ހެންވޭރުގައި ރޭ ކެމިކަލް ހުރި ގުދަނެއްގައި ރޯވެގެން ދިމާވި ހިތާމަވެރި ހާދިސާ އަކީ މުޅި މާލެ އެއްކޮށް އެލާޓަށް ގެނުވި ހިތާމަވެރި، ހިތްދަތި ހާދިސާ އެކެވެ. އެންމެ ގުދަނެއްގައި އެއްޗެއް ގޮވައިގެން ހިނގި އަލިފާނުގެ ހާދިސާ ގައި 10 ޢިމާރާތެއް ރޯވެ އަނދައިގެން ދިޔައެވެ. މި ނާޒުކު ދަނޑިވަޅުގައިވެސް ބައެއް ދިވެހިން މަގުމަތީގައި އާއި ސޯޝަލް މީޑިއާ ގައި އުޅުނީ ބިދޭސީންނަށް ބެވުމުގައެވެ. އެހިސާބުން އޭނާ އެވީ ސުޕަ ހީރޯ އަކަށެވެ.

ރާއްޖޭގެ ރައްޔިތުންގެ އެއްބައިވަންތަކަމާއި ހިތްހެޔޮކަން ގައުމުގެ ހިނގާ މި ފަދަ ކޮންމެ ހިތާމަވެރި ހާދިސާ އަކުން ފެނިގެން ދެއެވެ. އަޅުގަނޑުމެންގެ މި ގައުމަކީ ކުޑަ، ކުޑަ ގައުމެކެވެ. އަޅުގަނޑުމެން އެއްބައިވަންތަ ނުވެ ފަރުޖައްސާލައިގެން ނުވެސް ތިބެވޭނެއެވެ. އެހެންވެ، ދިވެހިންގެ ތަބީޢަތުގައިވެސް އެއްބައިވަންތަކަމުގެ ކުލުނު ހުންނަލެއް ވަރަށް ބޮޑެވެ. ހާދިސާ އެއް ހިނގުމުން މީހުން ސަލާމަތް ކުރުމަށާއި، ސަލާމަތީ ބާރުތަކަށް އެއްބާރުލުން ދިނުމާއި، އަދި ހާލުގައި ޖެހޭ ފަރާތްތަކަށް އަމިއްލަ އާއިލާ ގޮތަށް ދެކިގެން އެ ފޯރުކޮށްދޭ އެހީތެރިކަމުގެ އަތަކީ މުޅި ދުނިޔެއަށްވެސް ދެ ވަނަ އެއް ނެތް ފަދަ މިސާލެކެވެ.

ޤަބޫލުކުރަން ޖެހޭ ހަގީގަތަކީ މި ގައުމަށް ދިމާވާ ހިތާމަވެރި ހާދިސާ ތަކުން އަޅުގަނޑުމެން އާދައިގެ ރައްޔިތަކު ގައިގައި ހުރި ތަޖުރިބާގެ ތިން ގުނަ ހަތަރު ގުނަ އިތުރަށް މި ގައުމުގައި އުޅޭ ބިދޭސީންގެ އެ ތަޖުރިބާ ހުންނާނެ ކަމެވެ. އެ މީހުންގެ ގައުމު މާ ބޮޑެވެ. އެމީހުން ދިރިއުޅެ، ބޮޑުވީ މިކަހަލަ އެތައް ހިތްދަތި ހާދިސާ އެއް ތަޖުރިބާ ކޮށްގެންނެވެ. މި ގައުމުގައި އުޅޭ ބޭރު މީހުންގެ ތެރެއިން ވެސް ދިވެހިންނަށް އެންމެ ހިތްހެޔޮ ބައެއް ގޮތަށް ފެންނަން އޮތީ އެއްކަލަ ބަންގާޅިންނެވެ.

ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ރައްޔިތުން ވެސް ރޭ ހިނގި އަލިފާނުގެ ހާދިސާ ގައި ދިވެހިންނާ އެއް ހަމައެއްގައި ސަލާމަތީ ބާރުތަކަށް އެހީތެރިވުމަށް ހަރަކާތްތެރި ވަމުން ދިޔަތަން ރޭ އެ ސަރަހައްދުގައި އުޅުނު މީހެއް ވެއްޖެއްޔާ ފެންނާނެއެވެ. ފެން ހޮޅިން ފެން ޖެހުމަށް އެހީ ވުމުގެ އިތުރަށް މީހުން ސަލާމަތް ކުރުމަށް ޢަމަލީ ގޮތުން އެމީހުންގެ ތެރެއިން ބައެއް މީހުން ހަރަކާތްތެރިވެފައިވާ މަންޒަރު ފެނުނެވެ.

ރޭ އަލިފާނުގެ ހާދިސާ ހިނގައިގެން ހާލުގައި ޖެހުނު ބައެއް ދިވެހި އާއިލާ ތަކުގެ ފަރާތުންވެސް އެ މައުލޫމާތު ވަނީ ލިބިފައެވެ. ބިދޭސީން ފޯރުކޮށްދިން އެހީތެރިކަމުގެ ސަބަބުން އެ އާއިލާ ތަކުގެ ފަރާތުން އެމީހުންގެ ހުށިޔާރު ނިންމުންތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާ އެބަކުރެއެވެ.

ރޭގެ އަލިފާނުގެ ހާދިސާ ގައި އަލިފާން ނިއްވާ ފަރާތްތަކަށާއި އެމްބިއުލާންސް އަށް އުނދަގޫ ވާ ގޮތަށް ބިދޭސީން މަގަށް ޖަމާވެގެން ތިބީ ކަމަށްބުނެ އެތަނުގައި އެވަގުތު ނުވެސް ނެތް ބައެއް "ސުޕަ ހީރޯ" އިން ޓުވީޓު ކުރީމަ އެއީ މައްސަލައެކެވެ.

ކޮންމެ ކަމެއްގައިވެސް "ސުޕަ ހީރޯ" އަކަށް ވާން ބޭނުން މީހުން މަދެއް ނޫނެވެ. އެބައި މީހުން "ސުޕަ ހީރޯ" އެއް ކަމަށް ވަނީ ކޮށްލާ މޮޅު ޓްވީޓުތަކުންނެވެ. ގިނަ އަދަދެއްގެ ދިވެހިންނާއި ބިދޭސީން އެ ހިތާމަވެރި ހާދިސާގައި އެމީހަކަށް ވެވެން އޮތް ހުރިހާ އެހީއެއް ދިނުމަށް ތައްޔާރު ވެގެން އެ ސަރަހައްދު ގައި އެއްވެ ތިބި އިރު މި "ސުޕަ ހީރޯ" އިން ތިބީ މީސް މީޑިއާގައި ދައުރުވަމުން ދިޔަ ފޮޓޯތައް ނަގައި ޓްވިޓާގައި ޕޯސްޓުކޮށް "ސުޕަ ހީރޯ" ގެ މެޑަލް ޖެހުމުގައި އަވަދި ނެތިއެވެ.

އެއީ އަޅުގަނޑުމެންގެ ތެރެއިން ނުވިސްނޭ ބައެއް މަދު ދިވެހިންގެ ހުރި އުނި ސިފައެކެވެ. ތިމާ މީހާ ކިތަންމެ މަޝްހޫރު ވިއަސް އެކަހަލަ ދަށު ދަރަޖައަކަށް ހިތްދަތި ވަގުތެއްގައި ވެއްޓުމަކީ މުހިއްމު ކަމެއް ނޫނެވެ. އަޅުގަނޑުމެން އެދެނީ އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު އެންމެހާ ފަރާތްތަކަށް ވީ އެންމެ އަވަސް މުސްތަގްބަލެއްގައި ދާއިމީ ބޯހިޔާވަހިކަމެއް ލިބުމެވެ.

އެ ހާދިސާގައި ނިޔާވި އައިޝަތު ޝައުނާ އަށް މާތްﷲ ގެ ހެޔޮ ރަހުމަތުން ސުވަރުގޭގެ މަތިވެރި ނިޢުމަތް ލެއްވުން އެދި ދުޢާ ކުރަމެވެ. ދިވެހިރާއްޖެއަށް ރޭ ދިމާވި ފަދަ ހިތާމަވެރި ބޮޑެތި ހާދިސާތައް އެކަލާނގެ ރަހްމަތްފުޅުން އަޅުގަނޑުމެންގެ މައްޗަށް ނުލެއްވުން އެދި ދުއާ ދަންނަވަމެވެ. އަދި ދިވެހިންނަށް ހެޔޮ ވިސްނުން ދެއްވުން އެދި ދުޢާކުރަމެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޖަންނަ

    ބިދޭސީންނަށް ޝުކުރިއްޔާ !! ތިޔަައީ ވަރުގަދަ ފަހުލަވާނުން ތަކެއް ...ވަރަށް ހިއްވަރުގަދަ ??

    70
    3
  2. ޝަހީދު

    ވަރަށް ބޮޑަށް މިއަދު ދިވެހިން ވިސްނަންވެއްޖެއެވެ. ބިދޭސީންނަކީވެސް އަހަރެމެންފަދަ އިންސާނުންނެވެ. ޚާއްޞަކޮށް ބަނގުލަދޭޝް މީހުންނަކީ އަހަރެމެންނާ އެއް ދީނެއްގެ މީހުންކަން ދަންނަންވާނެއެވެ. ރޭގެ ހާދިސާގައި ބަންގާޅުންގެ ފަރާތުން ލިބުނު އެހީތެރިކަން އެތަނަށް ގޮސްތިބި ދިވެހިންނަށްވުރެ ބޮޑަށް ލިބުނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަސްލީ ތަފާތުކުރުން ދޫކޮށްލަމާތޯއެވެ.

