ޏ. ފުވައްމުލަކުގައި ގުރޫޕަކުން ހިންގި މާރާމާރީއެއް ޒުވާނަކަށް ތޫނު އެއްްޗަކުން ހަމަލާދީފިއެވެ.

މި މާރާމާރީ ހިނގާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، ރޭ ދަންވަރު 2:52 ހާއިރު ފުވައްމަލަކުގައި ގުރޫޕަކުން 32 އަހަރުފެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ، މި މާރާމާރީގައި އެ ޒުވާނާއަށް ސީިރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޕީޖޭ

    ފުރުސަތުގެ ފުރުސަތު ފެށެނީ

  2. ޙަސަނު

    މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
    ބލވރކމއތ މ ދޯ !