މިމަހު 21 ވަނަ ދުވަހު ލަންކާގައި ދިން ނިރުބަވެރި ބޮމުގެ ހަމަލާތަކާއި ގުޅިގެން ލަންކާގައި ތިބި ސައުދީގެ ރައްޔިތުން އެގައުމުން ފޭބުމަށް ސައުދީން އަންގައިފިއެވެ.

ލަންކާގައި ހުންނަ ސައުދީގެ އެންބަސީން ކުރި ޓުވީޓެއްްގައި ވަނީ ލަންކާގެ މިހާރުގެ ހާލަތު ހުރި ގޮތުނާއި ބޮމުގެ ހަމަލާއަށް ފަހު ލަންކާ އަދި ރައްކާތެރި ނޫން ކަމަށް ބެލެވޭތީ ލަންކާގައި ތިބި ސައުދީގެ ރައްޔިތުން އެގައުމުން ފޭބުމަށް ނަސޭހަތްތެރި ވާކަމަށެވެ. އަދި ލަންކާއަށް ދިން ހަމަލާގެ ފަހަތުގައިވާ ގްރޫޕުން އެފަދަ އިތުރު ހަމަލާއެއް ރާވަމުންދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ އެމްބަސީން ވަނީ ބުނެފައެވެ.

ބޮމުގެ ހަމަލާތަކާއިގުޅިގެން ސައުދީގެ އިތުރުން އެމެރިކާ އާއި އިސްރާއީލުން ވެސް ވަނީ އެގައުމުތަކުގެ ރައްޔިތުން ލަންކާއިން ފޭބުމަށް އަންގާފައެވެ.

މި މަހު 21 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއަށްފަހު ރޯދަ މަހުގެ ކުރިން އަނެއްކާވެސް ލަންކާއަށް މި ފަދަ ހަމަލާތަކެއް ދީފާނެ ކަމަށް އެގައުމުގެ އިންޓެލިޖެންސް އިދާރާތަކުން ބުނެއެވެ.

21 އޭޕްރިލް ވަނަ ދުވަހު ލަންކާގެ އަށް ތަނަކަށް ދިން ބޮމުގެ ހަމަލާތަކުގައި 250 އަށްވުރެ ގިނަ މީހުން މަރުވެ 500 އެއްހައި މީހުންނަށް އެކިވަރުގެ އަނިޔާ ލިބުނެވެ. މި ހަމަލާތައް ދިނުމުގައި އަމަލީގޮތުން 9 މީހަކު ބައިވެރިވިއިރު، ހަމަލާގެ ޒިންމާ ނަގާފައިވަނީ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި އިސްލާމިކް ސްޓޭޓްސް (އައިސިސް) ޖަމާޢަތުންނެވެ. މިއީ ފަހުގެ ތާރީޚެއްގައި ވެސް މި ސަރަޙައްދުގެ ޤައުމެއްގައި ދިން މިފަދަ އެންމެ ވަރުގަދަ ހަމަލާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދދދދދފ

    ފައިބާ ފައިބާ. ކާފަރުންނާ ކާފަރުންނާ ވައިތިއްބާފަ މުސްލިމުން އެކަތިގަނޑަކަށް ވެބަލަ. ތި ކާފަރުންތަކާއެކު ރައްޓެހި ރަހުމަތްތެރި ކަމުގަވެސް އުޅެން އުޅޭނެ ކަމެއް ނެތް. އަދާވާތްތެރިކަމުގަ ހައްދުފަހަނައަޅާފަ ތިބި ބައެއް.