ފާއިތުވި 94 އަހަރުގެ ތެރޭގައި އެމެރިކާގެ އުތުރު ކެރޮލައިނާއަށް ނާންނަވަރުގެ ބާރުގަދަ ބިންހެލުމެއް އެސަރަހައްދަށް މިއަދު އަތުވެއްޖެއެވެ.

އެމެރިކާގެ ޖިއޮލަޖިކަލް ސާވޭ އިން ބުނާ ގޮތުގައި ބިންހެލުން އައިސްފައި ވަނީ އުތުރު ކެރޮލައިނާ އާއި ވާޖީނިއާ ގުޅޭ ސަރަހައްދީ އިމުގައި އޮންނަ ސްޕާޓާ ނަމަކަށް ކިޔާ އަވަށަކަށެވެ. ބިންހެލުމުގެ ބާރުމިން ރެކޯޑް ކުރެވިފައި ވަނީ 5.1 މެގްނެޓިއުޑްގައެވެ.

މިއީ 1926 ވަނަ އަހަރަށް ފަހު މި ސަރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. ބިންހެލުން އައިސްފައި ވަނީ ކެރޮލައިނާގެ ގަޑިން ހެނދުނު 08:07 ގައެވެ. ބިންހެލުމުގެ ލޮޅުން 300 މޭލު ދުރުގައި އޮތް އެރިޒޯނާ އަށް ވެސް ވަނީ އިހްސާސް ކުރެވިފައެވެ. އޭގެ އިތުރު ދެކުނު ކެރޮލައިނާ އާއި ޖޯޖިއާ އަށް ވެސް ވަރަށް ގަދައަށް ބިންހެލުމުގެ ލޮޅުން އިހްސާސް ކުރެވުނެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި ބިންހެލުމާއި ގުޅިގެން ވަނީ "ގްރީން އެލާޓެއް" ނެރެފައެވެ. އެއީ ބިންހެލުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައި ނުވާތީއެވެ.

ނަމަވެސް ބިންހެލުމުގެ ސަބަބުން ބައެއް އިމާރާތްތަކަށް ވަނީ ގެއްލުން ލިބިފައެވެ. ފިހާރަތަކުގެ ހަރުތަކުގައި ހުރި ބައެއް މުދާތަކަށް ވެސް ބިންހެލުމުގެ ސަބަބުން ގެއްލުންތައް ލިބިފައި ވެއެވެ. ބިންހެލުމުގެ ސަބަބުން މީހަކު މަރުވި ކަމުގެ ރިޕޯޓެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ.

އުތުރު ކެރޮލައިނާ އަކީ ބިންހެލުންތައް ވަރަށް މަދުން އަންނަ ސަރަހައްދެކެވެ. އެސަރަހައްދަށް އެންމެ ފަހުން އައި ބާރުގަދަ ބިންހެލުމަކީ 1926 ވަނަ އަހަރުގެ ޖުލައި 08 ވަނަ ދުވަހު 5.2 މެގްނެޓިއުޑްގައި އައި ބިންހެލުމެވެ. އޭގެ ކުރިން 1916 ވަނަ އަހަރު 5.5 މެގްނެޓިއުޑްގައި އެސަރަހައްދަށް ބިންހެލުމެއް އައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލްޖިބްރާ

    އެމެރިކާ މީހުން ތިބޭނީ ނިދާފަ ! އެމީހުން ހެއެއް ނާރާނެ ! އަދިވެސް ވާވަރު ކުޑަ !

    1
    2