ފުވައްމުލަކު ހޯދަނޑު ޗަސްބިމުގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވަމުން އެބަދެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެ ޗަސްބިމުގައި އަލިފާން ރޯވެގެން ސިފައިންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 18:50 ހާއިރު ކަމަށެވެ. އަދި އެ ސަރަހައްދުގައި ފުވައްމުލަކު ފަޔާ ސްޓޭޝަނުންގެ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، މިހާރު އަލިފާންގަނޑު ނިއްވާލާފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އަލިފާންގަނޑު ނިއްވާލާފައި ވަނީ މިރޭ 19:06 ހާއިރުއެވެ.

އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި، އަލިފާން ރޯވެފައި ވަނީ މަގުގެ އަރިމަތީ ހުރި ފަތްކެޔޮ ގަސްތަކުގައެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވެފައިނުވާކަަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިއީ ބަޔަކު ގަސްތުގައި ކުރިކަމެއް ކަމަށް ބެލެވުނު ނަމަވެސް، އެކަން އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުފައްކިރު.

    އެއީ ހޯދަޑާ ދިގުވާނޑާ ގުޅޭ ވަކި އަވަށަކަށް ނިސްބަތް ނުވާ ޗަސްބިމެއް.

  2. އަހްމަދު

    ބަނގުރާ ކައްކާ ފެކްޓަރީތަކުގެ ސަލާމަތީކަންކަން ދަށީހަމަ