ދެކުނު ކޮރެޔާ މީހަކު ކަނު މީހަކަށް ހެދިގެން 8 އަހަރު ދުވަހު އުޅެނިކޮށް އެންމެ ފަހުން ކާރު ދުވަނިކޮށް އެތަށް ބަޔަކަށް ފެނިއްޖެއެވެ.

އުމުރުން 41 އަހަރުގެ މިމީހާ ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ހެދިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އިނާޔަތް ހޯދަމުންދާތާވެސް ވަނީ 8 އަހަރުވެފައެވެ.

ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން ދެކުނު ކޮރެއާގެ ފުލުހުން ބުނީ ބަލިމީހަކަށް ހެެނދި ދޮގުހަދައި އޮވާލާއި އަސްލު ހާލަތު ނޫން އެހެން ހާލަތެއް ދައްކައިގެން ޕެންޝަނާއި ނުކުޅެދުންތެރިކަމާ ބެހޭ ގާނޫނާ ހިލާފަށް އިނާޔަތް ހޯދަމުން ދިޔަ މީހެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، އޭނާއަކީ ކާކުކަން ފުލުހުން ހާމަކޮށްފައި ނުވެއެވެ.

މި މީހާ ހެދި ދޮގުތަށް ފަޅާއެރީ ބޭޒާރުވީ މާޒިވެދިޔަ 8 އަހަރު އޭނާއަކީ އެއްގޮތަކަށްވެސް ލޮލަށް ނުފެންނަ މީހަކަށް ހެދިގެން އުޅެމުން ދަނިކޮށް އޭނާ އޭނާގެ ކާރު ދުއްވާފައި އައިސް ޕާކުކުރަނިކޮށް ފުލުހުންނަށް ފެނިގެނެވެ.

ފުލުހުން ބުނި ގޮތުގައި މި މީހާ އަކީ ލޮލުގެ މައްސަލައެއް ޖެހި ކޮންމެވެސް ވަރަކަށް ލޯ އަނދިރިވެފައިވީ ނަމަވެސް އާދައިގެ މީހެއްގެ ގޮތުގައި އުޅެވޭވަރަށް ލޮލަށް ފެންނަ މީހެކެވެ.

ފުލުހުން ދިޔައީ ދެކުނު ކޮރެޔާގެ އެންޓި-ކޮރަޕްޝަން އެޖެންސީއަށް މި މީހާއަށް ސައްކު ކުރެވޭތީ ރިޕޯޓުކުރުމުންނެވެ.

ދެކުނު ކޮރެއާގެ ފުލުހުން ބުނި ގޮތުގައި ކަނަކަށް ހެދިގެން އުޅުނު މީހާ ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ އިނާޔަތުގެ ގޮތުގައި 1 މިލިއަން ޑޮލަރު ފާއިތުވި 8 އަހަރު ދުވަހު ނަގާފައިވައެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ކަނު ހެދިގެން ފައިސާ އާއި ނާޖާއިޒު ފައިދާތަށް ހޯދާ މީހުން ވަރަށް ގިނައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސާމިޔާ

    8 އަހަރުފަހުން އޭނާއަށް ފެނުމުގެނަސީބު ލިބުނީކަމަށްވެސްވެދާނެ ؟