ކާމިޔާބު ސިކުޑީގެ ސާޖަރީއަކަށް ފަހު ދުނިޔެއިން ނެތިދާނެކަމުގެ ބިރު ހީވެފައިވާ ގުރައެއް ކަމަށްވާ "ކަކަޕޯ" ފުރާނަ ސަލާމަތްކޮށްފިއެވެ.

މި ގުރާގެ އޮޕަރޭޝަން ކޮށްފައިވަނީ ސިކުނޑީގެ ނާށިގަނޑުގައި ލޯވަޅެއް އެޅިފައިވުމުގެ ސަބަބުންނެވެ.

މިއީ މިފަދަ ޖަނަވާރެއްގެ ސިކުނޑީގެ އޮޕަރޭޝަނެއް ކުރި ފުރަތަމަ ފަހަރެވެ. ނިއުޒިލެންޑުގެ ޖަނަވާރުންނަށް ޚާއްސަ ޑޮކްޓަރުން މި އޮޕަރޭޝަން ކާމިޔާބު ކަމާއެކު ނިންމާލީ ވަރަށް ބުރަ މަސައްކަތުންނެއެވެ.

ނިއުޒިލެންޑްގައި އެކަނި ދިރިއުޅޭ އުމުރުން 56 ދުވަސް ވެފައިވާ އުދުހުމުގެ ގާބިލުކަން ލިބިފައިނުވާ މި ގުރައަކީ މިހާރު ދުނިޔެއިން ނެތިދާނެކަމުގެ ބިރު ހީވެފައިވާ ޖަނަވާރެކެވެ.

އުދުހުމުގެ ކުޅަދާނަކަން ލިބިފައިނުވާ މި ވައްތަރުގެ ދޫންޏަކީ ޝިކާރަވެރިންގެ ނުރައްކާ ކުރިމަތިވެފައިވާ ޖަނަވާރެކެވެ. ދިރާސާ ތަކުން ދައްކާ ގޮތުގައި ދުނިޔޭގައި މިވަގުތު ދިރިއުޅޭ ކަމަށް ބެލެވެނީ މި ވައްތަރުގެ އެންމެ 165 ދޫންޏެވެ. ނަމަވެސް މިއަދަދު މިހާރު ދަނީ ބާރު ދުވެލީގައި ދަށަށެވެ.

ނިއުޒިލެންޑްގެ ޑިޕާޓްމަންޓް އޮފް ކޮންޒަވޭޝަންގެ ކަކަޕޯ ރިކަވަރީ ޓީމުންދަނީ މި ވައްތަރުގެ ޖަނަވާރުގެ ނަސްލުތައް ހިމާޔަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު