އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވިއެވެ.

"ހަމަކަށަވަރުން ދުވަހަކުވެސް އެއްވެސް ހެޔޮ ޢަމަލެއް ނުކުރާ މީހެއްވިއެވެ. (އޭނާ ކުރާ ކަމަކީ) މީހުންނަށް ލޯނުދިނުމެވެ. ދެން އޭނާ އެމަސައްކަތް ހަވާލުކޮށްފައިވާ މީހާކައިރީގައި ބުންޏެވެ. މީހުންނަށް ދޭން ފަސޭހަވީ ބައި ނަގާށެވެ. އުނދަގޫވީ ބައި ދޫކޮށްލާށެވެ. އަދި އެބައި މާފުކުރާށެވެ. ފަހަރެއްގައި ﷲ އަހަރެމެންގެ މައްޗަށްވެސް ދޫކޮށްލައްވަފާނެއެވެ.

ދެން އޭނާ މަރުވުމުން ﷲ ވަޙީކުރެއްވިއެވެ: ތިބާ ދުވަހަކުވެސް ހެޔޮ ޢަމަލެއް ކުރީންހެއްޔެވެ؟

އޭނާ ބުންޏެވެ: ނޫނެކެވެ. އެކަމަކު އަހަރެންނަށް (މަސައްކަތްކޮށްދޭ) ފިރިހެން ކުއްޖެއްވިއެވެ. ދެން އަހަރެން މީހުންނަށް ލޯނުދީހަދަމެވެ. ދެން އެކަންކަން ނިންމަން(ފައިސަލާކުރަން) އަހަރެން އޭނާ ފޮނުވި ހިނދު ބުނީމެވެ. މީހުންނަށް ދޭން ފަސޭހަވީ ބައި ނަގާށެވެ. އަދި އުނދަގޫވީ ބައި ދޫކޮށްލާށެވެ އަދި މާފުކުރާށެވެ. ފަހަރެއްގައި ﷲ އަހަރެމެންގެ މައްޗަށް ދޫކޮށްލައްވަފާނެއެވެ.

ދެން ﷲ ވަޙީކުރެއްވިއެވެ: ތިބާގެ މައްޗަށް ދޫކޮށްލައްވައިފީމެވެ (ފާފަ ފުއްސަވައިފީމެވެ.)"

މިވާހަކައިން ލިބޭ ޢިބުރަތްތައް:

ހ. ގަނެވިއްކުމާއި ލޯނު ދިނުމުގައި މީހުންނަށް މާފުކޮށްދިނުމުގެ މާތްކަމާއި އަދި އެކަމުގައި ހުރި ހެޔޮކަން.
ށ. ﷲގެ ރަޙުމަތުގެ ތަނަވަސްކަން.
ނ. ފަޤީރުންގެ ލޯނުތަކާއި ދަރަނި މާފުކޮށްދިނުމުގެ މާތްކަން.
ރ. ﷲ ސުބުޙާނަހު ވަތަޢާލާ މީސްތަކުންނާއި މުޢާމަލާތްކުރެއްވުމުގައި އޭނާ އެހެން މީހުންނާއި މުޢާމަލާތްކުރުމުގައި ކަންތައްތައް ކުރާ ގޮތަށް އޭނާއާ މެދު ޢަމަލުކުރައްވައެވެ.
ބ. މީސްތަކުންނާއި ބައިވެރިވެ އެމީހުންގެ ތެރެއަށް ނުކުމެ މީހުންނަށް މަންފާކޮށްދީ ހެދުމުގެ ފައިދާއާ އަދި އެކަމުގެ މާތްކަން.
ޅ. އެހެން މީހުން ތިމާގެ މުޢާމަލާތްތައް ކުރުމަށް ފޮނުވުން ހުއްދަކަން.

(ޙަދީޘްގެ މާނަ، ޙަދީޘްގެ މަޞްދަރު: ސުނަނު ނަސާއީ (4708) އަދި ޞަޙީޙް ބުޚާރީ އަދި މުސްލިމް)
والله أعلم وصلى الله وسلم على محمد وآله وصحبه أجمعين.

ކިޔުންތެރިންގެ ހިޔާލު