ކުރިޔަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް އަށް މިސްކިތެއް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ވިދާޅުވެފައިވާގޮތުގައި އެ އަށް މިސްކިތުގެ ތެރެއިން މާލޭގައި ތިން މިސްކިތެއް ރޯދަ މަހާއި ދިމާކޮށް ހުޅުވަން ވަނީ ހަމަޖެހިފައެވެ. އެގޮތުން އަލުން ޢިމާރާތްކޮށް ހުޅުވާ 1100 އަށްވުރެ ގިނަ މީހުންގެ ޖާގައިގެ މުޙައްމަދު ޖަމީލް ދީދީ މިސްކިތް ނުވަތަ ފައިފުހޭ މިސްކިތާއި 1800 މީހުންގެ ޖާގައިގެ މާވެޔޮ މިސްކިތް ހުޅުވުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު ވިލިމާލޭގައި ތަރައްޤީކުރި މަސްޖިދުއް ބިއްރި މިމަހުގެ 17 ވަނަ ދުވަހު ރައީސް ވަނީ ހުޅުވާދެއްވާފައެވެ.

މީގެ އިތުރުން ގދ. ދެއްވަދޫގައި ހަތްސަތޭކަ މީހުންގެ ޖާގައިގެ މިސްކިތެއް މިމަހު 18 ވަނަ ދުވަހު ހުޅުވާފައުވާއިރު، ރޯދައިގެ ކުރިން ކ. ކާށިދޫ އާއި ދ. ކުޑަހުވަދޫ އާއި ހދ. ކުޅުދުއްފުށީގައި އަދި ށ. ފޭދޫގައި އަލަށް އިމާރާތްކޮށްފައިވާ މިސްކިތްތައް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވިގޮތުގައި ރޯދައަށް އަލަށް ހުޅުވާ މިސްކިތްތަކުގައި މިހާރު ކުރަމުން ދަނީ އެންމެ ފަހުގެ މަސައްކަތްތަކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަސަން

    ޝުކުރީޔާ ރައީސް ޔާމީން.

    16
    3
  2. އޮޅާލާ

    ރައީސް އިބޫގެ ސަރުކާރުން މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ މީހުން ނަށް ފްލެޓްސް ތައް ދިނުމުގެ ބަދަލުގައި އެފަކީރުން ގަން ހިންގަނީ ނޫންތޭ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓަކީ އެއީ ތަޖްރިބާ އެއް ނެތް މީހުންގެ ކިރުބޯ ޅަދަރިން ތަކެއް ޕޮލިސީ ސެކްރެޓަރީން ނަށް ތިބެގެން ޒީރޯ ޓޮލެރެންސް ނަމުގައި ޖެލަސީ އެންގަރ ކުރިއަށް ނެރެގެން ސިސްޓަމް އޮފް ރޫލްސް އާއި ޚިލާފަށް ފްލެޓްސް ތައް ދީފައި ތިބި މީހުންގެ ލިސްޓް އޮޅާލާ ފްލެޓްސް ތައް ވެސް އޮޅާލަނީއޭ

    4
    1
  3. ރައިޙާނާ

    ގައްޑާ ސަރުކަރެއްނު؟ ފަސްމަސްތެރޭގައި މުޅިން އަލަށް 8 މިސްކިތް ވިއްޔާ އެ ނިންމާލީ!!!!! ނޫނޭކަލޭމެން ބުނާކަށް މިއޮތީވާ ރިބަން ކަނޑަން މޮޅު ސަރުކާރެއް!!!!!

    15
    1
  4. ޢަލީ

    ޢެެއީ އިބޫ ސަރުކާރާ ހާވާލުވެފަ ހެދި މިސްކިތްތަކެއްތަ،،ފޮނިގޮތަކައް ތިވާހަކަ ތިދައްކަނީ،،،ވެރިކަމާ ހަވާލުވެފަ ކުރެވުނުކަމެއް ނުފެނޭ،،، އެސްޓީއޯ އަށާ އެހެންކުންފުނި ތަކައް ފައިދާވި ވާހަކަ ދައްކާއިރުއެއީ ރައީސް ޔާމީންގެ ހިންގުންތެރި ކަމުގެ މިސާލު،،

    3
    1
  5. ދިވެހިން

    ޝުކުރިއްޔާ ރައީސް ޔާމީން.