މިވީ ކިހިނެއް ހެއްޔެވެ؟ އާދީއްތަ ދުވަހު ބޭއްވި ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާ އިއުލާންކުރުމާއެކު އެންމެންގެ ހިތާއި ސިކުނޑީގައިވެސް އުފެދިގެން އައީ މި ސުވާލެވެ. އިދިކޮޅު އެމްޑީޕީ، ޑިމޮކްރެޓްސް، އަދި ޕީއެންއެފްއަށް ވެސް ބޮޑު ތަނުން ނޫނެކޭ ބުނެ، ސަރުކާރު ކޯލިޝަނަށް މަޖިލީހުގެ ސުޕަމެޖޯރިޓީއާއެކު ހަގީގީ މާނައިގައި ގައުމުގެ ހުންގާނު ހަވާލުކުރުމުންނެވެ. ދިވެހި ރައްޔިތުން އާދަޔާއި ހިލާފު ސާފު މެސެޖެއް ވޯޓުން ދިނުމުންނެވެ. އެހިސާބުން މުޅި ސޯޝަލް މީޑިއާ ހޫނުވެ ލޯޑު ބޮޑުވާން ފެށިއެވެ. އުފާ ފާޅުކުރާ މީހުން އުފާ ފާޅުކުރުމުގައި އަވަދިނެތި އުޅުނުއިރު އެއްބަޔަކު އުޅުނީ ބަލިވި ކެންޑިޑޭޓުންނާއި ޕާޓީއަށް ޖޯކު ޖަހައި މީމް ހެދުމުގައެވެ. ވަގުތީ ނަތީޖާ އިއުލާންކުރުމުން ކަރުނައަޅާ އެތައް…