ކުރިއަށް އޮތް ތަނުގައި އެހެން ސަރަހައްދުތަކުން ހަނިމާދޫއަށް ފްލައިޓް ޖައްސާތަން ދައްކަދޭނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ފާއިތުވެގެން ދިޔަ ދުވަސްތަކުގައި އުތުރުގެ އަތޮޅުތައް ބާކީކޮށްފައި އޮތުމަކީ ވަރަށް ކަންބޮޑުވާކަމެއް ކަމަށެވެ.

" ތަރައްގީގެ މަޝްރޫއުތަކުން އުތުރުގެ އަތޮޅުތައް ބާކީކޮށްފައި އޮތުން ނިމުމަކަށް ގެނެސް މި ސަރުކާރުން ކުރިޔަށް އޮތް ތަނުގައި އެހެން މަންޒިލް ތަކުން ހަނިމާދޫއަށް ޑައިރެކްޓް ފްލައިޓްޖައްސާތަން ދައްކުވައި ދޭނަން" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ އެންމެ ބޮޑު ގޮންޖެހުމަކީ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަ ކުރިއެރުމާއެކު އެއާޕޯޓް ތަރައްގީ ނުވުންކަމަށެވެ.އެހެން ކަމުން އެނިޒާމު ފުޅާކޮށް އެހެން ސަރަހައްދުތަކުން ހަނިމާދޫ އެއާޕޯޓަށް ފްލައިޓް ޖައްސާތަން ދައްކަދޭނަނެ ކަމަށާއި އެކަން ކުރެވޭނެ ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

" ހާއްސަކޮށް ރާއްޖޭގެ އުތުރުގެ ރައްޔިތުން ވަރަށް ކަންބޮޑުވާކަމެއް އެމީހުން މީގެ ކުރިން " ނެގްލެކްޓް " ވެފައި އޮތުން ، އަޅުގަނޑުމެންގެ މި ސަރުކާރުން އިރާދުކުރެއްވިއްޔާ ޑައިރެކްޓްކޮށް ފްލައިޓް ޖައްސާނެ ގޮތް ހަދާނަން. މިހާރު މޯލްޑިވިއަން އެދަނީ އިންޑިއާއަށް އެކަނި،" މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގެންނަ ތަރައްގީ ކުރިޔަށް އޮތް އަހަރެއްހާ ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދދދދދދ

    ރާއްޖޭގެ ދެކޮޅު އިންޑިއާ ހިތަކަށް. ކިއްލި ގޯތި ކަލޭ ވާހަކަ ނުދައްކާ

    10
  2. އިލްޔާސް ސެއިހް

    މީތަ މިހާރު ޓްރާސްޕޯރޓް މިނިސްޓްވެސް

  3. މުހައްމަދު

    ބަލަން މިތިބީ