މާފުށީ ޖަލުގައި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ފަރާތުން އަނިޔާ ލިބުނު ގައިދީންނާއި މިއަދު ކޯޓަށް ގެންނަން ޖެހޭ ގައިދީން މާލެ ނުގެންނަން ކަރެކްޝަނަލް ސާވިސް އިން ނިންމާފައިވާ ކަމުގެ މައުލޫމާތު "ވަގުތު" އަށް ލިބިއްޖެއެވެ.

ގައިދީންގެ ހާލަތު އެނގޭ ފަރާތަކުން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ފަރާތުން އަނިޔާ ލިބުނު މީހުން މިއަދު މާލެ ގެނެސް ޑޮކްޓަރަށް ދައްކައިދޭނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އިއްޔެ ދެއްވި ނަމަވެސް މިއަދު ގައިދީން މާލެ ނުުގެންނަން ނިންމާފައިވާ ކަމަށެވެ.

"މާލެ ގެންނަ ގައިދީން ކޮންމެ ދުވަހަކު ވެސް ހެނދުނު ހަތެއް ޖަހާ ކަންހާއިރު ފެރީގައި މާލެ ފުރުވާލާނެ. 08:30 ހާއިރު މާލެ އާދެވޭނެ ކޮންމެ ދުވަހަކު ވެސް. ނަމަވެސް މިއަދު އެއްވެސް ގައިދީއަކު އަދި މާލެ ގެނައުމަށް ގޮޅިން ނެރެފައެއް ނުވޭ. ބެލެވޭ ގޮތުގައި މިއަދު ދެން އެއްވެސް ގައިދީއަކު މާލެ ނުގެންނާނެ." އޭނާ ބުންޏެވެ.

އޭނާ ބުނީ ގައިދީން މާލެ ނުގެންނަ ސީދާ ސަބަބެއް ސާފު ނުވާކަމަށާއި ނަމަވެސް މިއަދު ޝަރީޢަތައް ގެންނަން ޖެހޭ މީހުންގެ ތެރޭގައި ބުރާސްފަތި ދުވަހު ބޮޑަށް އަނިޔާވި މީހުން ވެސް ހިމެނޭތީ އެއަނިޔާތައް އެހެން ބަޔަކަށް ފެނިދާނެތީ މާލެ ނުގެންނަނީ ކަމަށްވުން އެކަށީގެންވާ ކަމަށެވެ.

މާފުށީ ޖަލުގައި ބުރާސްފަތި ދުވަހު ހިނގި ހަމަނުޖެހުންތަކަށް ފަހު ޖަލުގެ ހާލަތު މިހާރު ހަމައަކަށް އެޅިފައި ވީނަމަވެސް މިއަދު ގައިދީން މާލެ ނުގެނެސްފިނަމަ އިތުރު ހަމަނުޖެހުންތަކެއް ހިންގުން އެކަށީގެންވާ ކަމަށް "ވަގުތު" އަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

މާފުށީ ޖަލުގައި ތިބި ގައިދީން މާލެ ނުގެންނަނީ ކީއްވެ ކަމެއް ކަރެކްޝަނަލް ސާވިސް އަކުން ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އެޖެންޑާ ނަވާރަ

    ގައިދީން އެމީނުންގެ ސައިޒުގަ ތިބެބަލަ، އެމީހުނައް ކިޔަނީ ޓުއަރިސްޓުންނޭ އެއްނޫނެއްނުން އެހެނވީމާ ގައިދީން ގެންގުޅެން ޖެހޭނީ ރިޖެކްޓް ކަންނެލި ގެންގުޅޭ އުސޫލުން، މިބުނީ ބަސްނާހާ ގައިދީންގެ ވާހަކަ، ސައިޒު އޮޅިގެން ދެންވެސް ނޫލޭތި.

    25
    25
    • ކޮކީ

      ކަލޭމެންނަށް ބޮޑު ކަމަކަށް ވާނީ ބުޅަލަކަށް ނޫނީ ދޫންޏަކަށް އަނިޔާވުމުންނެވެ. މުސްލިމުން ނުވަތަ އިންސާނުންނަށް އަނިޔާކޮށް ހައްގުނޫން އަދަބުދީ މަރުވެދާއިރުވެސް ކަލޭމެން ކަހާތަން ހިރުވާވެސް ނުލާނެއެވެ. މުޝްރިކުންނާ ޔަހޫދީންގެ އެކުވެރީންނޭވެ މުސްލިމުންނަށް އަނިޔާވެރި ނުވާށެވެ. އެބައިމީހުންގެ ވެރި ރައްބު ކަލޭމެންގެ ކިބައިން ބަދަލު ހިއްޕަވާނެކަން ކަށަވަރެވެ.

