ރަމަޟާން މަހަކީ ހޭދަކުރުމުގެ މައްސަރެވެ. އަޅާލުމާ އޯގާތެރިވުމުގެ މައްސަރެވެ. މިސްކިތްތަކުގެ ރޯދަ ވީއްލުމަކީ އެފަދަ މިސާލެކެވެ. ހާއްސަކޮށް ބޮޑެތި މިސްކިތްތަކުގެ ރޯދަ ވީއްލުމަށް އެތައް ބަޔަކު އެހީތެރިވެދެއެވެ.

ޑުބާއީގެ އަބޫދާބީގައި ހުންނަ އެންމެ ބޮޑު މިސްކިތަކީ ޝެއިހް ޒައިދު ގްރޭންޑް މިސްކިތެވެ. ރަމަޟާން މަހާ ދިމާކޮށް، އެ މިސްކިތަކިތަކީ އަބޫދާބީގެ މައި މިސްކިތެވެ. ހާއްސަކޮށް ތަރާވީހް ނަމާދާއި، ރޯދަ ވީއްލުމުގެ ކަންތައްތަކަށް އެންމެ ގިނަ ބަޔަކު އަރާ މިސްކިތަކީ އެ މިސްކިތެވެ. އެ މިސްކިތުގެ ރޯދަ ވީއްލުމަކީވެސް ހާއްސަ ރޯދަ ވީއްލުމެކެވެ.

ކަދުރު، ޔޯގަޓް ބުއިންތަކާއި ޕްރޮޓިން އަދި ކެލޮރީ ލިއްބައިދޭ އެންމެ ބެލެންސްކޮށް ތައްޔާރު ކުރެވިފައިވާ މަޝްހޫރު ރޯދަ ވީއްލުމެއް މިސްކިތުން ދޭ އިރު، ކޮންމެ ދުވަހަކު އެންމެ މަދުވެގެން 30،000 މީހުން އެ މިސްކިތުން ރޯދަ ވީއްލައެވެ. އެ މިސްކިތަށް ގެންދާ ކާއެއްޗެހި ތައްޔާރު ކުރުމަށް އެކަނިވެސް 400 ޝެފުންނާއި 500 އެހެނިހެން ހިދުމަތްތެރިން ފާހަގަކޮށްލެވެއެވެ.

އެ މިސްކިތަށް ރޯދަ ވީއްލަން ދާ އެތައް ބަޔަކު ވަނީ ރޯދަ ވީއްލުމުެ ފުރިހަމަ ކަމަށް ތައުރީފް ކޮށްފައެވެ. ކާނާތައް ބެހުމުގައި އެތަކެއް ވޮލެންޓިއަރުންތަކެއް ހަރަކާތްތެރިވާ އިރު، އެކަން ވެގެން ދަނީ އުފަލަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތީބޭކާރު އަމަލެއް

    ތިތަނު ހިހޫތަނުން ގިނައަދަދަކައް މަޅާލަނީ ޤައުމުގައި މަސައްކަތް ކުރަން ގެނެސްތިބޭ، ހިންދޫ، ބުޑިސްޓް، ކުރިރިޔަން، މަސައްކަތުމީހުން، މުސްލުންނެއްނޫން.

    1
    10
  2. ގެރީ ނަޝީދު

    ތިޔަ ތަނުން ކޮންމެ ރެޔަކު ރޯދަ ވީއްލަން ކޮފޭ އިބްރާ ދާކަމަށް ވަނީ. އިބުރާ ވަރަށް ބަރާބަރަށް ރޯދަ ހިފާނެ.

    2
    1