ހެލްމެޓް އަޅައިގެން ގޮސް، ތޫނު ހަތިޔާރާއެކު ބިދޭސީއަކަށް ބިރު ދައްކާ، ބައިލައްކަ ރުފިޔާ ފޭރިގެންފިއެވެ.

މިއަދު މެންދުރު 12:15 ހާއިރު، ލަންސިމޫ ގޯޅިން ހިނގާފައި ދިޔަ ބިދޭސީއަކަށް ތޫނު އެއްޗަކުން ބިރު ދެއްކުމަށްފަހު ފޭރުނު މީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ފުލުހުން ބުނެފައި ވަނީ ހައްޔަރު ކުރެވިފައި ވަނީ 20 އަހަރުގެ ފިރިހެނެއް ކަމަށާއި، އެމީހާ އަތުލައިގަތީ ފައިސާތައް ފޭރިގެން ދުވެފައި ދަނިކޮށް ކަމަށެވެ.

އެ ސަރަހައްދު ޕެޓްރޯލް ކުރަމުންދިޔަ ފުލުސް މީހާ، ފައިސާ ވަގަށް ނެގި މީހާ ހައްޔަރު ކުރީ ބައި ލައްކަ ރުފިޔާއާވެސް އެކީގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހްމަދު

    ތިޔަ ސޮރުގެ ފޮޓޯ އާއި ވަނަވަރު އަދި މައިން ބަފައިންގެ ވަނަވަރުވެސް އާންމުކުރުން އެދެން. އޭރުން މިފަދަމައްސަލަތައް މަދުވެދާނެކަމުގައި ލަފާކުރެވޭ.

    26
    1
  2. ހައްލަކީ އިންސާފް

    ހައްލަކީ ތަހްޤީގައް ފަހު ފިޔަވަޅުއެޅުން، ކިތަންމެދީން މޮޅަސް ވަގުން ތިބޭނެ ހުރިހާ ދީނެއްގަވެސް ހުރިހާޒަމާނެއްގަވެސް

  3. ާAhmed

    އަވަހަށް އަތްކަޑާ.