ހައްގު ބަސް ބުނުމަކީ ކޮންމެ މީހަކު ވެރިކަމުގައި ހުރި ނަމަވެސް ކުރަންޖެހޭ ކަމެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް ޑރ.މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

"ހައްގުބަސް ބުނުމަކީ ވަކި ވެރިކަމެއްގައި އެކަނި ކުރަންޖެހޭ ކަމެއް ނޫނެވެ. ކޮންމެ މީހަކު ވެރިކަމުގައި ހުރި ނަމަވެސް ކުރަންޖެހޭ ކަމެކެވެ. ރުޅި އަންނަ ބަޔަކު ރުޅި އައިސް އައިސް ތިބޭށެވެ. ރުޅިވެރިކަމުގެ މަތީގައި މަރުވާށެވެ. ހަމަކަށަވަރުން ހިތްތަކުގައިވާ އެެއްޗެއް ﷲ ދެނެވޮޑިގެންވެއެވެ." ޑރ.އިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ޑރ. އިޔާޒު މިހެން ވިދާޅުވެފައި މިވަނީ ގިނަ ބަޔަކު މިއަދު ދީނަށް ފުރައްސާރަކުރުމާއި އަދި މުޖުތަމައު ތެރޭގައި ބަދުއަހުލާގީ އަމަލު ހިންގުން ފަދަ ކަންކަން އާއްމުވެފައިވާ ދަނޑިވަޅެއްގައެވެ.

އިސްލާމްދީނަށް ފުރައްސާރަ ކުރުން ދުވަހަކު ރާއްޖޭގައި އިތުރު ނުވާ މިންވަރަކަށް މިހާރު އިތުރުވެފައި ވީނަމަވެސް އެކަމަށް ސަރުކާރުން އެއްވެސް އެއްވެސް ފިޔަވަޅެއް އަޅުއްވަމުން ނުގެންދަވާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

އިސްލާމްދީނަށް ފުރައްސާރަ ކުރުމުން ވެސް ސަރުކާރުން ފިޔަވަޅެއް ނާޅާ މައްސަލައިގައި އިޔާޒް އާއި އަދާލަތު ޕާޓީއަށް ނިސްބަތްވާ އިލްމުވެރިން އެކަށީގެންވާ މިންވަރަކަށް ވާހަކަނުދައްކަވާ ކަމަށް ވިދާޅުވެ އެބޭފުޅުންނަށް ވެސް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

އިޔާޒް އަކީ ރައީސް ޞާލިހް ވެރިކަމަށް ގެންދަން ކުރި ކެމްޕޭންގައި ބައިވެރިވެ ވަޑައިގެން މީސް މީޑިއާގައި ރައީސް ޞާލިހަށް ތާއިދު ކުރެއްވި ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ވީރާނާދައްތާ

    ތިމީހުން އެއްޗެކޭ ނުބުނަނީ ކީއްވެގެންބާ؟ ކޮން ކަމެއްބާ ފޮރުވިފަ ވަނީ. އަޅުގަނޑުމެންގެ ހަމަ ލޮލުން ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކަކީ ތޯތޯ ވާހަކައެއްނޫން. މިސަރުކާރު ފެއްޓުނު ފަހުން އިސްލާމް ދީނާއި ޙިލާފު ކަންކަން ކުރުން މިވަނީ ހައްދުން ނައްޓާފަ މިކަން ކަމަށް ސަރުކާރުގެ އެއްވެސް މީހަކު މިހާތަނަށް އެއްވެސް ވާހަކައެއް ނެތް ދައްކާފަ، އެއްވެސް ކަމެއްވެސް ނެތް ކޮށްފަ. ފެންނަނީ އެފަދަ ކަންކަން ސަރުކާރަށް ތާއީދު ކުރާ ބޮޑެތި މީހުން ކުރާ މަންޒަރު. ސަރުކާރަށް ތާއީދު ކުރާ ދީނީ އިލްމުވެރިންވެސް ދެން މި ބުނެލަނީ ހައްގު ބަސް ބުނުމަށް ފަހެއް ނުޖެހޭނަމޭ. އެހެން ކިޔާފަ ހައްގު ބަހެއް ނުއެއްބުނޭ. މިހިނގަނީ ގޮތްނޭގޭ ބޮޑު ރޭވުމެއް

    39
  2. ސިލްސިލާ

    އިޔާޒު އަކީ މޮޅު މީހެއް ނަމަވެސް އިޔާޒުވެސް ހަމަހުރީ ވަރށް ބޮޑަށް ދަށުވެފަ. ވެދާނެ ފަހަރުގަ ޓެރެރިސްޓަކަށް ލޭބަލް ކޮށްފާނެތީ ބިރު ގަންނަނީ ކަމަށް

    42
  3. މުހައްމާ

    މިހާރުދީނަށް ފުރައްސާރަކުރާއިރު ހަނުހުންނަވާތަން މިފެންނަނީ ،، އެއީޖެހިލުންނުވާތީތޯ ؟

    45
  4. ޖަހާންގީރު

    ވަގެކޭ ވަގެކޭ ކިޔާފަ ކުށް ސާބިތު ނުވާނީސް ފާލުގަ އިސްލާމް ދީނަށާއި މުސްލިމުންގެ ނަބިއްޔާއަށް ފުރައްސާރަކުރި މުރުތައްދަކަށް ބާރުތައް ހޯދަދިނީ ކަލޭމެން ކަލޭމެން ބޭނުންހާ ގޮތެއް އެއީ ޙައްޤެއް ނޫން ޙައްޤަކީ ހަމަ އެކަނި އިސްލާމް ދީން

