އަވީގައި ގިނަވަގުތު ހޭދަކުރުމުން މޫނުގެ ހަންގަނޑަށް އެޅޭ އިރުގެ ގާމާ ދޯދީގެ ސަބަބުން ގެެއްލުންތައް ވެއެވެ. ގިނަ ވަގުތު އަވީގައި އުޅޭނަމަ މޫނުމަތިން އަނދާ ކަޅުވެ ލަށްޖެހުމަށް މެދުވެރި އެވެ. އަދި މޫނުމަތީގައި ކުދި ރޫޖެހި މީހާ މޫނުމަތީގެ ހަނގަނޑު ދޫވެ މުސްކުޅި ފާޑުޖަހަން ފަށަ އެވެ. އިރުގެ ޔޫވީރޭސް ނުވަތަ ގާމާ ދޯދީގެ ސަބަބުން ކޮންމެ މީހެއްގެ މޫނަށްވެސް މި ގެއްލުންތައް ވާނެ އެވެ.

އިރުގެ އަލިން ހަށިގަނޑަށް ބޭނުންވާ ވިޓަމިން ޑީ ފޯރުކޮށްދޭ އިރު ގިނަ ވަގުތު އަވީގައި އުޅޭނަމަ މި ކަން ދިމާވެއެވެ.

އަވީގެ ސަބަބުން އިރުގެ ޔޫވީއޭ އަދި ޔޫބީއޭ ރޭޑިއޭޝަން ހަންގަނޑުގެ އެތެރެ ފަށަލަ އެޕިޑަމިސް (މަތީ ފަށަލަ) އަދި ޑާމިސް (އެތެރެ ފަށަލަ) އަށް ވަދެއެވެ. ހަންގަނޑުން މެލަނިން ކިޔާ ޕިގްމަންޓެއް އުފައްދާ ޔޫވީ ރޭޑިއޭޝަން އިން ހަންގަނޑު ސަލާމަތް ކުރަން ފަށައެވެ. އަވީގައި އުޅުމުން ރީތި ކުލައެއް ނުވަތަ ޓޭނެއް މީހާއަށް ލިބެނީ މެލެނިންގެ ސަބަބުންނެވެ.

ނަމަވެސް ގިނަ ވަގުތު އަވީގައި އުޅުމުން ޔޫވީއޭ ރޭޑިއޭޝަންއިން ހަންގަނޑު ދިފާއުކޮށްދޭ ނިޒާމަށްވުރެ އިތުރުވުމުން މީހާ އެއްކޮށް އަނދާ ގޮތް މެދުވެރި ވެއެވެ. ޔޫވީއޭ ރޭޑިއޭޝަން ހަންގަނޑުގެ އެތެރެފަށަލައަށް ކުރުމުން މޫނުގެ އިލާސްޓިސިޓީ ހިފަހައްޓާ ކޮލާޖަންއަށް އަސަރު ކުރެ އެވެ. ނަތީޖާއެއްގެ ގޮތުން މޫނުގެ ހަންގަނޑު ދޫވެ ރޫޖެހި ހައިޕަ ޕިގްމެންޓޭޝަން ނުވަތަ މޫނުގައި ލަށްޖެހުމަށް މެދުވެރި ވެއެވެ. އަދި މީހާ އުމުރަށްވުރެ މުސްކުޅި ވައްތަރު ޖަހަ އެވެ.

މިއާއެކު ލައިފްސްޓައިލް ބަހައްޓާ ގޮތުން، އެއީ ދުންފަތުގެ އިސްތިއުމާލުކޮށް، ޑައެޓް ބަހައްޓާގޮތުން އަދި ސްޓްރެސްގެ ސަބަބުން ވެސް މީހާގެ މޫނުމައްޗަށް މިކަމުގެ ނޭދެވޭ އަސަރު ކުރެއެވެ. ކުއްލިއަކަށް މި ކަންތައްތަކުގެ އަސަރު މޫނުމަތިން ނުފުނު ކަމުގައިވީ ނަމަވެސް މަޑުމަޑުން ދުންފަތާއި، ޑައެޓުގެ ސަބަބުން ހަންގަނޑަށް ގެއްލުންތައް ވެއެވެ.

މީހާގެ އުމުރުން ދުވަސްވާވަރަކަށް އިރުގެ އަލިން ލިބޭ މި ގެއްލުން އިތުރު ވެއެވެެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މީހާގެ އުމުރު 40 އަހަރަށް އަރާއިރު ބޭނުންވާ ޔޫވީ އެކްސްޕޯޝާގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ހުންނަނީ ލިބިފަ އެވެ.

އިރުން ލިބޭ މި ގެއްލުމުން މޫނުގެ ހަންގަނޑު ރައްކާތެރި ކުރުމަށް ކުރެވިދާނެ އެންމެ ރަނގަޅު އެއް ކަމަކީ ރަނގަޅު ސަންޕްރޮޓެކްޝަން ކްރީމެއްގެ ބޭނުން ހިފުމެވެ. މިގޮތުން އެސްޕީއެފް 15 އަށް ވުރެ މަތީގެ ކޮންމެވެސް ކަހަލަ ކްރީމެއް އަތްވަށް ނިކުތުމުގެ ކުރިން މޫނުގައި ހާކަން ޖެހެ އެވެ.

ދިރާސާތަކުން ދައްކާގޮތުގައި މޫނުގައި ސަންސްކްރީން ނަހަކާ މީހުނާ އަޅާ ކިޔާއިރު ކޮންމެ ދުވަހަކު މޫނުގައި އެސްޕީއެފް ކްރީމެއްް ހާކާ މީހުން މުސްކުޅި ކަމަށް ދައްކާވަރު 24 ޕަސެންޓް ދަށެވެ. މި ފަދަ ކްރީމް މޫނުގައި ހޭކުމަށް އެންމެ ރަނގަޅީ އަތްވަށް ނިކުތުމުގެ 20 މިނެޓު ކުރިންނެވެެ. މިގޮތަށް ކަންތައް ކުރުމުން ހަންގަނޑުގެ އެތެރެ ފަަށަލައަށް މި ކްރީމްތަށް ވަނުމުގެ ފުރުސަތު އެޮވެއެވެ.

ކިޔުންތެރިންގެ ހިޔާލު