ކޮންމެ ދިވެހި ޒުވާނަކު ވެސް މިއަދު ތިބީ އަލަތު ކައިވެންޏާއި އެކު ފްލެޓެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އެއިންތިޒާރު ފުރިހަމަ ވުން ދެން އޮތީ ދުރަކު ނޫނެވެ. ނަމަވެސް މިފަހަރު މިއޮތީ ދިވެހިންގެ ވާހަކައެއް ނޫނެވެ. މިފަހަރު މިއޮތީ އެމެރިކާގެ ވާހަކައެވެ.
ކައިވެންޏެއްކޮށް އާދިރިއުޅުމެއް ފެށުމަކީ ބޮޑެތި ޚަރަދުތައް ކުރަން ޖެހޭ ކަމެކެވެ. އެހެންކަމުން ކައިވެންޏާއި އެކު ފްލެޓެއް ނުލިބުނަސް ފައިސާގެ އެހީއެއް ލިބިއްޖެނަމަ އެއީ ކައިވެނި ކުރާ ދެމަފިރިއަކަށް ލިބޭނެ ވަރަށް ބޮޑު އުފަލެކެވެ. އަދި ވަރަށް ބޮޑު ނަސީބެކެވެ.
އެމެރިކާގެ ދެމީހުން ކަމަށްވާ ޖެކްލިން މައުޑް އާއި ފިލިޕް ކާޓާ އަށް މިވަނީ ކައިވެނީގެ މަޖައްލާއެއް ކަމަށްވާ ރިއަލް މެއިން ވެޑިން އިން އެއްލައްކަ އެމެރިކާ ޑޮލަރު (15 ލައްކަ ދިވެހި ރުފިޔާ) ހަދިޔާ އަކަށް ދީފައެވެ.
13 ލޯބިވެރިން ހުށަހެޅި 2 މިނެޓްގެ ވީޑިއޯ މުބާރާތަކުން އެއްވަނަ ލިބިގެން ދެމަފިރިންނަށް އެއްލައްކަ ޑޮލަރު ލިބުމުން ދެމީހުން ތިބީ ވަރަށް އުފަލުންނެވެ.
ފައިސާ ލިބުނު ދެމީހުން ބުނީ އެމީހުންނަށް ކުރެވޭ އިހްސާސްތައް ބަޔާން ކުރަން ވެސް ނޭނގޭ ކަމަށާއި "މެއި ފަޅާލާފައި ހިތް ވެސް ނިކުންނަން އުޅޭހެން" ހީވާ ކަމަށެވެ.
ރިއަލް މެއިން ވެޑިން އިން ކޮންމެ އަހަރަކު ވެސް ކޮންމެވެސް ދެމީހަކަށް އެއްލައްކަ ޑޮލަރު ދެމުން އަންނަތާ މިހާރު އަށްއަހަރު ވެއްޖެއެވެ.
މަ ހީކުރީ ޔާންބެ ދިން އެއްޗެއް ކަމަށް....