ނިދާފައި އޮއްވާ 12 އަހަރުގެ ކުއްޖެއްގެ ގައިގައި ރޯކޮށްލި މީހަކު ހޯދަން ލަންކާގެ ފުލުހުން މަސައްކަތް ފަށައިފިއެވެ.

ލަންކާގެ ފުލުހުން ބުނެފައިވަނީ ނިދާފާ އޮއްވާ ރޯކޮށްލާފައިވަނީ ގްރޭޑް 7 ގައި ކިޔަވަމުން ދިޔަ ދަރިވަރެއް ކަމަށާއި މިކަން ހިނގާފައިވަނީ ލަންކާގެ އުރުބޮކާގައި ކަމަށެވެ.

މިކުއްޖާ ގައިގައި ރޯކޮށް އަންދާލާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެކުއްޖާގެ ގޭގައި ނިދާފައި އޮއްވައެވެ. މިކުއްޖާގެ ދިރިއުޅެމުން ދިޔައީ ކުއްޖާގެ ބައްޕައާއި ދޮން މަންމަ އާއެކުގައެވެ.

ކުއްޖާގެ ގައިގައި ރޯކޮށްލިއިރު، ގޭގައި ދޮން މަންމަ ހުރި ކަމަށް އޭނާ ބުނެއެވެ. ދޮންމަންމަ ފުލުހުންނަށް ބުނެފައިވަނީ ކުއްޖާގެ ގައިގައި ރޯކޮށްލާފައިވަނީ ގެއަށް ވަން ނުދަން މީހެއް ކަމަށާއި ރޯކޮށްލުމަށްފަހު އޭނާ ފެނުމުން ފިލާފައިވާ ކަމަށެވެ.

މިކުއްޖާއަށް މިހާރު ދަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމިގިލީ މީހާ

    ތިވާނީ ރާއްޖޭން ފިލާގެން ގޮސް އުޅޭ ފުލެޓު ވަގައް. ފުލެޓްތަކުގެ ލާރި ގަނޑު ހިފާގެން އުޅޭ ފުލެޓް ވަގައް.

    1
    1
  2. ސަމްތިންގ ފިޝީ

    ދޮންމަންމަ އާ ސުވާލު ކުރަންޖެހޭ! ޕްރައިމް ސަސްޕެކްޓަކީ އެއީ!