ގައުމީ ޔުނިވާސިޓީގެ ކައުންސިލް އަލުން އެކުލަވާލުމަށް އެ ކައުންސިލަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ގައުމީ ޔުނިވާސިޓީން މިއަދު ކުރި އިއުލާނެއްގައި ވަނީ އަށް ދާއިރާއަކުން ކުރިމަތިލާން ހުޅުވާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތައުލީމު ދިނުމާއި އުނގެނުމާއި، ސިއްހަތު، ޝަރީއަތާއި ގާނޫނު، ވިޔަފާރީގެ ދާއިރާ އާއި ސައިންސްއާއި ތިމާވެއްޓާއި އާޓްސް އަދި ގައުމީ ސަލާމަތްތެރިކަމުގެ ދާއިރާއެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ، އެ ކައުންސިލްގެ މެމްބަރުކަަމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން މިމަހު 29 ގެ މެންދުރު 2:00 ގެ ކުރިން ސީޓީއާ ވަނަވަރު ހުށަހެޅުމަށެވެ.

ގައުމީ ޔުނިވާސިޓީގެ ގާނޫނަށް ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުގައި ވާގޮތުން އެ އިސްލާހަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އާ ކައުންސިލް އުފައްދަންޖެހޭނެއެވެ.