސްތަކުން ބުނެފައިވާ ގޮތުގައި ކުޑަދޮރުގެ ދާރައިގެ މަތިން ކުއްޖާ ބޭލުމަށް ގުޅާފައިވަނީ ފަޔަރަ ޑިޕާޓްމަންޓް އަށެވެ. ފަޔަރ ފައިޓަރުން، އެކުއްޖާ ސަލާމަތުން ބޭލިއިރު، ކުއްޖާއަށް އެއްވެސް ގެއްލުމެއް ނުލިބޭކަމަށްވެއެވެ.

މި ކުއްޖާގެ މަންޒަރު ފެންނަ ވީޑިޔޯތަކެއް، މީސް މީޑިޔާގައި ދައުރުވެފައިވެސްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަރީފާ

    ފޭކް

  2. ޗ

    އަލްހަމްދުލިއްލާހި ނަސީބެއްނު

  3. ޒާްން

    މަވެސް ބާވަރު ފެންޑާމަތީ ނިދަން