އިންޑިއާގެ މަދިޔަ ޕްރެދޭޝްގެ ޖަލަކުން ހަތަރު ގައިދީއަކު ފިލައިފިއެވެ.

ރިޕޯޓްތަށް ބުނާގޮތުގައި މަދިޔަ ޕްރެދޭޝްގެ ނީމަޗް ޑިސްޓްރިކްޓް ގައި ހުންނަ މި ޖަލުން ފިލާފައިވަނީ އުމުރުން 30 އަހަރުން ދަށުގެ ޒުވާން ގައިދީންތަކެކެވެ.

ޖަލު ފަޅާލުމަށް ފަހު ގައިދީންތަށް ފިލާފައިވަނީ ޖަލުގައި އެންމެ މީހުން ހަލަބޮލި ނުވާ ވަގުތާއި ދިމާކޮށް ވަރަށް ރޭވުންތެރިކަމާއިއެކުއެވެ.

ޖަލުން ގައިދީންތަކެއް ފިލާފައިވާއިރު މި މީހުން ފިލީ ޖަލުގެ ސެކުރިޓީގެ ދޯދިޔާ ކަމުންތޯ ބެލުމަށް ކަމާއިބެހޭ ފަރާތްތަކުން ވަނީ ތަހުގީގެއް ފެށުމަށް ތައްޔާރު ވަމުންނެވެ. ރިޕޯޓްތަށް ބުނާގޮތުގައި ޖަލުން މި ގައިދީންތަށް ފިލުމުގައި ޖަލުގެ އޮފިސަރުންތަށް ވަނީ އެހީވެފައެވެ.

ޖަލާ ބެހޭ އިދާރާއިން ބުނެފައި ވާގޮތުގައި ޖަލުގެ ގޭޓަށް ނުވަތަ ޖަލުގެ އިމާރާތަށް އެއްވެސް ގެއްލުމެއް ލިބިފައިވާކަން ފާހަގަކުރެވިފައިނުވާއިރު ގައިދީން ފިލާފައި ވަނީ ޖަލުގެ ގާޑާ ގުޅިގެން ކަމަށް ބެލެވޭ ކަމަށެވެ.

ޖަލު ފަޅާލުމަށް ފަހު ފިލި ގައިދީންގެ ތެރޭގައި މީހުން މެރުމުގެ ކުށުގަޔާއި ރޭޕް އަދި މަސްތުވާ ތަކެތީގެ މަައްސަލަތަކުގައި ހައްޔަރު ކުރި ގައިދީން ހިމެނެއެވެ.

އިންޑިއާގެ ފުލުހުން މިހާރު ދަނީ ފިލި ގައިދީން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. ފުލުހުން ބުނީ މި ކުށްވެރިންނަކީ ވަރަށް ނުރައްކާތެރި ކުއްވެރިންނަށް ވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތަށް އެޅުން މުހިންމު ކަމަށެވެ.

އިންޑިއާގެ ޖަލުތަކުން މީގެ ކުރިން ވެސް ވަނީ ގައިދީން ފިލައިފަ އެވެ. ދެހާސް ބާރަ ވަނަ އަހަރު ވެސް ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ޖަލަކުން ގައިދީއަކު މޫނު ބުރުގާ އަޅައިގެން ފިލައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު