މިއަދު ވެސް ރާއްޖޭގެ ދެކުނާއި މެދެތެރޭގެ ބައެއް ސަރަހައްދުތަކަށް މޫސުމް ގޯސްވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެސް ލަފާ ކުރެވޭ ކަމަށެވެ.

ވައިޖޭނީ ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން، އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން، ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން ވިދާޅުވިއެވެ. ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށެވެ.

އެހެން ނަމަވެސް ދަތުރު ފަތުރު ކުރައްވާ ބޭފުޅުން ދަތުރަށް ފުރުމުގެ ކުރިން ސަލާމަތީ ފިޔަވަޅުތައް ހަމަތޯ ބައްލަވާ ޔަގީންކުރެއްވުމަށް އެއިދާރާއިން އިލްތިމާސްކުރައްވާފައި ވެއެވެ.

އަދި މޫސުމް ގޯސްވާނޭ ކަމަށް ލަފާކުރެވޭ ސަރަހައްދުތަކުގެ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން ވަނީ އެދިފައެވެ.