ސީރިޔާ އާއި ޣައްޒާ އަށްވެސް އިއްޔެ އަކީ 1440 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހެވެ. ބަރާކަތްތެރި ރަމަޟާން މަސް އެމީހުންނާއި ބައްދަލު ކުރިއިރު އެމީހުން ވަނީ ހާލުގައި ޖެހިފައެވެ. ސީރިޔާގެ ރެފިއުޖީ ކޭޕްތަކުގައިވެސް ހާލުގައި ޖެހިފައިވާ އެތައް މުސްލިމު އަޚުންނާއި އުޚުތުންނެއް އެބަ ތިއްބެވެ. މީގެ ތެރޭގައި ގިނައީ ދިހަ އަހަރުން ދަށުގެ ކުޑަކުދިންނެވެ.

އިންޓަރނޭޝަލް އެއިޑް ކެމްޕޭންގެ ފަރާތުން، ސީރިޔާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. މިހާތަނަށް އައިއިރު މި މަސައްކަތުގައި ރާއްޖޭގެ ވަރަށް ގިނަ މަދަނީ ޖަމްޢިއްޔާތަކުންވެސް ވަނީ ބައިވެރިވެފައެވެ. މި މަސައްކަތުގައި ޣައްޒާއަށް ނިޞްބަތްވާ ދެ ޖަމްޢިއްޔާއެއްގެ އިތުރުން ތުރުކީގެ ޖަމްޢިއްޔާއެއް ވެސް ހިމެނެއެވެ.

ސީރިޔާގައި ހާލުގައި ޖެހިފައިވާ ތުއްތު ކުދިން

ސީރިޔާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަނީ ތުރުކީގެ އައިއެޗްއެޗް ޖަމްޢިއްޔާއިންނެވެ. ޣައްޒާ ހިމެނޭ ސަހަރައްދަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރާ ދެ ޖަމްޢިއްޔާއެއް އަންނަނީ ހަރަކާތްތެރި ވަމުންނެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިނަށް ދިވެހިންގެ ފަރާތުން ފޯރުކޮށްދީފައިވާ އެހީގެ ތަކެތި ސީރިޔާގައި ދިރިއުޅޭ ރައްޔިތުންނަށް މި ވަނީ ބަހަން ފަށާފައެވެ. މީގެ ކުރިންވެސް ވަނީ އެތައް ބައިވަރު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. އެގޮތުން، ފެން ރައްކާކުރުމަށް ބޭނުންކުރާނެ ކަޅުހަންތަކާއި، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން 4700 އާއިލާއަކަށް މިދިޔަ ރަމަޟާން މަހުވެސް ވަނީ ކާބޯތަކެތި ފޯރުކޮށްދީފައެވެ.

މިއަހަރުގެ ރަމަޟާންމަހު ސީރިޔާގެ ރައްޔިތުންނަށް ދިވެހިންގެ ފަރާތުން ފޮނުވި އެހީގެ ތަކެތި ބަހަން ފެށުމާއި އެކު ޝޯސަލް މީޑިޔާގައިވަނީ އެ ފޮޓޯތައް ދައުރުވާން ފަށާފައެވެ. ޚާއްޞަކޮށް މިކަމުގެ ސަބަބުން ސީރިޔާގެ ތުއްތު ކުދިންގެ މޫނުމަތިން ފެނިގެން ދިޔަ އުފާވެރިކަމާއި ހިތް ހަމަޖެހުމަކީ އެކަމުގެ ސަބަބުން އެތައް ވާހަކަ ތަކެއް ބުނެދޭ، ހިތްގައިމު މަންޒަރުތަކެކެވެ.

ސީރިޔާގައި ހާލުގައި ޖެހިފައިވާ ތުއްތު ކުދިން

"މިއީ ބުނެދޭންވެސް ނޭނގޭފަދަ އުފާވެރި އިޙްސާޞްތަކެއް. ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ މިތިބަ ތުއްތު ކުރިންގެ އުފާވެރިކަން ގުޅިފައިވަނީ ތިބޭފުޅުން ދެއްވާ އެހީތެރިކަމާ. އިންޝާ ﷲ މިކަމުގެ ހެޔޮ ޖަޒާ މާތް ﷲ ދެއްވާނެ. މިއީ ގެއްލިގެންދާނެ އެއްޗެއް ނޫން. ތިބޭފުޅުންގެ ހެޔޮ ދުޢާގައި އަޅުގަނޑުމެންވެސް ބައިވެރި ކުރައްވާ." ދިވެހިންގެ އެހީ ލިބުނު ސީރިޔާ އަންހެނަކު ބޭރުގެ މީޑިޔާއަކަށް ދިން އިންޓަރވިއުއެއްގައި ބުނެފައި ވެއެވެ.

ދިވެހިންގެ ފަރާތުން ލިބުނު އެހީ

މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން އައިއޭސީގެ ވައިސް ޗެއަރމަން އާދަމް ނާއިފް ވިދާޅުވީ، މިއަހަރުވެސް ސީރިޔާގައި ދިރިއުޅޭ ވަރަށް ގިނަ އާއިލާތަކަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ކަމަށާއި، މިފަހަރު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ކާބޯތަކެތި ކަމަށެވެ.

