މެގަ ފޯން ހަރުކޮށްގެން މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އާއި ދެކޮޅަށް ފިޔަވަޅު އަޅަން ގޮވާލަމުން ދިޔަ ޕިކަޕެއް ފުލުހުން ހުއްޓުވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މި ޕިކަޕް ދިޔައީ މާލޭގެ މަގުތަކުގައި މޯލްޑިވްސް ޑިމޮކްރެޓިކް ނެޓްވޯކް އާއި ދެކޮޅަށް އަޑު އުފުލައި ޝުއޫރު ފާޅުކުރަމުންނެވެ. މި ޕިކަޕް ހުއްޓުވާފައިވަނީ މިއަދު ހަވީރު 17:29 އާހާކަންހާއިރު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މާލޭގައި އެމްޑީއެންއާ ދެކޮޅަށް އަޑު އުފުލަމުން ދިޔަ ޕިކަޕް މިހާރު ވަނީ ފުލުހުންގެ ޓޯޔާޑަށް ގެންގޮސްފައެވެ. މިކަމާ ގުޅިގެން ފުލުހުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ފުލުހުން މިއަދު ހަވީރު މި ޕިކަޕް ހިފައްޓާފައިވާއިރު ރާއްޖެ އެކި ހިސާބުތަކުގެ މީހުން އަންނަނީ އެމްޑީއެން އުވާލުމަށް ސަރުކާރަށް ގޮވާލަމުންނެވެ. އެހެން ނަމަވެސް ސަރުކާރުން ވަނީ އެމްޑީއެން އުވާނުލާ އެ ޖަމިއްޔާ ސަސްޕެންޑް ކޮށްފައެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ބައެއް މެމްބަރުން ވަނީ ރާއްޖޭގައި ހުރިހާ ރަށެއްގައި އެކަމާއި ގުޅިގެން އިއުތިޖާޖު ކުރުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ާަާމަ

    ވަރަށްތާހިރޭނޫން. އިސްލާމް ވެރިކަމެކޭ މިއީ ބުނެވޭވަރުވޭތަ؟.

    46
  2. ކީކޭދޯ

    ހުރިހާ ޕިކަޕެ އެއްފަހަރާ ނެރެބަލަ ޓޯޔާާޑަށް ވެއްދޯތޯބަން..

    48
  3. ކާފަ

    ފުލުހުންނާއި ސިފައިންގެ ތެރޭގއި ގިނވާނި އިސްލާމްދީނަށްލޯބިކުރާމީހުން. ޣަބޫލުކުރަނީ އެތަނުން މުޖާހިދުންތަކެއް ﷲސވ ނެރުއްވާ އިސްލާމްދީނުގެ ހައްޤުގައި މަސައްކަތް ކުރަން ފަށާނެކަމަށް.

    38
  4. ނަމަ

    މިވާގޮތެއް އަދި ކަމަކުނުދޭނު

    24
  5. މަރްޔަމް

    މުންކަރާތް ފެތުރެމުން ދާހިދު ހުއްޓުވެން އޮތްގޮތަކަށް ހުޓުވަންޖެހޭ. ޢަތުން ހުއްޓުވުމުގެ ކުޅަދާނަކަން ލިބިގެންވާމީހާ އަތުން އަދި އެވަރުނުކުރެވޭނަަމަ ދުލުން އެހާވަރުކުރުމުގެ ކުޅަދާނަކަންނެތްނަމަ ހިތުން އެކަމަށް ނުރުހުން ފާޅުކުރަންޖެހޭ. ނޫންނަމަ އެންމެނަށް އާއްމުވެގެންވާ ކޯފާއެއްއަތުވެދާނެކަމަށްޓަކާ ބިރުވެތި ވާންޖެހެ. އަހަރުމެން ބިރުވެތިވާން ޖެހޭނީ ހަމައެކަނި ﷲ ތަޢާލާ ދެކެ.

  6. މޮހަދު

    މިފެއްނާނީ އެބުނާ އަސްލު އެޖެންޑާ 19 ޖަޒީރާ ރާއްޖެއް

    31
  7. ހުޅުރާއްޖެ

    ކީއްވެ އެޖަމާޢަތް އުވާލަން ނުގޮވެންވީ. މިގޮވަނީ ބަޔަކު މީހުންނަށް ގެއްލުމެއް އަނިޔާއެއް ދޭ ވާހަކައެއް ނޫން. ޖަމާޢަތް ރަޖިސްޓަރީ ކޮށްދީފައި އޮންނާނީ ދީނާ ޚިލާފު ވާހަކަ ނުދައްކަން. ދީނާ ޚިލާފު ވާހަކަ ދެއްކީމާ އުވާލަން ގޮވޭނެ. އެއީ މަނާ ކަމެއް ނޫން.

  8. ޜަނާ

    ޢެމްޑިއެން އުވާލަން ލިޔުން ތަކެއް އެޅިމީހާ ޓެ ރަ ރިޒަމް މަނާކު ރާ ގާނޫނުގެ ދަށުން ފު ރަތަމަ ހައްޔަރ ރުރކޮށްފިކަމަށް ވަނީ

  9. އެންދެރި

    ދީނައް ފުރައްސާރަ ކުރުމުގެ ހުކުމް ދިވެހި ހުރިހާ ރައްޔިތުންނަށް އެނގެން ޖެހެއެވެ .