ދަރީންނަކީ މައިންބަފައިންގެ ދެލޮލުގެ ނޫރެވެ. އެ ދަރިންނަށްޓަކައި ޖާނާއި މާލުން ޤުރުބާން ވާން މައިންބަފައިން ޖެހިލުންނުވާނެއެވެ. ދަރިން ހެޔޮހާލުގައި ސިއްޚަތު ރަނގަޅު ކުއްޖެއްގެ ގޮތުންގައި ހެދި ބޮޑުވާން ކޮންމެ މަންމައަކާއި ބައްޕައަކުވެސް ބޭނުންވާނެއެވެ. ނަމަވެސް މިފަހަރު މި ދިމާވީ ވަރށް ހިތާމަވެރި ގޮތެކެވެ. ހަޔާތުގައިވެސް ލިބުނު ހަމައެކަނި ދެ ދަރިންނަކީ މިއަދު މަރުގެ ތުންފަތް މަތީގައި ތިބި ބަލި ކުދިންނެވެ. ދުވަހަކަށްފަހު ދުވަހެއް ފާއިތުވެގެންދަނީ އެ ދަރިންނަށް ޝިފާއެއް ދެއްވުން އެދި ދުއާ ކުރުމުގައެވެ. މަރިޔަމް އަވްލީން ވަހީދާ އާއި މުހައްމަދު އިޝާންގެ ދެލޮލުގެ ދެ ނޫރު ކަމަށްވާ ލުހްޔާ މުހައްމަދު އިޝާން އާއި ޔޫސުފް ލޫކް މުހައްމަދު އިޝާންއަކީ ނުކުޅެދުންތެރިކަން ހުންނަ ދެކުދިންނެވެ. ލުހްޔާއަކީ…