އިނގިރޭސިވިލާތައް މިދިޔަ ހޮނިހިރު ދުވަހު ކުރި ވިއްސާރައިގައި 24 ގަޑިއިރުު ތެރޭ 60,000 ފަހަރު ގުގުރައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 24 ގަނޑިއިރު ތެރޭ 60,000 ފަހަރު ގުގުރަފައި ވާއިރު މީސް މީޑީއާގައި ފޮޓޯ އާންމު ކުރުމަށް މީހުން ދިޔައީި ވިދާ މަންޒަރުގެ ފޮޓޯ ނަގަމުންނެވެ.

ގިނަ ބަޔަކު ބުނީ ދުވަހަކުވެސް މިފަދަ ގޮތަކަށް ގުގުރި ތަނެއް ނުދެކޭ ކަމަށެވެ. މިއީ ޚިޔާލަށް ނުގެނެވޭ ވަރުގެ ރީތި މަންޒަރެއް ކަމަށް އެ ފަރާތަކުން ބުނެއެވެ.

https://twitter.com/ConflictFiles/status/1001540552771493893?ref_src=twcamp%5Ecopy%7Ctwsrc%5Eandroid%7Ctwgr%5Ecopy%7Ctwcon%5E7090%7Ctwterm%5E3

މީގެ އިތުރުން މިދިޔަ އާދީއްތަ ދުވަހު ކުރި ވިއްސާރައިގައި ގެއެއްގެ ފުރާޅަށް ހޮނުއަޅާ ވަނީ ވަރަށް ބޮޑަށް އަލިފާން ހިފާފައެވެ. އަދި ބޯކޮށް ވެހުނު ވާރޭއިން ގައުމުގެ ބޮޑުބައި ގައި ފެންބޮޑުވިއެވެ. އިނގިރޭސިވިލާތުގެ މީޓްރޮލޮޖިކަލް ސަރވިސްއިން ވަނީ ފެންބޮޑުވުމާއި ގުޅިގެން ޔެލޯ އެލާޓްވެސް ނެރެފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ކުރާ ވިއްސާރައިގައި އިތުރަށް ގުގުރާ، ވާރޭ ބޯކޮށް ވެހޭނެ ކަމަށް މީޓިއިރޮލޮޖިކަލް ސާވިސްއިން ބުނެއެވެ.

ވިއްސާރައާ ގުޅިގެން ކަރަންޓު ޚިދުމަތް މެދުކެނޑިދާނެ ކަމުގެ އިންޒާރު ދީފައިވާއިރު ފްލައިޓްތައް ވެސް ކެންސަލް ކުރިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ބަހާއި ރޭލުގެ ޚިދުމަތްތަައް ވެސް ކެންސަލް ވެދާނެ ކަމަށް، ކަމާއި ބެހޭ ފަރާތް ތަކުންވަނީ ބުނެފައެވެ.