ހއ.ފިއްލަދޫއަށް އުފަން އަބްދުﷲ ޝަރީފްއަކީ ރައްޔިތުންނަށް ހެޔޮއެދޭ ޒުވާނުންނާއި ގުޅޭ ހިތްހެޔޮ އަދި އިޚުލާސްތެރި ބޭފުޅެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އެހީތެރިކަން ފޯރުކޮށްދީ ބޮޑު ތިލަދުންމައްޗަށް ރައްޔިތުން މީގެ ދުވަހަކުވެސް ނުދެކޭ ފަދަ ތަރައްޤީ ގެނައުމަށް ޝަރީފް ވަނީ ފޫގަޅާފައެވެ. މަޖިލިހަށް ކުރިމަތިލައްވަނީ ކީއްވެ؟ ޝަރީފް ވިދާޅުވާ ގޮތުން އޭނާ މި ދާއިރާއަށް ކުރިމަތިލާން ނިންމީ މަޖިލިސް ތެރެއިން ރައްޔިތުންގެ އަޑު ސަރުކާރާ ހަމައަށް ފޯރުކޮށްދީ ދާއިރާގެ ޒުވާނުން ބޭނުންވެފައިވާ ގިނަ ކަންތައްތައް ފުއްދައިދިނުމަށެވެ. އަދި ރައްޔިތުންގެ މަންފާއަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިދިކޮޅުން އަޅަމުންދާ ހުރަސްތައް ނައްތާލުމަށެވެ. ޝަރީފުގެ ބައްޕައަކީ ކުރިން ފިއްލަދޫގެ ބޮޑު ކަތީބުކަން ކުރެއްވި…