އަވައްޓެރި އިންޑިއާގައި، ރޭޕްގެ ޝިކާރައަކަށްވެ ލިބޭ ދަރިން ވައްޓާލުމުގެ ހުއްދަ ނަގަން ނުޖެހޭގޮތަށް އެޤައުމުގެ ހައިކޯޓުން ކަނޑައަޅައިފިއެވެ.

އިއްޔެ މެޑްރާސްގެ ހައިކޯޓުން ނިންމި މި ނިންމުމުގައި ބުނެފައިވަނީ، ރޭޕްގެ ޝިކާރައަކަށްވެ މާބަނޑުވާ އަންހެނުން، ބަނޑަށް 20 ހަފްތާ ނުވާނަމަ ދަރި ވައްޓާލުމަށް ހުއްދަ ހޯދަން ނުޖެހޭނެ ކަމަށެވެ. އަދި 20 ހަފްތާ ވުމަށްފަހު ވެސް ދަރި ވައްޓޭލެވިދާނެ ޚާއްސަ ހާލަތުތަކެއް މި ނިންމުމުގައި ވަނީ ކަނޑައަޅާފައެވެ.

އެ ކޯޓުން ބުނެފައިވާގޮތުގައި ރޭޕްގެ ޝިކާރައަކަށްވާ އަންހެނަކު ނުވަތަ ކުއްޖަކު ބަނޑުގައި އޮންނަ ދަރި ވައްޓާލަން ބޭނުންވެގެން ކޯޓުތަކުގެ ދޮރުތަކުގައި ބޭކާރު ގޮތުގައި ޓަކި ޖެހުމަކީ އެކަން އޮންނަންވީ ގޮތް ނޫން ކަމަށެވެ. އެހެންކަމުން އިއްޔެގެ ނިންމުމާއެކު އެފަދަ ފަރާތްތަކަށް އިތުރު ބުރައެއް އުފުއްލަން ނުޖެހި، ރޭޕްގެ ޝިކާރައަކަށްވެ ލިބޭ ދަރިން ވައްޓާލެވޭނެ ކަމަށް ކޯޓުން ވަނީ ބުނެފައެވެ.

މެޑްރާސްގެ ކޯޓުން އިއްޔެ މި ނިންމުން ނިންމާފައިވަނީ، ދާދި ފަހުން އިންޑިއާގައި ރޭޕްގެ ޝިކާރައަކަށްވީ ކުއްޖެއްގެ ފަރާތުން ކޯޓަށް ހުށަހެޅި ޕެޓިޝަނަކާއި ގުޅިގެންނެވެ. އެފަރާތުން ކޯޓަށް ޕެޓިޝަން ހުށަހެޅީ ތަހުޤީޤަށް ހުރަސްއެޅިދާނެ ކަމަށްޓަކައި އެޤައުމުގެ ހޮސްޕިޓަލްތަކުން އެކުއްޖާގެ ބަނޑުގައި އޮތް ދަރިފުޅު ވައްޓާދިނުމަށް ދެކޮޅު ހެދުމުންނެވެ.

މެޑްރާސްގެ ކޯޓުގެ ނިންމުމާއެކު އެކުއްޖާގެ ބަނޑުގައި އޮތް ދަރިފުޅު ވައްޓާލުމުގެ މަގު ވަނީ ފަހިވެފައެވެ. އަދި ހޮސްޕިޓަލްތަކަށް އެ ހުއްދަ ކޯޓުން ވަނީ ދޫކޮށްފައެވެ. އެކުއްޖާގެ ބަނޑުގައި އޮތް ދަރިފުޅު ވައްޓާލުމުގެ ކުރީން ތަހުޤީޤަށް ބޭނުންވާ ޑީއެންއޭ ހެކި މިހާރު ވަނީ ނަގާފައެވެ.

އިންޑިއާ އަކީ ރޭޕްގެ މައްސަލަތައް އާދަޔާއި ޚިލާފަށް ގިނަ ޤައުމެކެވެ. އެޤައުމުގައި ކޮންމެ ދުވަހަކުވެސް ކުޑަކުދިން ހިމެނޭހެން އެތައް ބަޔަކު ރޭޕްގެ ޝިކާރައަކަށް ވެގެންދާއިރު، އެފަދަ މައްސަލަތައް ކޮންޓްރޯލް ކުރުމަށް އެޤައުމުގެ އިދާތައް ވަނީ ނުކުޅެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފުޅި މަދު ފާޚާނާ

    ކުށެއްނެތް ތޯހިރު ފުރާނައެއް މަރާލުމުގެ ހުއްދަ ކަލޭމެންނަށް ދެވޭތަ؟؟؟؟ އިންސާފުގާއިމު ކުރުމަށް ހަދާފައި ހުންނަ ތަންތާގައި ހުކުމް ކުރަން ތިބޭ މީހުންނަށް ހެޔޮ ވިސްނުން ދެއްވާނދޭވެ....
    އެކަމަކު،،، ،،

    7
    3
  2. އަބޫ

    ަޅެފަހެ އިންޑިއާގައި ހަތަރެސްފައި ޖަހައިގެންވެސް ދެފައި ޖަހައިގެންވެސް އުޅެނީ ގެރިބަކަރިތަ؟

    6
    1
  3. މޮޔަ އިންޑިއަންސް

    އަދިވެސް ދަރިވައްޓާލުމުގެ ހުއްދަތަ ދޭންވީ. ރޭޕްކުރާމީހުންނަށް އެކަށީގެންވާ އަދަބުދީބަލަ.

    10