ޙަލާލު ގޮތުގައި ކުރެވޭ އެއްވެސް މަސައްކަތަކީ، އޭގެ ޒާތުގައި ހުތުރު ނުވަތަ ދަށު ދަރަޖައިގެ މަސައްކަތެއް ނޫން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން ރައީސް ނެރުއްވި ހިތާބުގައި ވިދާޅުވެފައި ވަނީ ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމަކީ، އިންސާނަކަށްވީތީ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ފަރުދީ އަދި އިޖްތިމާޢީ ވާޖިބެއް ކަމަށެވެ.

"ދިރިއުޅުމަށްޓަކައި މަސައްކަތް ކުރުމަކީ، އިންސާނަކަށްވީތީ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ފަރުދީ އަދި އިޖްތިމާޢީ ވާޖިބެކެވެ. ޙަލާލު ގޮތުގައި ކުރެވޭ އެއްވެސް މަސައްކަތަކީ، އޭގެ ޒާތުގައި ހުތުރު ނުވަތަ ދަށު ދަރަޖައިގެ މަސައްކަތެއް ނޫނެވެ. ނަމަވެސް ވަކި ކަހަލަ ވަޒީފާއެއް ނުލިބޭތީ، މަސައްކަތެއް ނުކޮށް، ދެއަތް އުރާލައިގެން ތިބި އެތައް ޒުވާނުންނެއް، މިހާރުވެސް ރާއްޖޭގައި އެބަތިއްބެވެ. އެކަން އެހެން އޮތްއިރު، ތަފާތު މަސައްކަތްތައް ކުރުވުމަށް، ކޮންމެ އަހަރަކު އެތައް ހާސް ބިދޭސީންނެއް ރާއްޖެއަށް އެބަ ގެނެއެވެ." ރައީސްގެ ހިތާބުގައިވެއެވެ.

ރައީސް ވިދާޅުވެފައި ވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ، މަސައްކަތްތެރީންގެ މަސައްކަތުގެ އަގު ވަޒަންކުރުމާއި، އެމީހުންގެ އަސާސީ ޙައްޤުތަކާއި މިނިވަންކަން ހޯދައިދިނުމާއި، އެ ޙައްޤުތަކާއި މިނިވަންކަމުގެ ދިފާޢުގައި ތެދުވުމުގެ ހިތްވަރު އާކޮށްދިން ކަމަށެވެ.

"ދިވެހިރާއްޖޭގައިވެސް، މަސައްކަތްތެރީންނަކީ، މި ޤައުމުގެ ކުރިއެރުމާއި ތަރައްޤީގެ ސަރަކައެވެ. ޤައުމީ އާމްދަނީ އުފަންވެގެން އަންނަނީ، މަސައްކަތްތެރީން ކުރާ ބުރަ މަސައްކަތުގެ ތެރެއިންނެވެ. ޤައުމުގެ އިޤްތިޞާދު ދިރިގެން އަންނަނީ، މަސައްކަތްތެރީން އޮހޮރާ ދަލުގެ ހަކަތައިންނެވެ. އެހެންކަމުން މިއީ، ޤައުމަށްޓަކައި އެމީހުން ކޮށްދެމުން އަންނަ، މަތިވެރި ޚިދުމަތުގެ އަގު ވަޒަންކޮށް، އެމީހުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރަންޖެހޭ ދުވަހެވެ." ހިތާބުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސް ވިދާޅުވެފައި ވަނީ ދިރިއުޅުމަށްޓަކައި ބުރަ އުފުލަނީ، އުފަލާއި އަރާމުގައި ދިރިއުޅުމުގެ ބޭނުމުގައި ކަމަށާއި، މިއަދަކީ އެ ބުރަ އުފުލުމަށްފަހު، އުފާ ފާޅުކޮށް އަރާމު ކުރުމުގެ ދުވަސް ކަމަށެވެ.

މޭ މަހުގެ އެއްވަނަ ދުވަހަކީ ދުނިޔޭގެ ލޭބާ ޑޭއެވެ. އެ ދުވަހަކީ މަސައްކަތްތެރިންގެ ހައްގުގައި ފާހަގަކުރާ ދުވަހެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ރަސީދު

    1.8 ބިލިޔަން ވެސް ހަލާލު ވީ

    13
  2. ކާފަބޭ2019

    އެންމެބުރަމަސައްކަތުން އެންމެގިނަ ރުފިޔާފައިސާ ލިބޭގޮތަށްދޮރުމިއޮތީހުޅުވިފައެވެ. ކަރުގައަޅައިގަތީމަ ފެންފޮދެއްބޯލާހެން ބޯނެވަރަކަށްބޯން އެކިބާވަތުގެ ޑުރަގްމިއޮތީ ސޭލްއަޅުވާފައެވެ. ޙަރާމެއްޙަލާލެއް ބަލާނެކަމެއްނެތެވެ. ކާށިކެވޭނީދަތްހުންނައިރުއެވެ.

