ބޯކޮށް ވާރޭވެހުމާއެކު ބާރާށް ގުގުރާނެކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ރާއްޖޭގެ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން ކުރިއަށް އޮތް 12 ގަޑިއިރަށް މޫސުން ލަފާކޮށް ބުނެފައި ވަނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަަމަށެވެ.

އަދި ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަަދަވާނެ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓް އޮފީހުން ބުނެފައިވާއިރު، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަނ

    އެހެންވާނެކަން އެނގޭ އިރުއެއްނު ލައިނުގަނެގެން ކަލޭމެން މުއްލާތައް އެކަމާ އުޅެގަތީ؟