ދެގޮތެެއް ނުވެ ތާއީދު ކުރާ ކެންޑިޑޭޓް އަކީ ޢައްސާން މައުމޫން ކަމަށާއި ގުރައިދޫ ދާއިރާގެ ރައްޔިތުން މި ފަހަރު ޢައްސާން ގޮނޑީގައި ބައިންދާ ދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިލްތިމާސް ކުރައްވައިފިއެވެ.

ގުރައިދޫގައި ޢައްސާންގެ ކެންޕެއިން ޓީމުގެ ފަރާތުން ބޭއްވި ބައްދަލުވުމެއްގައި ފޯން ކޯލެއް މެދުވެރިކޮށް ބައްދަލުވުމުގެ ބައިވެރިންނާއި މުހާތަބު ކުރައްވާ ރައީސް ޔާމީން ވިދާޅުވީ ހައްޔަރުކޮށް ބަންދު ނުކުރިނަމަ، ޢައްސާންގެ ކެންޕެއިންގައި ބައިވެރިވުމަށް ގުރައިދޫއަށް އެމަނިކުފާނު ދާނެ ކަމަށެވެ.

"އަޅުގަނޑު ގުރައިދޫ ދާއިރާގެ ރައްޔިތުންނަށް ދަންނަވާލަން ބޭނުން ވަނީ އަޅުގަނޑު ދެގޮތެއް ނުވެ ތާއީދު ކުރައްވާ ކެންޑިޑޭޓް އަކީ ޢައްސާން މައުމޫން މީގައި ހިޔާލުތަފާތުވުމަށް ޖާގަ ނުދެއްވާ, ކެންޕެއިންގައި އަޅުގަނޑުގެ ނަން އެކި ގޮތަށް ބޭނުން ކުރާނެ, އަޅުގަނޑު ދައްކާ ވާހަކަ ސާފު ވާނެ އަޅުގަނޑު ތި ދާއިރާއަށް ދައްކަނީ ޢައްސާން މައުމޫން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ޢައްސާން މަސައްކަތް ކުރައްވަނީ ގުރިދޫ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ކަމަށާއި ޢައްސާން އެކޮށްދެއްވަނީ ގައުމީ ހިދުމަތެއް ކަން ފާހަގަ ކުރައްވާ ރައީސް ޔާމީން ވަނީ ގުރިދޫގެ ރައްޔިތުން ގުރައިދޫގެ ދާއިރާގެ ގޭގެއަށް ހިންގަވާ ޢައްސާން އެގޮޑިއަށް ހޮވަވައިދެވުމަށް އެދިވަޑައިގެންފައެވެ.

ދިޔަމިގިލީ ބޮޑު ބެރު ގުރޫޕްގެ ފޯރިގަދަ ހަރަކާތްތަށް ފެނިގެން ދިޔަ މި ޖަލްސާގައު ޢައްސާން ވަނީ ބުރަކޮށް އުޅުއްވަމުން ވެސް ކެންޕެއިން އަށް ވަގުތު ހުސްކޮށް ޖަލްސާ އަށް ވަޑައިގެންނެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.

އިއްޔެ ގުރައިދޫގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި ސައިކަލް ބުރެއް ބާއްވާފައިވާއިރު ރޭގެ ޖަލްސާ އަށް ވެސް ވަނީ ބޮޑު ތަރުހީބެެއް ރައްޔިތުންގެ ފަރާތުން ފެނިގެން ގޮސްފައެވެ.

ތ.ގުރައިދޫ ދާއިރާގައި ހިމެނޭ ގުރައިދުއާއި ދިޔަމިގިއްޔާއި ގާދިފުށި ތަމްސީލުކުރައްވާ ރައްޔިތުން ޣައްސާން އަންނަ މަޖިލިސް އިންތިހާބުގައި އެކަށީގެންވާ ހެޔޮ ބަދަލަކާ ދިމާއަށް ދާއިރާގެ މިސްރާބު ދީލައިލުމަށް ގުރައިދޫ ދާއިރާގެ ގޮނޑީގައި ބޭންދުމަށް ހުއްޓުމެއް ނެތި ފޯރިގަދަ ކެންޕެއިން ތަކެއް ދަނީ ކުރަމުންނެވެ.

ޣައްސާން ވަނީ ދާއިރާގެ ހުރިހާ ރަށަކަށް ރައްޔިތުންނާއި ގާތަށް ވަޑައިގެން އެދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތަށް ގާތުން އަޑުއައްސަވާފައެވެ. ޣައްސާން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާއި އެކު ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލޮލް

    ބެއްޔާ އަމިއްލަ ދަރިއަކަށް ތާއީދެއް ނުކުރަމޯ..!

    16
    3
  2. އައިވޮނާ

    މަމެން ޕިންކީންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ރައިސް ގުރައިދޫ ދާއިރާ އަށް ދެއްކި ހަމަ އެކަނި ކެންޑިޑޭޓަކީ އެއީ ޢައްސާން ކަމަށް ވާނަމަ އައިވޮނާ ވޯޓް ފޯރ ހިމް އެނޫން ކެންޑިޑޭޓެއް ހުރި ކަމެއް މަމެން ނުދެކެމޭ އެވްރީ ސިންގަލް ޑޭ އައި ވޮނާ ޗެޓް ހީއިޒް ދަ ބެސްޓް ޗޮއިސް ތައްތަައްތައްތައް ތައްތައްތައް ތައްތައްތައް ހޫއް ހޫއް ހޫއް ހޫއް އެވްރީ ޓައިމް ޔޫ ރީޑް ދަ ނިއުސް ހީ އިޒް ދަ މޭން އިޓްސް ދަ ޗޮއިސް އިޓްސް ދަ ޗޮއިސް އާއް އާއް އާއް އައި ލައިކް އަ ޕާރ ޕާރ ޕާރ ޕާރޓީ ރޮކް ޕާރޓީ ރޮކް ޑާންސް ޑާންސް ޑާންސް ޑާންސް...

    14
    2
  3. ...

    ރޔ ދޫކޮށްލުމާ އެކު ރޔ ގެ އަޑު ވަރަށް ގަދަ ވަމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ.. އެހެންކަމުން ނަސީދު އެހާ ބިރު ގަންނަ ސަބަބު މިހާރު ވިސްނިއްޖެ އެވެ.އެސޮރު ލޮލަށް މިހާރު ނިދި ނާދެއެވެ. ރޔ ޤައުމަށްޓަކައި އަދިވެސް ތިޔަ ކޮށްދެއްވާ މަސައްކަތަށް ފަށްފަށުން ޝުކުރު ދަންނަވަމެވެ. ތިޔައީ ހަމަ ގަޓު ރައީސް އެކެވެ.

    33
    2
  4. ގ ދާއިރާ

    ގުރައިދޫ ދާއިރާގެ ތަރައްގީ އާއި ކުރިމަގު އުޖާކުރުމަށް ޣައްސާނަށް ވޯޓްދެއް އެދެމެވެ ދާއިރާގެ ހުރިހާރައްޔިތުން ޣާއްސާން ޚިޔާރު ކުރައްވާނެ ކަމަށް އުއްމީދު ކުރަމެވެ