    7
    1
  3. ދަވޭ

    މިވަގުތު އެންމެ މުހިންމު އެއް ކަމަކީ ދެވޭނެ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުން ކަމަށް ރައީސް އިބޫ ވިދާޅުވިނަމަވެސް މަމެން އެކަމެއް ގަބޫލެއް ނުުކުރާނަމޭ ރާއްޖޭގެ ދިވެހިން ކިޔަވައިގެން މިއުޅެނީ މަސައްކަތު މީހާގެ ވަޒީފާ އަދާ ކުރަން ނޫނޭ ދަރިންނަށް ކިޔަވާ ދިނުމުގެ ބޭނުމެއް ނެތެއް ނޫންތޭ މިރާއްޖޭގެ ރިސޯރޓްސް ތަކުން މަހަކު 300 ޑޮލަރަށް ވުރެން ބޮޑެތި މުސާރަދޭ ވަޒީފާ ތަކަށް ވާރކް ވިސާ ނުދީ ހިފަހައްޓާލަބަލަ މިނިމަން ލޭބަރ ވޭޖަށް ވުރެން ރަނގަޅު ނަތީޖާ ނިކުންނާނެއޭ ތިޔާ މިނިމަމް ލޭބަރ ވޭޖް ގާއިމް ކުުރުމުން ބާޒާރުގައި އިންފްލޭޝަން ބޮޑުވުން ނަތީޖާ އަކީ ތަކެތީގެ އަގު ބޮޑުވުން މިހާރު 2 ރުފިޔާ އަށް ދޭ ކަޅު ސައިތަށި 5 ރުފިޔާ އަށް ބަދަލު ވެގެން ދިއުން އޯޕަން މާރކެޓް ގައި ތަކެތީގެ އަގަކީ އެއީ ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ނޫނޭ ދަ ރާއްޖެތެރޭގައި އެމެން ތަކެތި އަގު ބޮޑު ކުރަނީ މާލޭގައި އަގުބޮޑޭ ކިޔައިގެން އެކަމަކު އެއީ ހިލޭ އަމިއްލަ ގޭގައި ފިހާރަ ހުންނަ އިރު ބިލެތް އަރިއެއް 5 ރުފިޔާ އަށް ދަ ރާއްޖެތެރޭމީހުން ލަދުހަޔާތް ކޮބައިތޭ މަމެންނަށް ރަނގަޅީ ދުވަހަކު ވެސް ތަމެން ތަރައްގީ ނުވިއްޔާއޭ ބަލާއެކޭ ތީ..

  4. ދަރުހޮވާ

    މިނިމަމް ލޭބަރ ވޭޖެއް ނޫން މުހިއްމީ ވަޒީފާ ތައް ކްރިއޭޓް ކުރަން ބޭނުމީ ރިސޯރޓްސް ތަކުގައި ހުރި މެދު ފަންތި އާއި މަތީ ފަންތީގެ ވަޒީފާ ތައް ދިވެހިންނަށް ނުދީ ބޭރުމީހުންނަށް ދޭއިރު އެކަމަށް މަރުހަބާ ކިޔަނީ ރައީސް އޮފީސް ޕޮލިސީ ޑިޕާރޓްމެންޓް ދޯ ތަމެންގެ ވެރިކަމަށް 9 މަސްވީއިރު ވެސް ތަމެންނަށް މިކަން ހައްލު ނުކުރެވުނު ދޯ ތަމެން ދެން ތިޔާ ކަން ހުއްޓާލާ މިއޮށް ރޯނު ބޮނޑި ވަރު ހިފައިގެން ދަގަ ދަރުހޮވަން ވަލަށް ދަގަ ދަގަ ދަގަ ދަރުހޮވަން ދަރުހޮވާދޯ...

