ސަރުކާރުގެ އަމާޒު ހުންނަން ޖެހޭނީ ޖަލުތައް ބަންދުކުރަން ކަމަށް ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން ވިދާޅުވެއްޖެއެވެ.

ޒިފްލީނާ މިހެން ވިދާޅުވީ "ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ޒިފްލީން ވިދާޅުވީ ޖަލުތައް ޖަލުތައް ބަންދު ކުރުމުގެ މިއަދު އަމާޒަށް މަސައްކަތް ފަށައިގެން ނޫނީ ކައިރި މުސްތަގުބަލެއްގައި އެހާހިސާބަށް ނުދެވޭނެ ކަމަށެވެ.

"އެންމެ ފުރަތަމަ އަޅުގަނޑުމެންނަކަށް މިހާރު ނުދެންނެވޭނެ ދެއްތޯ ޖަލުތައް ބަންދުކުރާ ހިސާބަށް ދާނެއެކޭ އެކަމަކު އެއީ ކަންނޭނގެ އެންމެ ބޮޑު، އެހިސާބަށްވެސް އަޅުގަނޑުމެންގެ އަމާޒު ހުންނަން ޖެހޭނެ، އެ އަމާޒަށް އަޅުގަނޑުމެން ހިފައިގެން މިއަދު މަސައްކަތް ކޮށްފިއްޔާ ނޫނީ އެހިސާބަށް ކައިރި މުސްތަގުބަލެއްގައި އަޅުގަނޑުމެންނަކަށް ނުދެވޭނެ." ސްޓޭޓް މިނިސްޓަރ ޒިފްލީނާ ވިދާޅުވިއެވެ.

ޒިފްލީނާ އިތުރަށް ވިދާޅުވީ ހަމަޖެހޭ މުސްތަގުބަލެއް ގާއިމުކުރުމަށްޓަކާއި ފަރުދީ ޒިންމާ އަދާކުރި ބައެއް ގައުމުތަކަށް ބަލާއިރު، މިހާރު އެގައުމުތަކުގެ ޖަލުތަކުގައި ތިބޭނެ ބަޔަކު ނެތް ކަމަށެވެ.

އޭނާ ވިދާޅުވީ އަމާޒު މިހުރީ ހަމަޖެހުމާއި އެކު ރައްޔިތުން ދިރިއުޅޭނެ މުޖުތަމަޢުއަކާއި ދިމާއަށް ކަމަށެވެ.

އިޖުތިމާޢީ ރައްކާތެރިކަން ގާއިމް ކުރުމަށް ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން މުހިއްމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި އެގޮތުން ހުރިހާ ރަށެއްގައި ކޮމިއުނިޓީ ސޯޝަލް ގްރޫޕްތަކެއް މިހާރު އުފެއްދިފައިވާ ކަމަށް ޒިފްލީނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތަކީ އެގްރޫޕްތައް ޓްރޭނިންކޮށް، އެކްޓިވް ކުރުމުގެ މަސައްކަތް ކަމަށެވެ.

އެގްރޫޕްތަކުން މަސައްކަތް ފެށުމުން އިޖުތިމާޢީ ގިނަ މައްސަލަތަކަކަށް ހައްލު ގެނެވޭނެ ކަމަށް ޒިފްލީނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކަނޑުކޮސް ކުމާރު

    ޖަލުތައް ބަންދު ކުރަން ބޭނުމިއްޔާ މާތްﷲގެ ކަލާމް ފުޅަށާއި، ރަސޫލާގެ (ޞވ) ސުންނަތާ އެއްގޮތަށް އަހަރުމެންގެ ހުރިހާ ޢަމަލުތަކެއް ބަދަލުކުރޭ. ޔަހޫދީން ހަދައިގެން އުޅޭ ވަޟަޢީ ޤާނޫނުތައް ކޮޕީކޮށްގެން ޖަލުތަކެއް ބަންދެއް ނުކުރެވޭނެ. މީ ލައްކަ ވާހަކަ.

  2. އެންދެރި

    ގުރުއާނާ ސުއްނަތައް ލޯބި ކުރާ މޒިހުންނަށް ދަތި އުނދަގޫ ކޮށް ދީނީ މިނިވަން ކަމަށް ގޮވާ ޑްރަގް އަދި ހަށިވިއްކާ އަދި ގޭންގް ތައް ގެން ގުޅޭ މީހުންނަށް މިނިވަން ކަން ދެނީއެވެ.

    11
  3. ޢާމުން

    ޢާމުރައްޔިތުންގެ ރައްކާތެރިކަަމާއި ޙައްޤުތައް ކަށަވަރުކުރުމަށް ބޭނުންނާ ނިޒާާމްތައް ފުރިިހަމަކުރެވިގެންނޫނީ ރާއްޖޭގައި ޖަލުތައް ބަންދުކުރުމުގެ ވާހަކަ ދެއްކުމަކީ ދެރަކަމެއް. ޢާމުންގެތެރޭގައި ހަމަހަމަކަން ނެެތުމާއި، މީީހުންގެ ފަރާތުން ދިމާވާ ނުރައްކަލާއި ދަތިތަކުން ސަލާމަތްވުމަށް ބޮޑުންނަށް ނުވިކޭ ކޯޓުތަކާއި، ހަމަހަމަ ނިޒާމްްތަކެއް އުފެއްދުމެއްނެތި މިވާހަކަަ ދެއްކުމަކީ މިިއީ އާމުން ބިރުވެރިކަމެއްގެތެރެއަށް ދާނެކަމެއް. ދައުލަތުގެ ނިޒާމްތައް ބޭނުންކޮށް ވާހަކަފެެތުރުމާއި މަޝްހޫރުވުމުގައި ޢާމުންނަށް ބޭނުންވާ ކަންކަން އިސްކޮށް ތަރުތީބުކުރުމަށް ވިސްނަން އެބަޖެހޭ

  4. ނުރަބޯ

    ސަރުކާރުގެ ސިޔާސަތު ބައްޓަންވެފައި އަދި ހުރީ، ޖަލުތައް ބަންދުކުރުމުގެ ބަދަލުގައި އިތުރު ޖަލުތައް އަޅަންޖެހޭ ގޮތަށް.

  5. ހަމަހަމަ

    ޖަލުތައް ކައިރި މުސްގު ބަލެއްގްއައި ބަންދުކުރެވޭނެކަމަށް އަޅުގަނޑުވެސް ދެކެން. މިސްރާ ބުވެސް ހުރީ އެދިމާލައް. ކުއްވެރިވެގެން ޖަލުގަތި ބި މީހުންނަށް ރައީސްއަށް ލި ބިފައިވާ ހާއްސަ ބާރުތަކުން މިނިވަން ކޮއްފަ، ޖަލައްލާން ޖެހިފަ ތި ބި ކުއްވެރިންނަށް ސިޔާސީ މަގާމުތަކެއް ދިނީމަ އެކަންތައް ވާނެ.

  6. ގވހގ

    ނައިސް ހެލްމެޓް