ކެމިކަލް ގުދަނެއްގައި ރޯވެ ރޭހިނގި ވަރުގަދަ އަލިފާނުގެ ހާދިސާއަށްފަހު އެފަދަކަމެއް ތަކުރާރުވިޔަ ނުދިނުމަށް މާލެގެ ސަރަހައްދުތަކުގައި ހުރި ގުދަންތަކުން ކެމިކަލް ފީފާތައް މީހުން އުޅޭ ސަރަހައްދުތަކާ ދުރަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކުން ފެންނަ ގޮތުގައި ގަލޮޅު ފެހިމާގޭގައި ހުންނަ ގުދަނަކުން މިހާރު ވަނީ ކެމިކަލް ފީފާތަށް ނެރުމުގެ މަސައްކަތް ފަށާފައެވެ. އަދި މާލޭގެ އެހެނިހެން ސަރަހައްދުތަކުގައި ހުންނަ ގުދަންތަކުންވެސް މިފަދަތަކެތި ހުސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާއާ ގުޅިގެން ޑިފެންސް މިނިސްޓަރ މާރިޔާދީދީ ވިދާޅުވީ، މާލޭގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ 126 ގުދަނެއް ހުރިއިރު އޭގެތެރެއިއިން 82 ގުދަން ހުރީ މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މާލޭގައި ހުއްދަ ދޫކުރެވިފައި ވަނީ ފާހަނާ ސާފުކުރުމަށް ބޭނުންކުރާ ކެމިކަލާއި ކުލަ އާއި ތިނަދާއި ދަނޑުވެރިކަމަށް ބޭނުންކުރާ އެކި ބާވްތަތަކުގެ ކެމިކަލްފަދަ ވިޔަރާފީގެ ބޭނުމަށް އެތެރެކޮށްފައި ހުންނަ ކެމިކަލް ގުދަން ކުރުމަށް ކަމަށެވެ.

ރޭ 7:20 ހާއިރު ހ.ތިލަފުށި ގޭގައި ހުންނަ ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާވަނީ އަންހެނަކު ނިޔާޥެފައެވެ. އަދި އެ ކެމިކަލް ގުދަނުގައި ރޯވުމުގެ ސަބަބުން އަލިފާންގަނޑު އިތުރަށް ފެތުރި އެގެ ހުންނަ ސަރަހައްދުގައި ހުރި އިތުރު ތިން ގުދަނަކަށާއި، ހަ އިމާރާތެއް ވަނީ އަނދާ ހުލިވެފައެވެ.

މި ހާދިސާގައި އދުމުގެ އަސަރު ކުރުމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. އަދި ގެދޮރު ނެތި އެތައް އާއިލާއަކަށް މިހާރުދަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖެމަންޓް ސެންޓަރ އަދި ދިވެހި ރެޑްކްރަސަންޓުގެ ފަރާތުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖބވޗ

    ރާއްޖޭގެ ރައްޔިތުންނަކީ ކަމެއްދިމާވީމާ ފިޔަވަޅު އަޅާމީހުން. ލޯންޗު ބަންޑުންޖަހާ މީހުން ނިޔާވީމަ ލައިފް ޖެކެޓް މަޖްބޫރު ކުރުން. އަލިފާން ރޯވެ އަނދާ ހުލިވީމަ ގުދަންތައް އެހެން ތަނަކަޢް ބަދަލުކުރުން. މިކަމާ ގުޅިގެން ދުރާލާ ފިޔަވަޅު އަޅައިފިނަމަ ފިޔަވަޅު އެޅިމީހުން ގޯސްވާނީ
    އެހެންވީމަ އޭޑީކޭން ހެދި ދިރާސާ އިން ދައްކާގޮތުގަ ދިވެހިންގެ ސިކުނޑީގަ މައްސަލަ އުޅެކަމަށް އެބުނާ ބުނުމުގައި ހަގީގަތެއް ވޭ.

    މާލެފަދަ ތޮއްޖެހިފައިވާ ކުޑަކުޑަ ބިމުގައި އެ ބުނަނީ ކެމިކަކް ގުދަނުފެ 126 ގުދަން ހުރިވާހަކަ. ގަމަ ގައިމު ކެމިކަލް އެތެރެ ކުރުމާ ވިެްކުމާ ގުދަން ކުރާނީވެސް ވަކި ގަވާެިދަކުން. މިކަމަށް ހުއްދަ ދޭ ފަރަތަކުން ބަލާ އިންސްޕެކްޓް ކުރޭބާވައެ ހިތަޢްއަޜާ. ދިވެހި ވިޔަފާތި ވެރިންނަކީ އެއްދުވަހުން މުއްސަނދިވާ އުޅޭ އަދި ފިޔަފާރީ ކުރިއަރުވަން ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ ބައެއް. އެހްންވީމަތާ، ބަންގާޅީންނަށް ކުޑަ މުސާރައެއް ދީފަ ފިހާރައިގެ މެބޭޖަރުކަމާ ކެށިޔަރުކަމާ އެކައުންޓެންޓުންނަ ބަހައްޓާފަ އެހުންނަނީ. ޑިސްކައުންޓް ދޭންވީމަ ވެސް އެގެނީ އެއްކަލަ ކަކޭގެއަށް، ސްޓޮކު ބަލަހައްޓަނީވެސް އެކަލޭގެ، ވެރިފަެަަތަށް ވާނުވާ ދޮންކަޅުވެސް ނޭގޭ.

  2. ބާރީ

    ވިޔަފާރި ވެރިޔާ ބުނީ ތިމަންނަ ގެ ގުދަން ހުރީ ތިލަފުށީގަ އޭ.....އަދި ކިރިޔާ އޭ އެގުނީ ތިލަފުށި ކިޔާ ގެޔެކަން....އޮފީސް ތެރޭ ކިޔަނީ ތިލަފުށި ގުދަން... މަށަށޭ އޮޅުވާލީ.....ކިހާދެރަ.....

  3. ޒައިން

    ހުރިހާ ކެމިކަލް ގުދަންތަކުގަ ހުރި ކެމިކަލް ގެންދަންވީ މީހުން ނުއުޅޭ ހިސާބް ތަކަށް.... ކޮންފަދަ ހިތާމަވެރި ހާދިސާ އެއް ރޭގަ ހިންގީ.... ފްލޭމެބަލް ކެމިކަލް އަދި ހުރިހާ ގުދަން ތަށް ގެންދަންވީ މީހުންގެ ގެތަކާ ދުރަށް.... ކުޑަ ގޯޅި ތަކުގަ ވަރަށް ގިނަ ސިއްރު ގުދަންތަކާ ގަރާޖްތަށް....

  4. ލޯބިވާ ވަޠަން

    މީހުން އުޅޭ ސަރަހައްދާއި ދުރަށް ގެންގޮސް މީހުން ދިރި ނޫޅޭ މާލޭގެ ކޮން ސަރަހައްދެއްގައި ތި ތަކެތި ބަހައްޓަނީ. ެއެ ސަރަހަދެއް އޮވޭތަ މާލޭގަ؟ މާލެއިން ބޭރު ކުރަންޖެހެނީ.

    1
    1