    26
    2
  3. ދިވެހިން

    ކުޑަ އިއްބެއަށް ވަރަށް ސަލާމް

    11
  4. ގޯލްފޭސް

    މިފަދަ ހާދިސާތައް ހިގާ އިނީޝިއަލް ސްޓޭޖްގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާކަން ފާހަގަ ކުރެވޭ. މިކަން ރަގަޅު ކުރުމުގެ އެންމެ ބޮޑު ބާރެއް ދެވޭނެ ބަޔަކަށް ތިބީ ސިފައިންނާ ފުލުހުން. އެހެން ގޮތަކަށް ބުނާނަމަ މުޅިގައުމުގެ ސަލާމަތީ ބާރުތައް. މިދެތަނަށް ބަލާއިރު މީ ދައުލަތުން އެންމެ ބޮޑު ހޭދައެއް ކޮށްގެން އެންމެ ބޮޑު ރިސޯސްއެއް ދީގެން 24/7 ހިދުމަތުގައި ތިބި ބައެއްގެ ގޮތުގައި ތިބެނީ. ނަމަވެސް ހިތާމައަކީ މިފަދަ ދަނޑިވަޅު ތަކުގައި ރަގަޅު ރޭވުންތެރި ކަމަކާއި މިތަންތަން ވޯކް ކުރާ ތަނެއް ނުފެނޭ. މިކަހަލަ ހާދިސާތައް ހިގުމުން އެންމެ އަވަހަށް ކުއްލި ހާލަތައް ގެނެސް އޮފް ޑިއުޓީ ތަކުގައި އުޅޭ މީހުން ވެސް ރޭވުންތެރިކަމާއި އެކު ބަހާލެވި އާދައިގެ ހެދުމުގައި ނަމަވެސް ކާޑު ޖަހާގެން ހަރަކާތް ތެރިވާން ފަށާފިނަމަ ކްރައުޑް ކޮންޓްރޯލް ކުރެވި އަވަހަށް ރިއެކްޓް ކުރެވި ނަތީޖާއަށް ވާސިލްވުން ކައިރިކޮށްދޭނެ. މަގުމަތީ ހުންނަ ސައިކަލްތައް ނުނެގި ފަޔަރު ވެހިކަލަށް މަގަށް ނުވަދެވުން ކަހަލަ ކަންކަން މިހިގަނީ މިފަދަ ގޮތަކަށް ހަރަކާތްތެރި ނުވެވޭތީ. ބަންގްލަދޭޝް މީހުންނަކީ ސަލާމަތީ ބާރުގެ ރިޒާވް ފޯސް ކަމަށް މިހާދިސާއިން ސިފަވެގެން ދިޔަ. މީގެ ބަދަލުގައި ސަލާމަތީ ބާރުތަކަށް އާއްމުންގެ އިތުބާރު ލިބޭނީ ވެސް މިފަދަ ގޮތަކަށް ހަރަކާތްތެރިވާން ފަށާގެންކަން ޔަޤީން

    7
    2
  5. ޓްވިޓް

    ޓްވިޓް ކުރުމާއި މަސްތުވާތަކެތި ބޮއިގެން އުޅޭ މީހުން ބޭރުކޮށްފައި ބިދޭސީން މިގައުމުގައި ބޭތިއްބުން މާރަނގަޅު.

    18
    3
  6. މަލިކާ

    ވަރަޢްވާހަކަ

    5
    2
  7. ނާނާ

    ތިކަން ކުރާނީ އެގުދަން ބަލަހަ އްޓަން ތިބި ތިމީހުންކަމަށް

    2
    5
  8. ލޯބިވާ ވަޠަން

    ގޯލްފޭސް. ޢޮގަނައިޒޭ ، އަވަސް ރިއެކްޝަނޭ، ސިޗުއޭޝަން އެނަލައިޒޭ ކިޔައިގެން ވ.މޮޅު ވާހަކަ ލިޔެވިދާނެ. ކިތަންމެ މޮޅު ޕްލޭނަކާއި ޕްރޮސީޖަރތަކެއް ހުއްޓަސް ކާރިސާގެ ވަގުތުގައި އެއާއި އެއްގޮތަށް ދާނީ ބައިކުޅަ ބައި. ވ. ޥެދުން

  9. މަ

    މަވެސް ވެތްޖެ ބަންގާޅިޔަކު ގެންގުޅެން

    2
    2
  10. އަޅުގަނޑު

    ޔާﷲ އާމީން