ސަރުކާރުގެ ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންގެ މުސާރައިން 32 އިންސައްތަ ކުޑަ ކުރަން ނިންމައިފިއެވެ.

އެކަން ހާމަކޮށްފައި ވަނީ ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އަބްދުﷲ އަމީރު ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުސާރަތައް ކުރިން 20 އިންސައްތަ ކުޑަ ކުރަން ނިންމި ކަމަށެވެ. އެހެން ނަމަވެސް މިހާރު އަނެއްކާ އެ މުރާޖާކޮށް ނިންމާފައި ވާނީ މެނޭޖިންގ ޑިރެކްޓަރުންނާއި، ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރުންގެ ބޭސިކް މުސާރައިން 22 އިންސައްތަ ކެނޑުމަށް ކަމަށެވެ.

"22 އިންސައްތަ ކަނޑާފައި އޭގެ އިތުރުން މިހާރު ބޯޑު އެލަވެންސްގެ ގޮތުގައި މެނޭޖިންގ ޑިރެކްޓަރުންނަށް އަދި ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރުންގެ ތެރެއިންވެސް އެއްބައި ބޭފުޅުން ބޯޑުގައި ތިއްބަވާ، އަދި ބޯޑުގައި ތިއްބަވާ ދެ ބޭފުޅުންނަށް ބޯޑު އެލަވެންސްގެ ގޮތުގައި ލިބޭ 11500 ރުފިޔާ، އަޅުގަނޑުމެން ބޯޑު އެލަވެންސް ވާނީ ކަނޑާލާފައި، އެހެންވީމަ ޖުމްލަކޮށް، އެމްޑީންނާއި ޑީއެމްޑީންގެ މުސާރައިން 32 އިންސައްތަ ކެނޑިގެން ދާނެ". އަމީރު ވިދާޅުވިއެެވެ.

އަމީރު ވިދާޅުވީ ފިނޭންސް އިން އެކަމާއި [މުސާރަ ކުޑަ ކުރުމާއި] ގުޅޭ ސާކިއުލާއެއް މިއަދު ނެރޭނެ ކަމަށެވެ.

މުވައްޒަފުންގެ މުސާރަތައް ކުޑަ ކުރުމަށް ސަރުކާރުން ނިންމާފައި މިވަނީ ކޮވިޑް-19 ގެ ސަބަބުން ދައުލަތަށް ލިބެމުން އަންނަ އާމްދަނީ ބޮޑުތަނުން ދަށަށް ދާތީއެވެ.

ރާއްޖެއިން މިހާތަނަށް 618 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މޯޑު

    ތިގޮތް ކަމަކު ނުދޭ. މިލިޔަނުން ފައިދާވާ ރިސޯޓުތަކުން ނޯޕޭއަށް މީހުން ފޮނުވާލީ. މިދައުލަތަށް ފައިސާ ލިބޭނެ ގޮތް ނެތްއިރު ޓޭކް ހޯމް ސެލަރީ ނުވަތަ ގެއަށް ގެންދެވޭ މުސާރައިން އުނިކުރަން ނުކެރެނީ ކީއްވެތޯ؟ ނިކަމެތިން ދައްކާ ޖީއެސްޓީ ފައިސާ ކޮޅު ކާލަންތޯ؟

