ކާމިޔާބު ތެލުގޫ ފިލްމު "ޖާޒީ" ރީމޭކެއް ހަދާނެ ކަމަށް ޝާހިދު ކަޕޫރު ބުނެފި އެވެ.

އެ ފިލްމުގެ ހިންދީ ވާޝަނެއް ހަދާނެކަމަށާއި އެ ފިލްމު ޑައިރެކްޓް ކުރާނީވެސް އަސްލު ފިލްމު ޑައިރެކްޓްކުރި ގޯތަމް ކަމަށްވެސް ޝާހިދު ކަޕޫރު ބުނެފައިވެއެވެ. ފިލްމު ޑައިރެކްޓަރު ގޯތަމް ބުނީ ޝާހިދު ކަޕޫރާ އެއްކޮށް މަސައްކަތްކުރަން ލިބުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ފިލްމަށް ވަރަށް ބޮޑަށް އުންމީދުކުރާ ކަމަށްވެސް ގޯތަމް ބުނެއެވެ.

ޝާހިދު ކަޕޫރު ބުނީ މި ފިލްމު ތަފާތު ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށާއި ގޯތަމް ގެ އުންމީދު ފުރިހަމަ ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްވެސް ކުރަން ތައްޔާރަށް ހުރިކަމަށްވެސް ޝާހިދު ކަޕޫރު ބުނެފައިވެއެވެ.

ފިލްމު ޑައިރެކްޓަރު ގޯތަމް ބުނީ "މި ފިލްމުގެ ހިންދީ ރީމޭކަށް ޝާހިދު ނޫން ބަތަލެއް ފިޓެއް ނުވޭ. އަދި އޭނާ އެއީ މި ފިލްމަށް އެންމެ އެކަށީގެންވާ މީހާ، ޝާހިދު ކަޕޫރަކީ ހިންދީ ސިނަމާ އެއްކޮށް ޖާދޫގައި ޖައްސާލެވޭނެ ކުޅަދާނަ ބަތަލެއް،" ކަމަށެވެ.

މިފިލްމު ގެ މަސައްކަތް ފަށާނެ ކަމައް ބުނިއިރު މި ފިލްމުގެ ހުރިހާ މަސައްކަތެއް ނިންމާފައި އަޅުވާ ތާރީހުވަނީ އިއުލާން ކޮށްފައެވެ. މި ފިލްމު އަޅުވަނީ އަންނަ އަހަރު އޮގަސްޓް މަހުގެ 28 ވަނަ ދުވަހު އެވެ. ޖާޒީ އަކީ ކްރިކެޓް ކުޅުންތެރިއެއްގެ ވާހަކަ ކިޔައިދޭ ފިލްމެއް ކަމަށް ޝާޙިދު ކަޕޫރު ބުނެއެވެ.