އިންޑިއާގައި ޕަންޖާބުގައި އުމުރުން 19 އަހަރުގެ ޒުވާން އަންހެނެއްގެ ބަނޑުން ބޮޑު އިސްތަށި ގުޅައެއް ނަގައިފިއެވެ.

އިއްޔެ މަހަވިރާ ސިވިލް ހޮސްޕިޓަލްގައި ކުރި އޮޕަރޭޝަނެއްގައި އޭނާގެ ބަނޑުން ނަގާފައި ވަނީ 22 ސެންޓިމީޓަރާއި، އަށް ސެންޓިމީޓަރު ހުރި އިސްތަށި ގުޅައެކެވެ. އޭނާއަކީ ވަރަށް މަދުން ނޫނީ ފެންނަ ސިއްހީ މައްސަލައެއްގެ ސަބަބުން އޭނާގެ އަމިއްލަ އިސްތަށި ކައި އުޅޭ އަންހެނެއް ކަމަށެވެ.

އެ ޒުވާނާގެ އޮޕަރޭޝަން ކުރިއަށްގެންދިޔަ ޑރ. މިލާން ބުނީ، އެ އަންހެން މީހާއަަށް ދިމާވެފައި ސައިކޮލޮޖީ މައްސަލައެއްގެ ސަބަބުން، އޭނާ އިސްތަށީގެ އިތުރުން، ޗަކަ އާއި ޗޯކުވެސް ކައި ކަމަށެވެ.

އަދި އެ އަންހެން މީހާގެ އޮޕަރޭޝަން ކުރުމަށް ވަރަށް އުނދަގޫވި ކަަން ފާހަގަކުރަމުން ޑރ. މިލާން ބުނީ، އެ ޒުވާނާގެ ބަރުދަންވެސް ވަރަށް ލުއި ކަމަށާއި، އެ ކުއްޖާއަކީ ކައި އުޅޭ ޒުވާނެއް ނޫން ކަމަށެެވެ.

ޑޮކްޓަރުން ބުނެފައިވާގޮތުގައި، މިހާރު އެ ޒުވާނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ. ނަމަވެސް، އޭނާއަށް އިތުރު ފަރުވާ ދޭން ޖެހިދާނެ ކަން ބެލެވޭ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

މީގެ ކުރިން ބައެއް މީހުންގެ ބަނޑުން ފައިސާ އާއި ގަހަނާ އަދި އެ ނޫނަސް ބައެއް ތަކެތި ވަނީ ނަގާފައެވެ. އިންޑިއާ އަކީ މިފަދަ ހާދިސާތައް އެންމެ ގިނަ އެއް ޤައުމެވެ.

ކިޔުންތެރިންގެ ހިޔާލު