      18
  2. ސދ

    ގައިދީންނައް ލުޔެއްދީފިނަމަ ހައްދުފަހަނައަޅާނެ

    15
    14
  3. ހުސެން

    ބޭސް ފަރުވާ އިން މަރުހޫމް ކުރުމަކީ އަނިޔާ އެއް ،މިއީ ގަދަ ކަމެއްތަ މަހުލޫފު.؟ކަޑަސަރުކާރު

    22
    3
  4. ނަސީދު

    ޢަނެއްކާ ހަވަޔަ ފަޒާއައް ބަަޑި ޖެހީތޯ

    12
    3
  5. ބާރގްލަރ

    މިފަހަރު ސިފައިންނާއި ފުލުހުންގެ ފަރާތުން ޔާމީނަށް ކަމެއް ނުކުރެވުނީމަ،ގައިދީން ލައްވާ ކޮންމެވެސް ހައިޖާނެއް އުފެއްދޭތޯ އެބަލަނީ.

    10
    16
  6. Anonymous

    ޙައް ހައް ހައް

  7. މަރީ

    ގަދީންނަށް އެމީހުންގެ ސައިޒު ނޭގޭ މިހެންވާންޖެހޭސަބަބަކީ ގައިދީން އުޅެނީވަރައްފެންވަރުގައި ކޯޗެއްތޯއޭ ގައިދީންނަށް ނުޅިބެނީ މަސްތުވާ ތަކެތިޅިބޭ ފޯނުޅިބޭ އންޓަނެޓުޅިބޭ މިމަގު ފަހިކޮއްދެނީ އޮފްސަރުންކަން އިގޭތޯ އަދިގައިދީން މީހުންގެ އެކައުންޓުގައި ހުންނަ ރުފިޔާ އޮޅުވާއިގެން އެބަނަގާ މީ ހިތާމަކުރަންޖެހޭކަމެއް މިކަންކަން ބަޅާފިޔަވަޅު އަޅާނެކަމަށް އުމްމީދުދުރަން އޮފްސަރުން ގައިދީންނަށް ބައްތި ފޯނެއް ވިއްކަނީ 5000 ރ ޔާ

  8. Anonymous

    ގެންނާނެ ކަމެއް މެތް

    4
    4
  9. ޢާބިރު

    ޢެމްޑީޕީސް ބުނާގޮތުން ވިއްޔާ ތިޔަ އެމީހުންގެ ރައިޓްސްއަށް އަރައިގަނެވުނީ . ޥެރިކަމުގައި އެހެންބައެއް ތިބިދުވަހެއްނަމަ މިހާރު މާލޭގެ މަގުތަކަށް ނިކުމެ ނޮހިރޮއްޕާންކުރާނެ ތިޔަބުނާ ކުއްވެރިން މާލެނުގެނެސްގެން.

    20
    2
  10. އެޖެންޑާ 5

    ގައިދީންގެ ސައިޒު އޮޅިގެން އުޅޭތީ ވާގޮތްމީ، ނަސީބެއްނު ޖައްވައް ހަވަޔައް ފަޒާޔައް ބަޑި ނުގެހިކަން، ގައިދީންނައް ކޮންމެހެން މާބޮޑު ލުއިތަކެއް ދޭން ނުޖެހޭ.އެހެންނަމަވެސް އެމީހުނައްވެސް ނުހައްގުން އަނިޔާކޮއްގެން ނުވާނެ.

    5
    1
  11. ޖަލު

    އަނިޔާވެރިކަމާ ދެކޮޅަށް އިންސާފު ޤާއިމްކުރަން އާ ސަރުކާރުން ކުރިހާވެސް ކަމަކީ ޤައުމުގެ މިނި ވަންކަންނަގާލާ ރައްޔަތުންނަށް އަނިޔާކުރުން ޖަލުގެ މީހުން ބޭސްކުރަން ނުގެންނަނީ އަނިޔާލިބިފަ ބަޔަކު މިޤައުމުގަ ތިބިކަން ކަރެޕްޝަން ރައީސް އަށް އެގިވަޑައިނުގަންނަވަނީތާ

  12. މަހޭޝް

    އެއްގޮތަކަށްވެސް ގައިދީއަކު މާލެ ގެންދާނެ ކަމެއް ނެތް އެމީހުންނާއެދި މުޅި ގައުމު މިދަނީ ހަލާކުވަމުން.

    2
    4