ރާއްޖޭގެ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލް އުސްތާޒު މައުމޫން އަބްދުލް ގައްޔޫމްގެ އުނގުގައި އިންޑިއާގެ ކުރީގެ ރައީސާ ސޯނިއާ ގާންދީ އިންނަވާ ފޭކް ފޮޓޯއެއް، މީސް މީޑިއާގައި ވައިރަލް ވެއްޖެއެވެ.

އެކަން އެގޮތަށް ކޮށްފައި ވަނީ އިންޑިއާގައި މިހާރު ވެރިކަން ކުރާ ބީޖޭޕީން އެންޓި ކެމްޕޭން ކުރުމުގެ ގޮތުންނެވެ. އެ ފޮޓޯ ލުމަށްފަހު ފޭސްބުކްގައި ހިންދީން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ކޮންގްރެސް ޕާޓީގެ މީހުންގެ މިސާލަކީ މިއީ ކަމަށެވެ. އެ ފޮޓޯއަކީ 2012 ވަނަ އަހަރުވެސް ދައުރުކުރި ފޭކް ފޮޓޯއެކެވެ.

ފޮޓޯ އަނެއްކާވެސް މީސް މީޑިއާގައި ވައިރަލް ވާން ފެށުމުން، އޭއެފްޕީން ވަނީ ފޮޓީގެ ހަގީގަތް ހާމަކޮށް ހާއްސަ ބަޔާނެއްވެސް ނެރެފައެވެ. އެއީ މައުމޫނާއި ސޯނިއާ ބައްދަލު ކުރި ފޮޓޯއަކުން ނަގާފައިވާ ފޮޓޯއެއް ބޭނުން ކޮށްގެން ހަދާފައިވާ ފޭކް ފޮޓޯއެކެވެ. އޭއެފްޕީން ބުނެފައި ވަނީ އެ ފޮޓޯއަކީ 29 މާޗު 2005 ވަނަ އަހަރު އިންޑިއާގެ ނިއު ދިއްލީގައި މައުމޫނާއި ސޯނިއާ ބައްދަލުކުރި ބައްދަލުކުރުމުގެ ފޮޓޯއެއް ކަމަށެވެ.

އެ ފަހަރު މައުމޫން ވަނީ ހަ ދުވަސް ވަންދެން އިންޑިއާގައި މަޑުކުރައްވާފައި ކަމަށްވެސް އޭއެފްޕީން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލޮލް

    ފޭކެއް ނަމަވެސް ބެއްޔާގެ ރަންޒަމާނުގަ ކޮންމެސް "ފާތު" އެއްގެ ދައުރު ދައްކައިދޭ ފޮޓޯއެކޯތީ..!

    33
    9
  2. ސަޒީ

    ހީނާ ވަލީދު މައުމޫނުގެ އުންގުގައި އިން ފޮޓޯ ދައުރު ވިނަމަ މާ ތާހިރު ވާނެ. މައުމޫނު އާ އެއް އެދަކު އޮތް ފޮޓޯ. އާރަށުގައި ޖަންގިޔާ ކޮޅާ އެކީ މައުމޫނު އުޅުނު ފޮޓޯ ވެސް ހަމަ ތިޔަށް ވުރެ މާ ސަޅި.

    12
    34
  3. ކަކަކަ

    ހަހަހަހަ. މިހިރަ ބެއެއް ދޯ؟ ނާދިރާ ހިތަށް ކިހާ އަސަރެއް ކުރާނެ.

    50
    11
  4. ކިންގު

    ބެއްޔާ އަކީ ބަތަލެއް???

    15
    3
  5. އަބުރު

    މަޢުމޫންވީ އިންޑިޔާއަށް އަބުރުގެ ދައުވާކޮށް ބިލިއަނެއްހާ ޑޮލަރު އަތުލަން، އޭރުން އެނގިގެންދާނެ މަޢުމޫނު އިންޑިޔާއަށް ސަޕޯޓުކުރާވަރު.

    9
    2
  6. ވިސްނާ

    ހިލޭއަންހެނަކާއި،ހިލޭފިރިހެނަކު މިހެންގައިގޯޅިވެއުޅުމަކީ އިސްލާމްދީން ހުއްދަނުކުރައްވާކަމެއް މިއީޒިނޭކުރުންފަދަ އަމަލެއް ދީނީޢިލްމުވެރިކަމުގެތާކިހާތުރުކުރައްވާއުމޫންބޭފުޅާއަށްމިކަންމާބޮޑަށް
    އެގިލައްވާނެ ނަމަވެސް މިހާބޮޑުކަމެއް މައުމޫންބޭފުޅާ( ފޭކްކަމުގައިވިއަސް) ބޮލުގައި އަޅުއްވާފައިވާއިރު މިކަމަށް ރަށްދުނުދެއްވާތީ ބެލެވެނީ މިއީހަގީގަތެއްކަމަށް ނޫނީ އިންޑިޔާއަށްހުރި ލޯތްބެއްގެބޮޑުކަމުން ރަށްދުނުދެއްވާކަމަށްވެދާނެ އިންޑިޔާގައި ރޭޕްކުރުންގިނަވެފައި ބުދަށާއެހެންތަކެއްޗަށްއަޅުކަންކޮށް ﷲއަށް ޝަރީކުކުރުމުންވެސް އިންޑިޔާއަށްހުރިލޯތްބެއްގެބޮޑުކަމުން އިންޑިޔާއާއިގުޅުންބަދަހިކުރައްވަން ބޭނުންވެލެއްވިއަސް ތިމާގެއަބުރުނަގާލައި އިސްލާމްދީންހުއްދަނުކުރައްވާކަމެއްބޮލުގައި އަޅުވާއިރު އެކަމަށް
    ރަށްދުނުދެއްވާހުންނަވާކަމީ ،،،،،،،،،،،،،،،