އެމްޑީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވާ، މަޗަންގޯޅި ދެކުނު ދާއިރާ ކެންޑިޑޭޓް އަހްމަދު ހައިތަމްގެ ކެމްޕޭން ޖަގަހައަށް ވަދެ ހައިތަމްއަށާއި އެ ޖަގަހައިގައި ތިބި މީހުންނަށް މަރުގެ އިންޒާރު ދީފިއެވެ. މިދިޔަ ހޮނިހިރު ދުވަހު މައްޗަންގޯޅި ސަހަރާ ކުރިމަތީ ހުންނަ ހައިތަމްގެ ކެމްޕޭން ޖަގަހައިގެ ބިއްލޫރި ގަނޑު ވެސް ވަނީ ތަޅާލައިފައެވެ.

ހައިތަމްގެ ޖަގަހައަށް ވަދެ އިންޒާރު ދީފައި ވަނީ ރޭ 21:30 ހާއިރު ކަމަށް ހައިތަމްގެ ކެމްޕޭން އޮފީހުން ބުނެފައިވެއެވެ. މީހަކު ޖަގަހައަށް ވަދ އިންޒާރުދިން އިރު ހައިތަމް އާއި އޭނާގެ އަންހެނުންގެ އިތުރުން ގިނަ ސަޕޯޓަރުންތަކެއް ވެސް ޖަގަހަ ތެރޭގައި ތިއްބެވެ.

މަންޒަރު ދުށް މީހަކު ބުނިގޮތުގައި އިންޒާރު ދިން މީހާ ވާހަކަ ދެއްކީ ވަރަށް ހަޑި ހުތުރު ބަހުން އެވެ. އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ކެމްޕޭން ޖަގަހައިގެ ފަރާތުން ވާހަކަ ދެއްކި މީހާ ވަނީ ބުނެފައެވެ.

އޭނާ ބުނީ އޭމީހާ އައީ އެތާނގައި ތިބި މީހުންނަށް ހަމަލާ ދޭން ކަމަށައި ނަމަވެސް އެވަގުތު އެތާނގައި ތިބި މީހުންވެގެން ހިފެއްޓުމުން މީހަކަށް އަނިޔާއެއް ނުވީ ކަމަށެވެ. މީއީ ސިލްސިލާކޮށް އެ ޓީމަށް ބިރުދެއްކުމަށް ކުރާ ކަންތައްތަކުގެ ތެރެއިން ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް ހައިތަމްގެ ކެމްޕޭން ޓީމުން ބުނެއެވެ.

އޭގެ އިތުރުން، ހައިތަމް އަށް ފޯނުން ގުޅާފައި ފޯނުން ވެސް ވަނީ ބިރުދައްކާފައެވެ.

މި މިއްސަލަ ވަނީ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށް ހައިތަމްގެ ކެމްޕޭން ޓީމުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝިޢުބު

    ތިޔައިން އެނގޭ އެއްޗަކީ ތީސަރުކާރުގެ ރޭވުމެއްކަން ނުވަތަ ސަރުކާރު ފެއިލް ވެފައިވާކަން

    31
    13
  2. ސައްޕޭ

    ޔާމީނު ދޫކޮށްލީމަ، ތިކަހަލަ ކިތައްމެއް ކަމެއް ހިގާނެ....

    5
    16
  3. މުއްލާ

    އެމްޑީޕީގެ ތެރެއިން އިސްލާމްދީނަށް ފާޅުގައި މަލާމާތްކުރާ، ފާޅުގަ ތިމަންނަ އަކީ މުސްލިމެއްނޫނޭ ކިޔާމީހުންނަށް މަރުގެ އަދަބު ދިނުން ހައްޤު. ނަމަވެސް އެއްވެސް ހަމައެއްނެތި މީހުން މަރައިގެން ނުވަތަ މަރުގެ އިންޒާރުދީގެން ނުވާނެ.

  4. ދޮގެއް؟

    ވޯޓު ހޯދަން އަމިއްލައަށް ރާވައިގެން ގަންނަހާ ސަކަރާތް.