"ސީރިޔާގައި ވަރަށް ގިނަ މުސްލިމުން އެ ވަނީ ހާލުގައި ޖެހިފަ. އެންމެ ބޮޑަށް މުޙިއްމު ވަނީ ކާބޯތަކެތި. އަޅުގަނޑުމެން އެދެން ޣައްޒާ އާއި ސީރިޔާގައި ތިބި އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް ހުރިހާ ބޭފުޅުންވެސް އެހީތެރިކަން ފޯރުކޮށްދެއްވުމަށް. ދިވެހިންނަކީ މިފަދަ ކޮންމެ ކަމެއްގައި ނަމޫނާ ދައްކާފައިވާ ބައެއް. މި މަސައްކަތުގައިވެސް އެންމެ ފުރަތަމަ އިސްނެގި ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިފަ މި ވަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މި ޢަމަލު، ﷲ ޤަބޫލުކުރައްވާނެ." ނާއިފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    "މިއީ ބުނެދޭންވެސް ނޭނގޭފަދަ އުފާވެރި އިޙްސާޞްތަކެއް. ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ މިތިބަ ތުއްތު ކުރިންގެ އުފާވެރިކަން ގުޅިފައިވަނީ ތިބޭފުޅުން ދެއްވާ އެހީތެރިކަމާ. އިންޝާ ﷲ މިކަމުގެ ހެޔޮ ޖަޒާ މާތް ﷲ ދެއްވާނެ. މިއީ ގެއްލިގެންދާނެ އެއްޗެއް ނޫން. ތިބޭފުޅުންގެ ހެޔޮ ދުޢާގައި އަޅުގަނޑުމެންވެސް ބައިވެރި ކުރައްވާ." ދިވެހިންގެ އެހީ ލިބުނު ސީރިޔާ އަންހެނަކު ބޭރުގެ މީޑިޔާއަކަށް ދިން އިންޓަރވިއުއެއްގައި ބުނެފައި ވެއެވެ." މި ޢިބާރާތްކޮޅު ކިޔާލުމާއިއެކު އަހުރެންގެ ލޮލުން ހިފެއްހެއްޓުމެއް ނެތި ކަރުނަ އައެވެ!!

    109
    2
  2. ñöñ

    މިއީ ބުނެދޭންވެސް ނޭނގޭފަދަ އުފާވެރި އިޙްސާޞްތަކެއް. ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ މިތިބަ ތުއްތު ކުރިންގެ އުފާވެރިކަން ގުޅިފައިވަނީ ތިބޭފުޅުން ދެއްވާ އެހީތެރިކަމާ. އިންޝާ ﷲ މިކަމުގެ ހެޔޮ ޖަޒާ މާތް ﷲ ދެއްވާނެ. މިއީ ގެއްލިގެންދާނެ އެއްޗެއް ނޫން. ތިބޭފުޅުންގެ ހެޔޮ ދުޢާގައި އަޅުގަނޑުމެންވެސް ބައިވެރި ކުރައްވާ." ދިވެހިންގެ އެހީ ލިބުނު ސީރިޔާ އަންހެނަކު ބޭރުގެ މީޑިޔާއަކަށް ދިން އިންޓަރވިއުއެއްގައި ބުނެފައި ވެއެވެ." މި ޢިބާރާތްކޮޅު ކިޔާލުމާއިއެކު އަހުރެންގެ ލޮލުން ހިފެއްހެއްޓުމެއް ނެތި ކަރުނަ އައެވެ!!މަވެސް ކަޜުނަ އައަ.ވަރަށް ދެރަވި...

    52
    2
  3. އަޒާ

    އަލްހަމްދުލިއްލާހި.... ލޮލުން ކަރުނަ ފާއްދާލައިފި..

    60
  4. މުހައްމަދު

    ﷲ ތިޔަ މުސްލިމުންނަށް ކެތްތެރިކަން ދެއްވާށި..ހަމަ ރަނގަޅަށް ވެސް ރޮވިއްޖެ

    45
    1
  5. މުއާ

    އެހީވާން ހަދަންޖެހޭ ގޮތަކީ ކޮބައިތަ

    33
  6. ައާންމުން

    ނާންމާކަމާ ބިރުވެރިކަމުގައި ދިރިއުޅެމުންދާ އެންމެހާ މުސްލިމުންނަށް ސުލްހަވެރިކަމާ އަމާންކަމާއި ފުއްދުންތެރިކަން ދެއްވާށި. އަޅަމެން އަޅުކަންކުރަނީ އަދި ވާގިއެދި ދަންނަވަނީ އެކަލާންގެ ހަޒުރަތުންނެވެ.

    37
  7. ޖަމީލު

    ކަރުނައައުމަކުން އަދި ނުފުދޭ. އެހީވެދެއްވާ. ރޯދަމަހާ އެކުގައި ސަވާބު ގުނަވެގެންދާނެ. ހިތަށް އަސަރުކުރުވި ޚަބަރެއް.

    34
  8. Anonymous

    Varah loabi thuhthu kudhin mausoom ve mainbafain maruvegen e dhany..ekudhingr mausoom loa thah mathy ekudhingr mainbafain kathilamun maramun e gendhany.aharn nama ahannakah ves mikan dheken ketheh nuvaane...Aharen abadhuves syria kahala muslim gaumu thakuga mi hingaa nubai nulafaa aniyaaveri kanthah emme harukashi ibaaraathun kuhveri kurun. Ya Allah alhamenge syria ga haaluga jehifaava muslim ahunnaai uhuthunnah nasru dhehvaandheyve.syria ga shaheedhuvi emmehaa lobuvethi ahunnaai uhuthunnah suvaruge minvaru kurahvaadhry.israil ge aniyaaveri nulafaa jaahilunnah gadhavegenva koafaa eh fonuvaandhey...iba ilaahakee abadhuves dhua ijaaba kurahvaa kuh faafathah afoo
    kurahvaa raskalaange...aamen

  9. ސޮނިފުހެ

    ހާދަ ރަގަޅު ކަމެކޭ