ސަފާރީއަކުން، ކަނޑޫމާ ތިލައަށް ޑައިވިންގއަށް ފޭބި އަންހެން ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ ފަތުރުވެރިޔާއަކީ "އޯސީއޭ އެމް7 އެސް"ނަމަކަށް ކިޔާ ސަފާރީއަކުން ޑައިވިންގއަށް ފޭބި ފަތުރުވެރިއެއް ކަމަށެވެ. އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ކޯސްޓްގާޑުންނާއި ސަފާރީ ޑައިވަރުންވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެ މީހާ ގެއްލިގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ، މިއަދު މެންދުރު 13:09 ހާއިރުއެވެ. އަދި އޭނާ ޑައިވިންގއަށް ފޭބީ 22 މީހުން ހިމެނޭ ގުރުޕަކާއެކުގައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ މީހާ އެންމެ ފަހުން ލައިގެން ހުރީ ހުދުކުލައިގެ ރޭޝްގާޑް ސޫޓެއް ކަމަށެވެ، އަދި ހުދު ކުލައިގެ ފިންސަކަށް އަރާފައިވާއިރު، ކަޅުކުލައިގެ ބައޮންސީ ކޮންޓްރޯލް ޑިވައިސް (ބީސީޑީ) އެއް މީނާ އަޅައިގެންހުރި ކަމަށް އެމްއެންޑީއެފްއަށް މަޢުލޫމާތު ލިބިފައިވާކަމަށް ވިދާޅުވިއެވެ.

އަދި އެ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބޭތޯ އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ބަލައި ދިނުށާއި އަދި އެ މީހާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ގުޅުމަށް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ީއިބޫ

    މިކަމަށްވެސް ގާނޫނެއް ބޭނުންވޭ

  2. ގައްލަންދު

    އިންޑިޔާއައް ގުޅާފަ އެއްކަލަ ފުޅައްމަތިބަލާ ސިސްޓަމުން ބަލާދޭށޭ ބުނަގަ އެމީހުންނައް ކަނޑުއަޑިވެސް ފެންނާނެ