ތައިލެންޑުގެ ޝޮޕިން މޯލެއްގައި ބަޑީގެ ހަމަލާތަކެއް ދީ ތިން މީހަކު މަރާލައިފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކާ 100 މޭލު ދުރުގައި އޮންނަ ލޮބްފޫރީގެ ރޮބިންސަންސް ސްޓޯރުގައެވެ. އެހާދިސާގައި މަރުވެފައިވަނީ އެ މޯލުގެ ސެކިއުރިޓީ ގާޑަކާއި އެ މޯލުގެ ރަން ވިއްކާ ސްޓޯރުގައި ހުރި އަންހެން މުވައްޒަފެއްގެ އިތުރުން ދެ އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ.

ބޭރު މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެހަމަލާ ދިނީ ފިރިހެނެކެވެ. އަދި އޭނާ ހަމަލާ ދިނީ އެ މޯލުގައި ހުރި ރަން ވިއްކާ ފިހާރައަކުން އަގު ހުރި ތަކެތި ފޭރިގެން ފިލަން އުޅުމުގެ ތެރޭގައި ކަމަސްވެސް މައުލޫމާތު ލިބެއެވެ.

މިހާދިސާގައި ތިން މީހުން މަރުވެފައިވާއިރު ފަސް މީހެއްގެ ގަޔަށް ވަނީ ވަޒަން އަރައި ޒަޚަމު ވެފައެވެ. އޭގެ ތެރޭގައި އެވަގުތު އެ މޯލުގައި ހުރި ފަތުރުވެރިއަކުވެސް ހިމެނެއެވެ.