މަރުވުމުން ގިނަ ފަހަރަށް ހަށިގަނޑު ވަޅުލަނީއެވެ. ބައެއް ދީން ތަކުގެ މީހުން އަންދާވެސް ލައެވެ. ނަމަވެސް މިފަހަރު މުޅިން ތަފާތު ކަމެކެވެ. މަރުވުމުން ހަށިގަނޑު ޖައްވަށް ފޮނުވާލަނީއެވެ. އިންސާނެއްގެ ހަށިގަނޑެއް ނޫނެވެ. ބުޅަލެއްގެ މަރުވެފައިވާ ހަށިގަނޑެވެ.

ޕިކާޗޫ މަރުވެފައިވަނީ މިއަހަރު ޖަނަވަރީ މަހުގެ ތެރޭގައެވެ. ޕިކާޗޫ ގެންގުޅުނު ފަރާތުން ބުނެފައިވަނީ އޭނާ ބޭނުންވަނީ އޭނާގެ ބުޅަލަށް އެންމެ މަތީ ޝަރަފު ދޭން ކަމަށެވެ. ޕިކާޗޫގެ ވެރިފަރާތުންވަނީ ގޯފަންޑް މީ ގައި އޭނާއަށް އެހީތެރިވުމަށް ޕޭޖެއް ހަދާފައެވެ. މިގޮތުން އެޕޭޖްގައި ބުނެފައިވަނީ އޭނާގެ ބުޅާގެ ހަށިގަނޑު ޖައްވައް ފޮނުވާލުމަށް 5 ހާސް ޑޮލަރު ބޭނުންވާ ކަމަށެވެ.

މިހާތަނަށް އެ ޕޭޖަށް 1200 ޑޮލަރު ލިބިފައިވާއިރު، ގިނަ ބަޔަކު ދަނީ މިމީހާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޕިކާޗޫ ޖައްވަށް ފޮނުވާލުމަށް ހަމަޖެހިފައިވަނީ ސިލެޓިސް ނަމަކަށް ކިޔާ ކުންފުންޏެއްގެ އެހީގައެވެ. މިގޮތުން މިކުންފުންޏަކީ 1997 ވަނަ އަހަރުން ފެށިގެން މީހުންގެ މަރުވެފައިވާ ހަށިގަނޑު ޖައްވަށް ފޮނުވަމުން އަންނަ ކުންފުންޏެކެވެ. 2014 ވަނަ އަހަރުން ފެށިގެން ޖަނަވާރުންގެ ހަށިގަނޑުވެސްވަނީ ޖައްވުން ބޭރަށް ފޮނުވަން ފަށާފައެވެ. ނަމަވެސް ޕިކާޗޫ ވެގެންދާނީ ޖައްވަށް ފޮނުވާލާ ފުރަތަމަ ބުޅަލަށެވެ.

 

ކިޔުންތެރިންގެ ހިޔާލު