އޭޑީކޭއިން ދޭ ސްކޮލާޝިޕްގެ ދަށުން ސްޕެޝަލައިޒްވި ތިން ޑޮކްޓަރަކު އެ ހޮސްޕިޓަލާ ގުޅި ހިދުމަތްދޭން ފެށުމަށް ތައްްޔާރުވެފައިވާ ކަަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އޭޑީކޭއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އެ ހޮސްޕިޓަލުގެ ސްކޮލާޝިޕުން ތައުލީމްހާސިލް ކޮށްފައި ވަނީ ޖެނެރަލް ސާޖަރީގެ ހާއްސަ ޑޮކްޓަރ، ޑރ. މައުރޫފް ވަސީމް އާއި، އޮބްސްޓްރެކްޓިސް އެންޑް ގައިނެކޮލޮޖީގެ ހާއްސަ ޑޮކްޓަރ، ޑރ. ޒާހިޔާ އަބްދުލް ބާރީ އާއި، އީއެންޓީ އެންޑް އެޗްއެންއެސް ގެ ހާއްސަ ޑޮކްޓަރު، ޑރ. މައުރޫފާ އަބްދުލް ލަތީފް ކަމަށެވެ.

އޭޑީކޭ އިން ބުނީ ޑރ. މައުލޫފް މިހާރު ބަލި މީހުން ބައްލަވަން ފައްޓަވާފައިވާ ކަމަށާއި އަދި ބާކީ ތިއްބެވި ދެ ޑޮކްޓަރުންވެސް ވަރަށް އަވަހަށް ވަޒީފާއާ ގުޅި އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަން ފަށާނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހުމަދު

    ވަރަށްވަރަށް މަރުހަބާ 3 ޑޮކްޓަރުންނަށް

    26
  2. ނަފިނެސް

    ތިޔަދިވެހި ދަރިންނާމެދު ޤައުމު ފަޙްރުވެރިވޭ! ތެދުވެރިކަމާ އިޙްލާސްތެރިކަމާއެކު ހަމަހަމަކަމާއެކު މަސައްކަތްކުރައްވާ އިތުރަށް ކުރިއެރުން ދެއްވާށި "އާމީން"

  3. ފާތުން

    ޑޮކްޓަރ މައުރޫފާ އަށް މަރުހަބާ.

  4. ޖާޒީރާ ބޯއީ

    މިހާދުވަސްވީއިރު އޭޑީކޭއިން 3 ދަރިވަރުން ނެރެވުނީ ލަދުވެތި. ދައުލަތަށް ކުޑައަގެއް ދައްކައިގެން ހިންގާ މިތަން ވަނީ ދުނިޔޭގެ ނިސްބަތުން އެންމެ ބޮޑުފައިދާއެއް ލިބޭ ހޮސްޕިޓަލަށްވެފައި. މިއަށްވުރެ މާރަގަޅުތާ ޔުނިވާސަލް އެތަނުން އަހަރަކު އެތަށް ކުދިންނަކަށް ސްކޮލަޝިޕް ދިނުމާއި މިހާރުވެސް އައިޖީއެމްއެޗްގައި ގިނައީ އެތަނުގެ ދަރިވަރުން.