    • ޙައްގުބަސް

      މިއީ ދިވެހި ރައްޔިތުން ފެށުނީއްސުރަ ދައްކަމުން މިގެންދާ ވާހަކައަކީ! މިރާއްޖެ އަނދަވަޅަށް ވެއްޓެން ފަށަައިފި މިސަރުކާރު ޙަވާލުވިފަހުން!! ޔާމީން ވެރިމުން ފައިބައިގެން ދިޔައީ ރާއްޖޭގެ ޕޮރިން ރިޒާވްގައި 857 މިލިއަން ޑޮލަރު ބަހައްޓާފައި!! އަދި ކުއްލިއަކަށް ދިވާވާ ޙާލަތުގައި ބޭނުންކުރުމަށް ކަނޑައަޅާފައިވާ ފަންޑުގައި 300 މިލިއަން ޑޮލަރު ހުރި!! މިސަރުކާރުން ކުރިހާވެސް ކަމަކީ ބޮޑެތި އަދަދުން ބަޖެޓް ޖަހައިގެން ކޮންމެ އަހަރަކު ހަޒާނާގައި ހުރި ދައުލަތުގެ ރިޒާވް ތަޅާ ހުސްކުރުން!! މިހާރު މިދެންނެވި ރިޒާން 459 މިލިއަން ޑޮލަރަށް ތިރިވެއްޖެކަމަށްވަނީ! ދައުލަތަށް ރައްޔިތުން ދައްކާ ޓެކްސް ފައިސާ އާއި ރިޒާވްގައި ހުރި ފައިސާ ބޭކާރު ގޮތުގަައި ތަޅާ ހުސްކޮށްފި!! ބަދަލުގެ ގޮތުގައި މިމީހުންނާ ގުޅުންހުރި ކުންފުނިތަކަށާ ރައްޓެހިންނަށް 2 ބިލިޔަން ރުފިޔާ ބަހާ ހުސްކޮށްފި!! ކޮވިޑް ކަންތައް ދިމާވީ މިރާއްޖެ މިއަނދަ ވަޅަށް ވެއްޓި ވެއްޓި އޮތްވާ!! ކޮވިޑް ކަންތަކާ ގުޅޭ އެކި ކަންކަމަށް 600 މިލިޔަން ރުފިޔާ ދެމަސްތެރޭ ޚަރަދުކޮށްފި ކަމަށް މިނާގާބިލް މިނިސްޓަރު އަރާ ބުނި އަޑު އެހިން! ދެން މުވައްޒަފުން އެންމެ ރިސްކުގައި އުޅެންޖެހުނު ވަގުތު ކަނޑާ ބިމާ ހަމަކޮށްލީ މުވައްޒަފުންގެ މުސާރަ!! މިހެން ނަހަދާ ވީސް ފާއިތުވެދިޔަ ދޮޅު އަހަރު ދުވަހު ރާއްޖޭގެ ކަންކަން ހަރުދަނާކޮށް މާލީގޮތުން ތަނަވަސްކުރަން އުޅުނުނަމަ! އޭގެ ބަދަލުގައި މިކުރިކަމަކީ ވައްކަމާއި ކޮރަޕްޝަން ޒީރޯ ޓޮލަރެންސްގައި ގަދަޔަށް ހިންގީ!! ސަރުކާރު ހިންގަން ނޭގި ނާގާބިލްވީމަ އަދިވެސް ގިނަ ކަންކަންދާނީ މިހެން!! މިހާ މަތިބަރު މަރުމޯލުން ގިނަ ސަރުކާރެއް އަޅެ މީގެ ކުރިން މިގައުމުން ދުށިންތަ؟ ރައްޔިތުން އަދިވެސް ތިބޭނީ މަޑުން؟

    • ޔޔޔ

      ސަރުކާރު މުވައްޒަފުންނާ މުޅި ދައުލަތުގެ މުވައްޒަފުންގެ މުސާރައިންވެސް މި ޕަސެންޓް ކަނޑަށް ޖެހޭނެ. އިންސާފާ ހަމަހަމަކަން މި ބިރުވެރިކަމުގެ ތެރޭގައުވެސް ނުފެނޭ. އަނިޔާވެރިކަމާ ޖައްބާރުކަން ސަރުކާރުން ދައްކަމުން ދަނީ. ގައުމުގެ ހަލާކެއް ކަމުގައި ސަރުކާރުގެ މިނުބައި އަމަލު ނުލައްވާ ދޭނވެ. އާމީން.

  2. ޙަމްމާދުބެ

    ގަޔަށްވުރެ ބޮޑުހެދުން ތުރުކުރައްވައިގެން ގިރުވާނުކޮޅަށް ޖައްސަވައިގެން ތިއްބެވި ފަރާތްތަށް ގަޔާއެއްވަރަށް ކުޑަކުރަންޖެހޭ! ޢެހެދުން ކަޑުއްވައިދެއްވީ ގާސިމްއިބްރާހިމް މާލިއްޔާގެ ވަޒީރުކަމުގައި!މިކަހަލަ ދުވަހެއްއަންނާނެ ކަމަށް ކުޑަކޮށްވެސް ނުވިސްނަވާ!

  3. އެންދެރި

    އެމީހުން ގެ ބޮޑީ އެލަވަންސް ތަކެވެ.

