ހިފްޡުކޮށް ތަރާވީޙް ނަމާދުކުރުމަށް ލަންދޫ އަށް ގެންނަ ހާފިޡުގެ ވިސާވެސް ހަމަނުހެޖޭ ކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެއްޖެ އެވެ.

މިކަމާއި ގުޅޭގޮތުން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ލަންދޫ ކައުންސިލްގެ ރައީސް ސިނާން ޢަބްދުލްޣަނީ ވިދާޅުވީ، އިސްލާމިކް ފައުންޑޭޝަނާއި ގުޅިގެން ގެންނަން މަސައްކަތް ކުރާ ހާފިޡަކީ ލަންކާ އަށް ނިޞްބަތްވާ ޙާފިޡެއް ކަމަށާއި، ވިސާ ލިބުމާއި މެދު މިއަދުގެ ވަގުތެއްގައި ގޮތް ތަކެއް ހަމަޖެހޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އިސްލާމިކް ފައުންޑޭޝަނާއި ގުޅިގެން މިދިޔަ އަހަރުވެސް އަޅުގަނޑުމެން ގެނައީ. މިފަހަރު މި ގެންނަނީ ލަންކާ މީހެއް. ވިސާ ނުލިބި ލަސްވަނީ ލަންކާގައި މިހާރު ހިނގަމުންދާ ކަންތައްތަކުގެ ސަބަބުން ކަމަށް ޤަބޫލުކުރެވެނީ. ވިސާ ލިބޭކަންވެސް ނޫނީ ނުލިބޭ ކަންވެސް މިއަދު އެނގޭނެ." ސިނާން ވިދާޅުވިއެވެ.

ރ އަނގޮޅިތީމާއި އެއަތޮޅު ވާދޫ އަށްވެސް ޙާފިޡަކު ގެނައުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

އެ ދެރަށަށްވެސް ގެނައުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނުގެ ދެ ޙާފިޡުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖޫ

    ތީގެ އެއްވެސް ގޮލައެއްގެ ވިސާ ހަމަ ޖައްސާނެ ކަމެއް ނެތް އިބޫ.

  2. މަނަދޫ މީހާ

    މިއޮތީވާ ސަރުކާރެއް މިވަރުކަމެއްވެސް މެނޭޖުކުރަންނޭންގޭވިއްޔަ