މި އަހަރު މާޗް މަހާއި ހަމައަށް ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާ މީހުންގެ އަދަދު 5.6 ޕަސެންޓް އިތުރު ވެއްޖެއެވެ.

މިދިޔަ އަހަރު ރާއްޖެ އައި ޗައިނާގެ ޓޫރިސްޓުންގެ އަދަދަކީ 72،539 އެވެ. އެހެން ނަމަވެސް މިހާރު ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޗައިނާއިން ޖެނުއަރީ އިން މާޗް މަހުގެ ނިޔަލަށް 76,568 މީހުން އައިސްފައިއެވެ. މިއީ މިދިޔަ އަހަރާއި ބަލާއިރު 5.6 ޕަސެންޓް އިތުރެވެ.

މަހުން މަހަށް ޗައިނާ ޓޫރިސްޓުންގެ އަދަދު ބަލާނަމަ އުޅެނީ 12 ޕަސެންޓް އިތުރުވުމެއްގައެވެ. މި އަހަރުގެ މާޗް މަހުގައި ޗައިނާއިން 19،479 މީހުން އައިސްފައިވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ މާޗު މަހު އައިސްފައިވަނީ 13,203 މީހުންނެވެ. އަދި ރާއްޖެ އަށް އަންނަ މީހުންގެ 15 ޕަސެންޓް ހިއްސާކުރަނީ ވެސް އެގައުމުގެ މީހުންނެވެ.

ރައްޖެ އަންނަ ޗައިނާ ޓޫރިސްޓުންގެ އަދަދު މިހާ އަވަހަށް ގިނަވެފައިވަނީ، ގިނަ ދުވަސްތަކެއް ވަންދެން ދައްކޮށް އޮތުމަށް ފަހު ކަން ފާހަގަކޮއްލެވެއެވެ. އަދި އެގައުމުން އަންނަ މީހުން ކިތަންމެ މަދުވި ނަމަވެސް ވޭތުވެގެން ގޮސްފައިވާ ހަތަރު އަހަރުގައިވެސް އެންމެ ގިނައިން ރާއްޖެ އައިސްފައި ވަނީ އެގައުމުގެ ޓޫރިސްޓުންނެވެ.

ކިޔުންތެރިންގެ ހިޔާލު