    43
    1
  5. އަހުމަދު ނަސީދު

    ސަރުކާރުން ކުރާކަންކަން ރިތި ވާނެ އެއި ޑިމޮކްރަސީ ގައި އޮއްނަގޮތް. ތިމާގެ ޕާޓީ ކުރީނަ ހަނު ތިބޭނީ، އެއްޗެކޭ ބުނެފިނަމަ ބުނާނީ ޔާމީނޭ މައުމޫނޭ ޤާރޫނޭ،، އެމީހުންގެ ގޯސްވާހަކަ ބުނަންޏާ ފިރިއައުނުގެ ނުބައި ވާހަކަ ދައްކާފަ އެވާހަކަ ދެއްކޭނީ.. ހިތާމަޔަކީ މަޖިލީހަށް އެފަދަ ލާދިނީ މީހުން ވަންނަމުން ދާކަން..

    24
  6. ޕަކާސް

    އަދި ޔާމީން ވެރިކަމަށް ގެންނަން އެބޭފުޅާއަށްވެސް ތާއީދު ކުރެއްވިއެވެ.

    3
    1
  7. ކެޔޮޅު

    އިޔާޒްކުރިޔަސް އެހެންމީހެއްކުރިޔަސް ނުބައިކަމެއް ވާނީހަމަ ނުބައިކަމަކައް އެކަމެއް ރަނގަޅުކަމަކައްނުވާނެ އިޔާޒް ގެ ހިތްވެސް ﷲ ދެނެވޮޑިގެން ވާނެދޯ؟

  8. Anonymous

    މިހާރުދީނަށް ފުރައްސާރަކުރާއިރު ހަނުހުންނަވާތަން މިފެންނަނީ ،، އެއީޖެހިލުންނުވާތީތޯ

    14
  9. Anonymous

    ސަރުކާރުން ކުރާކަންކަން ރިތި ވާނެ އެއި ޑިމޮކްރަސީ ގައި އޮއްނަގޮތް. ތިމާގެ ޕާޓީ ކުރީނަ ހަނު ތިބޭނީ، އެއްޗެކޭ ބުނެފިނަމަ ބުނާނީ ޔާމީނޭ މައުމޫނޭ ޤާރޫނޭ،، އެމީހުންގެ ގޯސްވާހަކަ ބުނަންޏާ ފިރިއައުނުގެ ނުބައި ވާހަކަ ދައްކާފަ އެވާހަކަ ދެއްކޭނީ.. ހިތާމަޔަކީ މަޖިލީހަށް އެފަދަ ލާދިނީ މީހުން ވަންނަމުން ދާކަން..

    11
  10. ޕްރައިވެޓް

    ވަކިމީހަކު ވެރިކަމުގަ ކޮންމެ ކަމެއް ކޮންމެތާކު ވިޔަސް ވެރިމީހާ ކުރިކަމަށް ވަނީ
    ވަކި މީހަކު ހުރީމަ ވަގަކަށްވެސް ވަނީ. ވަރަށް ކެރިގެން ވާހަކަ ދައްކަން އުޅޭ ކަމަށް ހެދިގެން ތިއުޅެނީ. ދީނާ ދެކޮޅު ވާހަކަތަށް ދައްކާ މީހުންނާ ދިމާލަށް އެއްޗެއްބުނަން ކެރުނުތަ. ﷲ އަށް ބިރުވެތި ވާންވީ. ދަރުސްތަކުގަ ހަމައެކްނި ބުނަން އޮތް ބަހެއްނުން އެއީ....
    ތިބޭފުޅާގެ ހިތުުގަ އޮތް އެއްޗެއް ދެނެވޮޑިގެންވާނީ ﷲ

  11. މަރަދޫ ލަތީފު

    އިޔާޒު ހަދާފަ ހުންނަ ވައިބަރ ގުރޫޕު ސެންސަރު ކުރަން ސަރުކާރައް ގޮވާލަން ރޯއައު ގުރާނަ ގޮވާއިރުވެސް އެއައްޖަވާބު އެބަދޭ އަހުލާގުގެ ކަންފުޅެއްވެސް ނެއްމީހެށް މީނަޔައް ޔާމީން ކަމުނުގޮސްގެން ގަޔަޢް ހިނިއަރާފަ މިހާރު ދެން ކީކޭތިކިޔަނީ.. އިޔާޒު ފަތަން ދަނީވެސް އެންމެ އަންހެންކުދިން ގިނަވާވަގުތު ބަލާފަ ފަތާނިންމާފަ ދާވަގުތު އިޔާޒު ފެނުނުމީހަކު ފިރިހެނެއްވިޔަސް މޫނުބުރުގާ އަޅާނެ

  12. ސަންދާނު މޮޔަމީހާ

    އެމްޑީޕީ ވެރިކަމުގާ ށަހިންދާ'؛ އިބުރާ' ދީނަށްފުރައްސާރަ ކުރާއިރު އިސްލާމިކު މިނިސްޓަރ ވީ ހޭނެތިފަ... އިމުރާނު ފިތިފަވީ ކޯޗެކަން ނޭނގޭ އިޔާޒު ތިކުރާ ހިއްވަރަށް ސާބަސް

    1
    1