އިންޑިއާގެ ޚުލްޑްއާބާދުގައި ކުއްޔަށް ގެއެއް ނަގައިގެން އުޅެމުން އަންނަ ފިރިހެނަކު އޭނާގެ ދޮން ދަރިފުޅަށް އަނިޔާކޮށް މަރާލީ، އެ ކުއްޖާ އޭނާ ކައިރިން ފުއްޕާހަމެއް ގަނެދޭން އެދުމުންނެވެ.

އެ ކުއްޖާގެ މަންމަ ބުނެފައިވާގޮތުގައި، އޭނާގެ ފިރިމީހާ، ދަރިފުޅު މަރާލީ ފިހާރަ ތެރޭގައި، އޭނާއަށް ފުއްޕާހަމެއް ގަނެދޭން އެދުމުންނެވެ.

އުމުރުން ހަތަރު އަހަރުގެ އެ އަންހެން ކުއްޖާ އޭނާގެ ދޮން ބައްޕަ ކައިރީގައި ފުއްޕާހަމެއް ދޭން އެެދުނީ ތިން މީހުން އެކުގައި ފިހާރައަށް ގޮސް ތިއްބާއެވެ. އެ ކުއްޖާ އޭނާ ކައިރިން ފުއްޕާހަމެއް ގަނެދިނުމަށް އެދުމުން އެ ކުއްޖާ ގައިގައި އޭނާ ތަޅަން ފެށިއެވެ.

އަދި އެ މައްސަލާގައި ދެމަފިރިންގެ ދެމެދުގައި ޒުވާބު ކުރިއެވެ. އަދި އެ ކުއްޖާ ގޮވައިގެން ގެއަށް ގެންގޮސް، ދޮރުގައި ތަޅުއެޅުވުމަށްފަހު، އޭނާ އެ ކުއްޖާއަށް އަނިޔާކުރިއެވެ. އަދި އެ މީހާ ކޮޓަރި ތެރެއިން ފެނުނުއިރުވެސް އޮތީ ވަރަށް ހާލު ދެރަކޮށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

"އަހަރެންގެ ފިރިމީހާ އާއި އަހަރެން ދިޔައީ ބޭސް ގަންނަން ދަރިފުޅާއެކު ފިހާރައަށް. ދަރިފުޅު ބައްޕަ ކައިރީ ފުއްޕާހަމެއް ގަނެދޭން އެދުމުން، އޭނާ ދަރިފުޅު ގައިގާ ތަޅަން ފެށި، އަހަރެން އެކަން ހުއްޓުވަން އުޅުމުން، އޭނާ އަހަރެން ބައިސްޖަލުން ވައްޓާލި. އަދި ދަރިފުޅު ގެއަށް ގެންގޮސް ކޮޓަރިއަށް ވަދެ ތަޅުލައިގެން ދަރިފުޅު ގައިގައި ތެޅި. އަދި އޭނާ އަމިއްލަ ހަށިގަނޑަށްވެސް ގެއްލުންދިން. އަހަރެން ވަގުތުން އެކަން ފުލުހުންނަށް އެންގިން". އެ އަންހެން މީހާ ބުނެފައި ވެއެވެ.

އެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ އަންގާރަ ދުވަހުއެވެ. އަދި ފުލުހުން އެގެއަށް ގޮސް ބެލިއިރު، އެ ކުއްޖާ އޮތީ މަރުވެފައެވެ. އަދި ފިރިހެން މީހާއަށް ވެސް ހުރީ އަނިޔާތަކެއް ވެފައެވެ. އެ މައްސަލާގައި އޭނާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެ މީހާއަށް މިހާރު ހޮސްޕިޓަކުގައި ފަރުވާދެމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ އާއިލާއަކީ ސިދާތް ނަގަރްއަށް ނިސްބަތްވާ ބައެކެވެ.

ކިޔުންތެރިންގެ ހިޔާލު