  5. ދަގާމަރުންނޭ

    މިނިމަމް ވޭޖް ކަނޑައަޅައިގެން ރާއްޖޭގެ އިގްތިސާދު ފުނޑިގެންދާނީ ސަބަބަކީ މިހާރު ރާއްޖޭން ބޭރަށް އަހަރަކު ބޭރު މީހުން 100 މިލިއަން ޑޮލަރު ބޭރު ކުރާނަމަ އެއަދަދު 200 މިލިއަން ޑޮލަރަށް އަރާނެއޭ އެއީ އެއް ނޫނޭ އެކަން ކުރަން ޖެހޭނެ ގޮތަކީ މީ ދެން ތަންދޮރު ނުދަންނަ ޒުވާނުން ހިންދީ ލަވަ ކޮޕީ ކޮށްގެން އެމެން ދިވެހި ލަވައިގެ ގޮތުގައި ޔާރާ ދިލްދާރާ ލަވަތައް ކިޔާ އުސޫލުން ކޮޕީ ޕޭސްޓް ކުރަން ޖެހޭނެ ކަމެއް ނޫނޭ މިނިމަމް ވޭޖް ކަނޑައަޅައިފިނަމަ ރާއްޖެއަށް އަންނަ އިންވެސްޓްމެންޓް މަދުވާނެއޭ އެއިރު ވެސް ރިސޯރޓްސް ތަކަށް ހަމަ ދިވެހިންގެ ބަދަލުގައި ބޭރުމީހުންނަށޭ ވަޒީފާ ދޭނީ އަސްލު މައްސަލަ އަށް ފުރަތަމަ އެޑްރެސް ކުރަންވީ އެއީ ރިސޯރޓްސް ތަކުން މަހަކު 500 ޑޮލަރަށް ވުރެން ބޮޑު މުސާރަ ދޭ އެއްވެސް މަގާމަކަށް ދާއިމީ ވާރކް ވިސާ ނުދޭންވީ ބިޒްނެސް ވިސާ ދޭންވީ ރާއްޖޭގެ ރިސޯރޓްސް ތަކަކީ އިންޑިއާ އަދި ލަންކާ މީހުންގެ ޖޮބް މާރކެޓެއް ނޫނޭ އެކަން ނޭގެނީއޭ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓަށް އެމެން ދަގަމާރު ވެފައި ބީތާވުމުންނޭ...

  6. ނުބަހާ

    މިނިމަމް ލޭބަރ ވޭޖެއް ނޫނޭ ކަނޑައަޅަންވީ ފުރަތަމަ ވެސް ރާއްޖޭގައި ހުރި އަމިއްލަ ކޮލެޖްސް ތަކަށް ބިން ތަކޭ ދޭންވީ ހުޅުމާލޭން އެމެން ނަށް ޔުނިވަރސިޓީ ބިލްޑް ކުރަން އަދި ބީއެމްއެލް އިން އެމެންނަށް ލޯން ވެސް ދޭންވީއޭ ރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ވެސް ވަރުގަދަ ކުރަންވީ ސިންގަޕޯރގެ ޔުނިވަރސިޓީ ތަކާއި އެކު މާރޖަރ ހަދައިގެން ކޮމްބައިންޑް ސްކޮލަރޝިޕްސް ތައް ކިޔަވާ ދޭންވީ އަކުން ބަކުން ކުޅޭ ސަބްޖެކްޓްސް ތައް ގައުމީ ޔުނިވަރސިޓީން ދޫކޮށްލަންވީއޭ ސެރޓިފިކެޓް ބަސްތާ ތައް ނުބަހަންވީއޭ އެއީއޭ ކުރަން ޖެހޭނެ ކަމަކީ...

  7. އަލް އިމާމު ވަލް ޖީއެމް އޮފް ޓޮއިލެޓްސް

    ޝޭޚުންނާޢި މުދިމުން ތި މަސައްކަތަށް ވަރަށް މޮޅު ވާނެއެވެ. އެބޭފުޅުންނަށް ބޯނަސް އެއް ދީގެން ތި މަސައްކަތަށް ނެރެންވީ އެވެ.

  8. ހުސޭނުބޭ

    އެހެންވިއްޔާ ކޮބައިތޯ ހިލޭ އެހީގެ ގޮތުގައި ލިބުނު 1.8 ބިލިއަން ރުފިޔާ! އެ ތަކެތި ރައްކާތެރިކޮށް ބެލެހެއްޓުމާ ހަވާލުވެ ހުރި މީހާނޫންތޯ ތިއީ! ކުއްލިއަކަށް ޙަލާލުވެ ޕަކަޅާކޮށްލެއްވީތޯ!

  9. އިންސާފު

    ވެރިކަމަށް އަންނަން ހޯދި ފައިސާހޯދީ ހަލާލްގޮތުގައިތަ!