  4. ޜައްޔިތުމީހާ

    ކޮންމެހެނ

  5. ރައްޔިތުމީހާ

    ކޮންމެހެން ހިންގަން ނުޖެހޭ ކުންފުނިތައް އުވާލަން ވެއްޖެ ނޫންތޯ؟ އެއްވެސް ބޭނުމެއްނުހިފޭ އެތައް ކުންފުންޏެއް ސަރުކާރުންވަނީ އުފައްދާފައި!

  6. ކުދުވާނޑި މުހުންމާ

    މިވަގުތަށް އެންމެ ފުރަތަމަ ރައީސުލް ޖުމްހޫރިއްޔާގެ މުސާރަ 25،000 އަށް ހަދާ، އެމަނިކުފާނާއި އެމަނިކުފާނުގެ އާއިލާގެ ހަރަދު ބަލަހައްޓަނީ ބައިތުލްމާލުން. އެހެންކަމުން އެމަނިކުފާނު ޖީބަށް 25،000 ރުފިޔާ އެންމެ ލޯލާރިއެއްވެސް މަދުނުވެ ވަންނާނެ.
    މަޖިލިސް މެމްބަރުންނާއި، ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ހުޅުމާލޭގައި ނިމިފައި ހުރި ފްލެޓްތަކުން ފެލްޓް ހަމަޖައްސަންވީ. އެއީ އެމީހުންގެ މަގާމުގެ މުއްދަތު ހަމަވަންދެން، މަގާމުން ވަކިވީމައި އެތަނަކީ ސަރުކާރުގެ ތަނެއް، ކޮންމެ ބޭފުޅަކަށްވެސް ތަން ހަވާލުކުރާއިރު އިންވެންޓްރީނެގި އަދި އެބޭފުޅަކުގެ މަގާމު ގެއްލޭއިރަކުން އެތަނުންނިކުންނަންޖެހޭއިރު އެއްކަލަ އިންވެންޓްރީ އިން މަދުވާ އެއްޗަކަށް އެބޭފުޅަކު ޒިންމާވާންޖެހޭނެ.
    މިހެން ހެދީމައި ސަރުކާރުން މިދޭންޖެހޭ މާސިންގާ ލިވިންގ އެލަވަންސަށް ލުއިވާނެ. އަދި ވަޒީރުންނާއި މަޖިލިސްމެމްބަރުންނަށް ވެސް ހަނދާންވާނެ ތިމާމެން މިތިބީ ބައެއްގެ ވަޒީފާގައި ކަން.
    މަގާމު ގެއްލުނީމައި "އީސަ" އާއި "ރައީސް ނަޝީދު" އެބުނާހެން ކޮންމެ މީހަކުވެސް އެމީހެއްގެ ރަށަށްގޮސް ހަލާލު ތާހިރު ދިރިއުޅުމެއް އުޅޭނީ.
    މިހާރު ކަންއޮންނަގޮތުން އެމީހުންނަށް މަގާމު ލިބުނީމައި ހީވަނީ ތިމާމެން މިތިބީ ތިމާމެންގެ އަމާ ބަފާގެ ފަރާތުން ލިބުނު ވާރުތަ މުދަލެއްގެ މަތީގައި ހެން.

    • Anonymous

      ވަރަށްވރަނަގަޅު ވާހަކައެއް. އެކަމަކު އިބިލީހެއް ވެރިކަމުގައިހުރީ. އިލްމެއް ހިލްމެއްނެތް. އެކަމަކު ބޯހަރުކަމުން ގޮތްދޫ ނުކުރޭ. މި ކަލޭގެ ގުޑާލަނީ މޯދީ އަންގާ އެންގުންތަކަށް އެކަނި.

  7. އަންނިގެ އާއިލާ

    އަދި ކުޑަ، މުސާރަތައް މިހާރުން މިހާރަށް ކަނޑާލަންވީ އެއްކޮށް. ރާއީސުންނާއި މަޖުލިސްމެންބަރުން ގެ މުސާރަ އަދި ސިޔާސީ މީހުންގެ މުސާރަ އެކަނި ލިބޭގޮތައް ހަދަންވީ

  8. މާމީ

    މަޖިލިސް މެމްބަރުން ނުހިމެނޭ މުސާރަ ކުޑަކުރާ ލިސްޓުގަ.

  9. ފަގީރު ކޮއި

    ފުރަތަމަ މަޖިލިހުނ ފައްޓަން ވީނޫން ތޯ!